Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

މެސީގެ ލަނޑާ އެކު އާޖެންޓީނާ މޮޅުވެއްޖެ

އައިސްލެންޑް މެޗުގެ ކުރިން ހޮންޑިއުރަސްއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ ކުޅެފައި ނުވޭ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފައި ވަނީ، އެ މެޗުގައި މެސީ ލައްވާ ނުކުޅުވީ މެސީ އަށް ރެސްޓު ދިނުމަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2026 | ބުދަ 07:33
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗުގައި އައިސްލެންޑް ބަލިކޮށްފި އެވެ.

އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ވެލެންޓިން ބާކޯ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގައި ވެސް އާޖެންޓީނާ އިން ވަނީ އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފައި އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 72 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖެހީ ތިއާގޯ އަލްމަޑާ އެވެ.

މިއީ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން ކުޅުނު ފަހު މެޗެވެ. މި މެޗުގައި މެސީ ކުޅެފައިވާއިރު، ވޯލްޑް ކަޕަށް މެސީ ހުރީ ފިޓުކޮށް ކަމަށް ބެލެވެ އެވެ. މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި ނިކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުމަށް ފަހު، މެޗުގައި ކުޅޭނީ ޖޯޑަންއާ ދެކޮޅަށެވެ.

އައިސްލެންޑް މެޗުގެ ކުރިން ހޮންޑިއުރަސްއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ ކުޅެފައި ނުވެ އެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފައި ވަނީ، އެ މެޗުގައި މެސީ ލައްވާ ނުކުޅުވީ މެސީ އަށް ރެސްޓު ދިނުމަށް ކަމަށެވެ.

އާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

08 ޖޫން 2026

މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ

08 ޖޫން 2026
މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ
04 ޖޫން 2026

ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި

04 ޖޫން 2026
ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި
10 މެއި 2026

މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް

10 މެއި 2026
މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް
07 މެއި 2026

2026 ވޯލްޑް ކަޕްގެ ތާވަލާއި މެޗުތަކުގެ ހުރިހާ ތަފްސީލެއް މި އޮތީ

07 މެއި 2026
2026 ވޯލްޑް ކަޕްގެ ތާވަލާއި މެޗުތަކުގެ ހުރިހާ ތަފްސީލެއް މި އޮތީ
02 އެޕްރީލު 2026

މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި

02 އެޕްރީލު 2026
މެސީ އަށް 1000 ލަނޑު ހަމަ ކުރެވޭނެ ކަމަށް ސްކަލޯނީ ބުނެފި
01 އެޕްރީލު 2026

އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި

01 އެޕްރީލު 2026
އާޖެންޓީނާ އިން ޒެމްބިއާ ބަލިކުރި މެޗުގައި މެސީ ލަނޑު ޖަަހައިފި
23 މާރިޗު 2026

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

23 މާރިޗު 2026
މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް
19 މާރިޗު 2026

އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

19 މާރިޗު 2026
އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު
15 މާރިޗު 2026

އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް އާޖެންޓިނާ ސަރުކާރުން ނަމެއް ހުށަހަޅާފައިވަނިކޮށް ރާއްޖެ އިން އެ މަގާމަށް އާޖެންޓިނާގެ އެހެން ފަރާތެއްގެ ނަން ހުށަހަޅައިފި

15 މާރިޗު 2026
އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް އާޖެންޓިނާ ސަރުކާރުން ނަމެއް ހުށަހަޅާފައިވަނިކޮށް ރާއްޖެ އިން އެ މަގާމަށް އާޖެންޓިނާގެ އެހެން ފަރާތެއްގެ ނަން ހުށަހަޅައިފި
09 މާރިޗު 2026

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

09 މާރިޗު 2026
މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު