Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެެރިކާ

ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް

ބުދަ ދުވަހު ނިއު ޔޯކް ޕޯސްޓްގެ ޕޮޑް ފޯސް ވަން ޕޮޑްކާސްޓުގައި ޓްރަމްޕް ވިދާޅުވީ، ވޭންސް އާއި ރޫބިއޯ އެކުގައި ވާދަ ކުރުން ވަރަށް ރަނގަޅު ވާނެ ކަމަށް. ނަމަވެސް، ރައީސް ކަމަށް ވާދަ ކުރަންވީ ކޮން ބޭފުޅެއް ކަމެއް ޓްރަމްޕް ވިދާޅެއް ނުވޭ. ޓިކެޓުގައި ރައީސް ކަމަށް ނިކުންނަވަންވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ދެ ބޭފުޅުން ދެކެ ވެސް އޭނާ ގަޔާވާ ކަމަށާއި، ދެ ބޭފުޅުން ވެސް އެކުގައި ތިއްބެވުމަށް އެދޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 06:12
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ނައިބު ރައީސް ޖޭޑީ ވޭންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ނައިބު ރައީސް ޖޭޑީ ވޭންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ރޮއިޓާސް

އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެއް ޓިކެޓެއްގައި ވާދަކުރަން ފެނިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ނިއު ޔޯކް ޕޯސްޓްގެ ޕޮޑް ފޯސް ވަން ޕޮޑްކާސްޓުގައި ޓްރަމްޕް ވިދާޅުވީ، ވޭންސް އާއި ރޫބިއޯ އެކުގައި ވާދަ ކުރުން ވަރަށް ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް، ރައީސް ކަމަށް ވާދަ ކުރަންވީ ކޮން ބޭފުޅެއް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެ އެވެ. ޓިކެޓުގައި ރައީސް ކަމަށް ނިކުންނަވަންވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ދެ ބޭފުޅުން ދެކެ ވެސް އޭނާ ލޯބިވާ ކަމަށާއި، ދެ ބޭފުޅުން ވެސް އެކުގައި ހުންނެވުމަށް އެދޭ ކަމަށެވެ. 

މިހާރު ޓްރަމްޕްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ވޭންސް އަކީ، ކުރިއަށް އޮތް އިންތިޚާބުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅާ އެވެ. ނަމަވެސް، ވޭންސް އަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމެއް މިހާތަނަށް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި ޓްރަމްޕް ގެންދަވަނީ، ޖަވާބު ތަކުން އިތުރު ސުވާލު ތަކެއް ކުރިމަތި ވާނެ ފަދަ ގޮތަކަށް ވާހަކަ ދައްކަވަމުންނެވެ. 

ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކަށް އެންމެ ރަނގަޅު ވާނީ ކޮން ބޭފުޅެއްތޯ ޓްރަމްޕް އޭނާގެ އަރިސް ބޭފުޅުން ގާތު އައްސަވަ އެވެ. އަދި އެކި ފަރާތް ތަކުގެ ޚިޔާލު އޭނާ ހޯއްދަވަމުން ގެންދަވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ނައިބު ރައީސް ވޭންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ތެރެއިން، ރިޔާސީ ޓިކެޓު ދިނުން ރަނގަޅީ ކޮން ބޭފުޅެއްތޯ ޓްރަމްޕް ވަރަށް ގިނައިން އައްސަވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

މިކަމާ ގުޅިގެން އަބަދު ވެސް ޓްރަމްޕް އަށް ގިނަ ސުވާލު ތަކެއް ކުރިމަތި ކުރުވަ އެވެ. އެންމެ ފަހުން ބުދަ ދުވަހު ޓްރަމްޕް ވިދާޅުވީ، ވޭންސް އާއި ރޫބިއޯ އެއް ޓިކެޓެއްގައި ގުޅިގެން ވާދަ ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފަދަ ޙާލަތެއްގައި އެ ދެ ބޭފުޅުން ބަލި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމުގައި ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، ވޭންސް އާއި ރޫބިއޯގެ ޓީމު ވެގެންދާނީ ވަރަށް ވަރުގަދަ ޓީމަކަށް ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ވޭންސް އާއި ރޫބިއޯ އަކީ ވަރަށް ގިނަ ގޮތް ގޮތުން އެއްގޮތް ދެ ބޭފުޅުން ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ގުޅުން ވެސް ވަރަށް ރަނގަޅު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ވަކި ނިންމުމެއް ނިންމަން ވަރަށް ވަގުތު އެބަ އޮތް ކަމަށާއި، އެއް ޓިކެޓެއްގައި ވާދަ ކުރުމަށް ވޭންސް އާއި ރޫބިއޯ އެއްބަސް ވާން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި އެންމެ ނުފޫޒު ގަދަ ދެ ބޭފުޅުންނަކީ ވޭންސް އާއި ރޫބިއޯ ކަމަށްވާއިރު، ޓްރަމްޕް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވެސް ވަރަށް ހުނަރުވެރި އަދި މޮޅު ދެ ބޭފުޅުން ކަމަށެވެ. 

މިހާރު ޓްރަމްޕް ފުރުއްވަމުން ގެންދަވަނީ އޭނާގެ ވެރި ކަމުގެ ދެ ވަނަ ދައުރު ކަމަށްވާއިރު، އިތުރު ދައުރަކަށް ކުރިމަތި ލުމުގެ ފުރުސަތެއް ޓްރަމްޕް އަކަށް ނޯންނާނެ އެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ އައު ކެންޑިޑޭޓެކެވެ.

މަސްދަރު: ނިއު ޔޯކް ޕޯސްޓް

އެމެރިކާރިޕަބްލިކަންް ޕާޓީ - އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް

04 ޖޫން 2026
އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް

އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް

04 ޖޫން 2026
އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި

އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި

04 ޖޫން 2026
މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

03 ޖޫން 2026
މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

03 ޖޫން 2026

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު