Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައްޔާޒް އިސްމާއިލް

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓާ އާއިލީ ގުޅުން އޮޮންނަ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވާލައި އޭނާ ވަޒީފާއިން ވަކިކުރުމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި. މީގެ އިތުރުން ޕެންޝަން ފައިސާގެ މައްސަލައިގައި ހައްގު ހޯދަން އަޑުއުފުލި ވެމްކޯގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައަށް ފާޑުވިދާޅުވަމުން، ސަރުކާރުން ކުންފުނިތައް ސިޔާސީ ޖަގަހަތަކަށް ހަދައިގެން އާއިލާތައް ނިކަމެތި ކުރަމުންދާ ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި. މިފަދަ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ޖޫން 2026 | އަންގާރަ 06:15
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް | އެމްޑީޕީ

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ފުރުއްވަމުން ގެންދެވި މަގާމު ސަރުކާރުން އުވާލި މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ، ސަރުކާރު ބަލިކޮށް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި ސޯބެ އަކީ އޭނާ ގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާ ކަމަށެވެ. ސޯބެ ވާދަކުރަން ނިންމުމާއެކު، އެ ކެމްޕެއިންގައި މަސައްކަތް ކުރައްވާނެ ކަން އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޒުހައިރު ވިދާޅުވީ، އޭރުއްސުރެ އޭނާ ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އުސޫލުގެ ތެރެއިން ވަޒީފާއިން ވަކިކުރެވޭނެ އެއްވެސް ގޮތެއް ނުފެނުމުން މަގާމު އުވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އިންތިހާބަކުން ބަލިވުމުން ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން ކަމަށެވެ. 

އޭގެ އިތުރުން ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސްވެފައިވާ މައްސަލައިގައި ގދ. ތިނަދޫގެ ވެމްކޯ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މުޒާހަރާ ކުރުމުން އެ މީހުން ވަޒީފާއިން ވަކި ކޮށް ފައިވާއިރު ފައްޔާޒު ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. 

ފައްޔާޒު ވިދާޅުވީ ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި ކަމަށާ ދައުލަތުގެ ކުންފުނިތައް ރައީސް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއީދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި އެމްޑީޕީ އިން މި ސަރުކާރު ބަލިކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

އޭޕްރީލް 4 ގައި އޮތް ތިން އިންތިޚާބާ ދިމާކޮށް ސަރުކާރަށް ތާއީދު ހޯދުމަށްޓަކައި ގިނަ ބަޔަކަށް ވަޒީފާތައް ދިން ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވާއިރު އިންތިޚާބަށް ފަހު ގިނަ ބަޔަކު ވަޒީފާތަކުން ކަނޑަމުންދާ މައްސަލަތަކެއް ދަނީ ތަކުރާރުކޮށް ފެންމަތިވަމުންނެވެ. 

ޢަބްދުﷲ ޞާދިޤުއަހުމަދު ޒުހައިރުފައްޔާޒް އިސްމާއިލްއެމްޑީޕީވެމްކޯ

އިތުރަށް ކިޔާލަން

09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
08 ޖޫން 2026

ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

08 ޖޫން 2026
 ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި
08 ޖޫން 2026

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

08 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން،  ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ
08 ޖޫން 2026

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު
08 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު