Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

މި ރިޕޯޓުގައިވާ ގޮތުން އިސްކޮޅުގައި ހަ ފޫޓު ތިން އިންޗި ހުންނަ ޓްރަމްޕްގެ ބަރުދަނަކީ މިހާރު 108 ކިލޯ ގްރާމް. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ހެދި މެޑިކަލްއާ އަޅައި ބަލާއިރު، 6.4 ކިލޯ ގްރާމްގެ އިތުރު ވުމެއް. އެހެންކަމުން ކެއުމަށް ބަދަލު ގެނައުމަށާއި، ކަސްރަތު އިތުރު ކުރުމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މެއި 2026 | ހޮނިހިރު 10:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، ނަމަވެސް ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށް ވައިޓް ހައުސް އިން ހުކުރު ދުވަހު ހާމަ ކޮށްފި އެވެ.

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު 80 އަހަރު ފުރޭ ޓްރަމްޕްގެ އަހަރީ މެޑިކަލް ޗެކަޕް ހަދާފައިވަނީ ވޮޝިންޓަންއާ ކައިރީގައި އޮންނަ ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލުގަ އެވެ.

ޓްރަމްޕްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ޔޫއެސް ނޭވީގެ ކެޕްޓަން ޑޮކްޓަރު ސޯން ބާބަބެލާ ނެރުއްވި ތިން ސަފުހާގެ ރިޕޯޓުގައި ބުނެފައި ވަނީ، ރައީސް ޓްރަމްޕްގެ ހިތާއި، ފުއްޕާމެޔާއި، ނާރުގެ ނިޒާމުގެ އިތުރުން ޖިސްމާނީ ހުރިހާ މަސައްކަތް ތަކެއް ހުރީ ވަރަށް ވަރު ގަދަކޮށް ކަމަށެވެ. އަދި ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ހުރިހާ މަސްއޫލިއްޔަތެއް އަދާ ކުރުމަށް އޭނާ ފުރިހަމަ އަށް ފިޓް ކަމަށް ޑޮކްޓަރު ވަނީ ކަނޑަ އަޅުއްވާފައި އެވެ.

މި ރިޕޯޓުގައިވާ ގޮތުން އިސްކޮޅުގައި ހަ ފޫޓު ތިން އިންޗި ހުންނަ ޓްރަމްޕްގެ ބަރުދަނަކީ މިހާރު 108 ކިލޯ ގްރާމް އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ހެދި މެޑިކަލްއާ އަޅާ ބަލާއިރު، 6.4 ކިލޯ ގްރާމްގެ އިތުރު ވުމެކެވެ. އެހެންކަމުން ކެއުމަށް ބަދަލު ގެނައުމަށާއި، ކަސްރަތު އިތުރު ކުރުމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފަ އެވެ. ނަމަވެސް ޓްރަމްޕްގެ އުމުރު އޭނާގެ އަސްލު އުމުރަށް ވުރެ 14 އަހަރު ހަގު ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ސިކުނޑީގެ ގާބިލުކަން ދެނެގަތުމަށް ހެދި ޓެސްޓުން ޓްރަމްޕް ވަނީ 30 އަކުން 30 މާކްސް ހޯއްދަވާފައި އެވެ.

ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގަނެފައި ހުންނަ މައްސަލައާ ގުޅޭ ގޮތުން ރިޕޯޓުގައި ބުނެފައި ވަނީ، އެއީ ގިނަ ގިނައިން މީހުންނާ ސަލާމް ކުރުމުގެ ސަބަބުން މަޑު ޓިޝޫ ތަކަށް ލިބޭ ކުދި އަނިޔާ ތަކެއް ކަމަށެވެ. ޓްރަމްޕް އަކީ ހިތުގެ ބަލި ތަކުން ރައްކާތެރި ވުމަށް އެސްޕިރިން ބޭނުން ކުރައްވާ ބޭފުޅަކަށް ވާތީ، މިފަދަ އަނިޔާ ތަކުގެ ސަބަބުން ލޭ ހީލިވުން ނުވަތަ ނޫފައިގަތުން އަވަސްވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ޓްރަމްޕްގެ ފައި ދުޅަވާ މައްސަލަ އަކީ، "ކްރޮނިކް ވެނަސް އިންސަފިޝަންސީ" ނަމަކަށް ކިޔާ، ލޭ ނާރު ތަކުގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވައިޓް ހައުސް އިން ވަނީ ކުރިން ހާމަ ކޮށްފައި އެވެ.

މީގެ އިތުރުން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގެ ތެރެއިން ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ބަޑީގެ ހަމަލާގައި އޭނާގެ ކަނާއަތު ކަންފަތަށް ލިބުނު އަނިޔާގެ ލަކުނު އަދި ވެސް ހުރިކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ޓްރަމްޕް މި މެޑިކަލްއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނާގެ ސިއްހީ ހާލަތު ހުރީ "އެންމެ ފުރިހަމަ" އަށް ކަމަށެވެ.

މި ރިޕޯޓު އާންމު ކޮށްފައި މި ވަނީ ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ސުވާލު ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އެވެ. ހާއްސަކޮށް ބައެއް ބައްދަލުވުން ތަކުގައި އޭނާ ނިދި ޖެހޭ މަންޒަރު ފެނުމާއި، އަތްޕުޅުގައި ހުންނަ ނޫފައިގަތުންތައް ފޮރުވުމަށް މޭކަޕް ބޭނުން ކުރައްވާ ކަމަށް ދެކެވޭ ވާހަކަ ތަކާ ގުޅިގެންނެވެ.

ވައިޓް ހައުސް އިން އާންމުކޮށް މެޑިކަލް ރިޕޯޓުތައް ވަގުތުން އާންމުކުރި ނަމަވެސް، މިފަހަރު ރިޕޯޓު ނެރުމުގައި ތިން ދުވަހުގެ ލަސްވުމެއް އައުމުން ބައެއް ފަރާތް ތަކުން ވަނީ ފާޑު ކިޔައިފަ އެވެ. މިއީ ވެރިކަމާ ހަވާލުވި ފަހުން ޓްރަމްޕް ހެއްދެވި ތިން ވަނަ މެޑިކަލް ޗެކަޕް އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާވައިޓް ހައުސްވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

30 މެއި 2026
އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި

އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި

30 މެއި 2026
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު