Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގާމް އުވާލުން

ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގުގެ ކެމްޕެއިންގައި ބައިވެރިވި މައްސަލައިގައި، ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޑިރެކްޓަރު އަހުމަދު ޒުހައިރު ހުންނެވި މަގާމު ސަރުކާރުން ކުއްލި ގޮތަކަށް އުވާލައިފި. އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒުހައިރު ވިދާޅުވީ، އޭނާ ވަޒީފާއިން ވަކިކުރީ އުސޫލުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ނެތުމުން މަގާމު އުވާލައިގެން ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 ޖޫން 2026 | ހޯމަ 19:18
ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ޒުހައިރު (ކ) ފޮޓޯ އަކަށް ހުއްޓިގެން: ސޯބެ އަކީ ޒުހައިރުގެ ކޮއްކޮގެ ފިރިމީހާ

ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ޒުހައިރު (ކ) ފޮޓޯ އަކަށް ހުއްޓިގެން: ސޯބެ އަކީ ޒުހައިރުގެ ކޮއްކޮގެ ފިރިމީހާ | ސޯޝަލް މީޑިއާ

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ފުރުއްވަމުން ގެންދެވި މަގާމު ސަރުކާރުން އުވާލައިފި އެވެ.

މިކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ، ސަރުކާރު ބަލިކޮށް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި ސޯބެ އަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާ ކަމަށެވެ. ސޯބެ ވާދަކުރަން ނިންމުމާއެކު، އެ ކެމްޕެއިންގައި މަސައްކަތް ކުރައްވާނެ ކަން އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޒުހައިރު ވިދާޅުވީ، އޭރުއްސުރެ އޭނާ ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އުސޫލުގެ ތެރެއިން ވަޒީފާއިން ވަކިކުރެވޭނެ އެއްވެސް ގޮތެއް ނުފެނުމުން މަގާމު އުވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ އޭވިއޭޝަން ދާއިރާ އިން އޭނާގެ ހުރި ތަޖުރިބާއަށް ބަލައި އިންޓަވިއު މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހުގަ އެވެ. ނަމަވެސް ސިޔާސީ ކަމެއްގައި އޭނާ ފުރުއްވަމުން ގެންދެވި ޑިރެކްޓަރުގެ މަގާމު ކުއްލި ގޮތަކަށް އުވާލައިފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެކްސިޑެންޓުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ.

ޒުހައިރަކީ އެއާ މޯލްޑިވްސްގެ ޒަމާނުން ފެށިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ދާއިރާގެ ފަންނީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ވެސް ޒުހައިރު ވަނީ އަދާކުރައްވާފަ އެވެ.

އަހުމަދު ޒުހައިރުމޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުއެމްޑީޕީހިތަދޫ އުތުރު ބައި އިލެކްޝަން

އިތުރަށް ކިޔާލަން

08 ޖޫން 2026

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

08 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން،  ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ
08 ޖޫން 2026

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު
08 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި
08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
08 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު