Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ މަޝްރަހު

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

އެމްޑީޕީގެ ވެރިކަމުގައި މަޖިލިސްގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއި، ނިޒާމީ ވޯޓަކަށް ފުރުސަތު ނުދިނުމުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކުރިމަތިވި ފިއްތުންތަކުގެ ތަފުސީލު ރައީސް ސޯލިހު ހާމަކުރެއްވި. ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެންމެން ގޮވައިގެން މަސައްކަތްކުރެވޭނެ ޗެއަރޕާސަނަކު ހޮވުން މުހިންމު ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 13:57
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އައްޑޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އައްޑޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. | އެމްޑީޕީ

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީގެ ތެރެއިން ޕްރެޝަރ އައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި "އިތުބާރު" ކެމްޕެއިން ޓީމުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ ވެރިކަމަށް މީހަކު އައުމަށް ފަހު އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ޖެހޭނެ ކަމަށާއި، ޕާޓީގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވެރިޔަކު ވަދެގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ވެރިކަން 2018 ވަނަ އަހަރު ފެށުނީއްސުރެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބުނު ނަމަވެސް، އެ ފަހުން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ކަންކަން ބަދަލުވި ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. މަޖިލިސް އިންތިޚާބު ނިމުމާއެކު، ޕާލިމެންޓް ހިނގާނީ ސަރުކާރާ ވަކިން ކަމަށް އެ މަނިކުފާނު އިންނެވި ބައްދަލުވުމެއްގައި ހުށަހެޅި ކަމަށާއި، އޭގެ ސަބަބުން އޭރުގެ ސަރުކާރު ވަރަށް ދަތި ހާލަތަކަށް ވެއްޓުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ މައްސަލައެއްގައި ނުވަތަ ބިލެއްގައި މެމްބަރުންގެ ތާއީދު ހޯދުމަށް ލޮބީ ކުރަން އެ މަނިކުފާނަށް މަޖުބޫރުވި ކަމަށެވެ. މިއީ މީގެ ކުރިން އެހާ ބޮޑަށް ދައްކަން ބޭނުންފުޅުވި ވާހަކައެއް ނޫންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މަޖިލިސްގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން ވަރަށް ހަޑިހުތުރުކޮށް ކަންކަން ކުރެއްވި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް އެމްޑީޕީގެ ވެރިކަމުގެ އަގުވައްޓާލަން އެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ހާމަކުރެއްވި ގޮތުގައި، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ވަރުގެ ބޮޑު ޕްރެޝަރެއްގައި އޮއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅުއްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދިވަޑައިގަތެވެ. ނަމަވެސް ދައުރު ނިމެންދެން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނުމުން، މުޅި ވެރިކަމުގައި ވެސް އެ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކޮވިޑްގެ ފަހުން ވެސް ރަައީސް ނަޝީދު ބަރުލަމާނީ ނިޒާމްގެ ރެފަރެންޑަމް ނުގެނެސްގެން ޕްރެޝަރ ކުރެއްވި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"އެފަހުން އައި ކޮވިޑްގެ ހާލަތު. ކުރީގެ ފިނޭންސް މިނިސްޓަރ ވިދާޅުވި ޕްރޮޕޯޒަލް އެއް ހުށަހެޅީމޭ އަޅުގަނޑު ބަލައި ނުގަތީ އޭ. މުޅިއަކުން ރަނގަޅު ވާހަކަ އެއް ނޫން. ހުށަހެޅުންތައް އައި. ބަރުލަމާނީ ވޯޓު ނެގުމަށާއި، 3 ވަޒީރެއް ވަކިކުރުމަށް. އޭގެ ތެރެއިން އެއް ބޭފުޅެއް އަމީރަކީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކޮންމެ ކެނޑިޑޭޓަކު ކުރިމަތިލީ ނަމަވެސް އެންމެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް ކުރެވޭނީ މީކާއިލް ނަސީމްގެ ޗެއަރޕަރސަން ކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ. "އިތުބާރު" ކެމްޕެއިން ޓީމުގެ މަސައްކަތަކީ އެންމެން ގޮވައިގެން ކުރިއަށް ދެވޭނެ ބޭފުޅަކު އެ މަގާމަށް ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުން އެދެނީ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށާއި، މީކާއިލް އަކީ ވާދަވެރިންނާ މެދު ވެސް ތަފާތު ކުރުމެއް ނެތި އެންމެން ގޮވައިގެން މަސައްކަތް ކުރާނެ ބޭފުޅެއް ކަމަށެވެ. ޗެއަރޕަރސަން ހޮވުމަށް ފަހު، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި، އެއީ ޕާޓީ ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުއައްްޑޫ ސިޓީއިތުބާރުއެމްޑީޕީކުރީގެ ރައީސް މުހައްމަދު ނަޝީދުމީކާއިލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

07 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު