Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

މި ބަދަލު ގެނެސްފައިވަނީ ހަތަރު ރަށެއްގެ ވޯޓުފޮށި ޕާޓީގެ ހަރުގެތަކުގައި ބަހައްޓަން ނިންމުމުން، އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ކެންޑިޑޭޓް މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން. އެހެންކަމުން، އެ ރަށްރަށުގެ ވޯޓުފޮށިތައް މިހާރު ވަނީ ސްކޫލްތަކަަށް ބަދަލުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 ޖޫން 2026 | އަންގާރަ 13:10
"އިތުބާރު" ކެމްޕޭން ލޯންޗް ކުރުމުގެ ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

"އިތުބާރު" ކެމްޕޭން ލޯންޗް ކުރުމުގެ ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ޝިފާޒް(ސޮއްޓި)

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކާ ގުޅިގެން، ބައެއް ދާއިރާތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަން އެ ޕާޓީން ބަދަލުކޮށްފި އެވެ.

މި މައްސަލަ ޕާޓީގެ އިދާރާއަށް ހުށަހެޅުއްވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް މީކާއީލް ހޯމަ ދުވަހު ފޮނުއްވި ސިޓީގައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ސްކޫލުތަކުގައި ވޯޓުފޮށި ބަހައްޓަން ކޮމިޓީން ކުރިން ނިންމާފައި އޮތް ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގެތަކުގައި ފޮށި ބަހައްޓަން ކޮމިޓީގެ މުގައްރިރު ފަހުން ނިންމެވުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީކާއީލް ވިދާޅުވި ގޮތުގައި ފ. ފީއަލި، ލ. އިސްދޫ-ކަލައިދޫ، ލ. މަތިމަރަދޫ އަދި ގއ. ވިލިނގިލީގެ ހަރުގެތަކުގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ވޯޓުފޮށި ބަހައްޓަން ނިންމުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

މި ޝަކުވާތަކާ ގުޅިގެން އެމްޑީޕީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ އެ ހަތަރު ރަށުގެ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލު ގެނެސް ފައެވެ. އެގޮތުން ފީއަލީގެ ވޯޓުފޮށި ފ. އަތޮޅު ސްކޫލަށް ބަދަލުކޮށްފައިވާއިރު، އިސްދޫ-ކަލައިދޫގެ ފޮށިތައް ބަހައްޓާނީ އިސްދޫ ސްކޫލާއި އިސްދޫކަލައިދޫ ސްކޫލުގަ އެވެ. މީގެ އިތުރުން ލ. މަތިމަރަދޫގެ ފޮށި ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލަށް އަދި ވިލިނގިލީގެ ވޯޓުފޮށި ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ވަނީ ބަދަލުކޮށްފަ އެވެ.

އަންނަ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ. ވޯޓުފޮށި ބަހައްޓާ ތަންތަނަށް މި ގެނައި ބަދަލަކީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީމީކާއިލް ނަސީމްއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
 ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

08 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން،  ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު