Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު

އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް އާޖެންޓިނާ ސަރުކާރުން ނަމެއް ހުށަހަޅާފައިވަނިކޮށް ރާއްޖެ އިން އެ މަގާމަށް އާޖެންޓިނާގެ އެހެން ފަރާތެއްގެ ނަން ހުށަހަޅައިފި

15 މާރިޗު 2026 | އާދީއްތަ 16:42

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާޖެންޓީނާ ސަރުކާރުން ކެންޑިޑޭޓަކު ހުށަހަޅާފައިވަނިކޮށް، އެ ގައުމުގެ ޑިޕްލޮމޭޓް ވާޖިނިއާ ގެމްބާގެ ނަން ދިވެހި ސަރުކާރުން އެ މަގާމަށް ހުށަހަޅައިފި. ރައީސް އޮފީހުގެ އެންގުމަށް އދ. އަށް މި ނަން ހުށަހެޅިއިރު މިއީ އާންމު އުސޫލުތަކާ ހިލާފަށް ރާއްޖެއިން ކުރި ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައި.

ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 16:42
ވާޖިނިއާ ގެމްބާ

ވާޖިނިއާ ގެމްބާ | ސީއީޑީއޯސީ

އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް އާޖެންޓިނާ ސަރުކާރުން ނަމެއް ހުށަހަޅާފައިވަނިކޮށް ދިވެހިރާއްޖެ އިން ހަމަ އެ މަގާމަށް އާޖެންޓިނާގެ އެހެން ފަރާތެއްގެ ނަން ހުށަހަޅައިފި އެވެ.

ސެކްރެޓެރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި އެންޓޯނިއޯ ގުޓެރޭޒްގެ ދައުރު ހަމަވުމުން، އެ މަގާމަށް އާޖެންޓިނާގެ ސަރުކާރުން ވަނީ އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ ސެކްރެޓަރީ ޖެނެރަލް ރަފައެލް ގްރޮސީ ގެ ނަން ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

އދ. ގެ އޮފިޝަލަކާ ހަވާލާދީ އާޖެންޓިނާގެ ބިއުނަސާރިސް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާޖެންޓީނާގެ ސަރުކާރުން ކެންޑިޑޭޓަކު ހުށަހަޅާފައިވަނިކޮށް އެ ގައުމުގެ ޑިޕްލޮމޭޓް ވާޖިނިއާ ގެމްބާ އދ. ގެ ދެން އަންނަ ވެރިޔަކަށް ވުމުގެ ރޭހަށް ރަސްމީކޮށް ނުކުންނަވާފައިވަނީ އޭނާގެ ނަން ދިވެހިރާއްޖެ އިން ހުށަހަޅައިގެންނެވެ.

މިހާރުގެ ސެކްރެޓަރީ ޖެނެރަލް، ޕޯޗުގަލްގެ އެންޓޯނިއޯ ގުޓަރޭޒްގެ ދައުރު ހަމަވުމުން، އާ ސެކްރެޓަރީ ޖެނެރަލް މަގާމާ ހަވާލުވެވަޑައިގަންނަވާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

އާންމުކޮށް އދ. ގެ މި މަގާމު ދުނިޔޭގެ ސަރަހައްދުތަކުގެ މެދުގައި ދައުރުވަމުންދާއިރު، ނުރަސްމީކޮށް އެއްބަސްވެފައިވާ އުސޫލުގެ ދަށުން ދެން މި މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ލެޓިން އެމެރިކާ ސަރަހައްދުން ކަމަށް ބެލެވެއެވެ. ނަމަވެސް، މީގެ ކުރިން ބައެއް ފަހަރު މި އުސޫލަށް އަމަލުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

އުމުރުން 72 އަހަރުގެ ގެމްބާގެ އިތުރުން، މި މަގާމަށް ދެން ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ސެނެގާލްގެ ކުރީގެ ރައީސް މާކީ ސާލް، ކޮސްޓަރީކާގެ ކުރީގެ ނައިބު ރައީސް ރެބެކާ ގްރިންސްޕަން، ޗިލީގެ ކުރީގެ ރައީސް މިޝޭލް ބެޗެލެޓް އަދި މިހާރު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އާޖެންޓީނާގެ ރަފައެލް ގްރޮސީ ހިމެނިވަޑައިގަންނަވައެވެ.

ގެމްބާގެ ނަން މި މަގާމަށް ދިވެހިރާއްޖެ އިން ހުށަހެޅި ނަމަވެސް އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއިގެ ސަރުކާރުން ތާއީދުކުރަނީ އެ ގައުމުގެ އަނެއް ކެންޑިޑޭޓް ރަފައެލް ގްރޮސީއަށެވެ. އދ. ގެ އުސޫލުތައް އާންމު ގޮތެއްގައި އޮންނަ ގޮތުން، ކޮންމެ ކެންޑިޑޭޓެއްގެ ނަންވެސް ރަސްމީ ކޮށް ހުށަހަޅަނީ ވަކި ގައުމަކުން ނުވަތަ ގައުމުތަކެއްގެ މައްޗަށް އެކުލެވޭ ގްރޫޕަކުންނެވެ.

ޚާރިޖީ ގުޅުންތަކާއި ބެހޭ ތަޖުރިބާކާރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ރާއްޖެއިން މި ކުރީ ލަތުވެތި ކަމެއް ކަމަށާއި، އެއީ ދުނިޔޭގެ ގައުމުތަކުން އަނެއްކާވެސް ރާއްޖެ އަކީ ކުޅޭކުޅޭ ތަނެއް ކަމަށް ދުށުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައެވެ.

"ގައުމަކުން އެހެން ގައުމަކަށް ނިސްބަތްވާ ފަރާތެއްގެ ނަން ހުށަހެޅުން އދ. ގެ އުސޫލުތައް މަނާ ނުކުރި ކަމުގައި ވިޔަސް، އާންމު ގޮތެއްގައި ވަކި ގައުމަކަށް ނިސްބަތްވާ ކެންޑިޑޭޓުން ހުށަހަޅަނީ އެ ގައުމެއްގެ ސަރުކާރުން،" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިއީ އާޖެންޓިނާ ސަރުކާރާ ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައެވެ.

މިކަން ހިނގި ގޮތުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފަރާތުން ގަމްބާ ގެ ނަން އދ. އަށް ހުށަހެޅީ ރައީސް އޮފީހުން އަންގައިގެންނެވެ. އަދި އެކަމުގައި ފޮރިން މިނިސްޓްރީގެ ލަފަ އެއް ވެސް ހޯދާފައެއް ނުވެއެވެ.  ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް ބޭފުޅަކު ހޮވުމުގެ ފުރުސަތު ލެޓިން އެމެރިކާ ސަރަހައްދަށް އޮތް ދަނޑިވަޅެއްގައި ރާއްޖެ އިން މިކަމުގެ ތެރެއަށް ވަތް ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އާޖެންޓީނާ އަށް ނިސްބަތްވާ ދެ ކެންޑިޑޭޓުން ރޭހުގައި ވާދަ ކުރައްވާ އިރު އެ ދެބޭފުޅުން ވެސް  ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ހަމަނުޖެހުންތައް ހުއްޓުވުމުގައި އދ. އިން އަދާކުރާ ދައުރު މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން އާއްމު މަޖިލިހަށް ފޮނުވާނެ ކެންޑިޑޭޓުން ކަނޑައަޅާނީ އދ. ގެ ސަލާމަތީ މަޖިލީހުންނެވެ. އެ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ ނިންމުން މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. ބެލެވޭ ގޮތުގައި ސަލާމަތީ މަޖިލީހުން އާ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ ރަސްމީ މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ފަށާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ، ސަލާމަތީ މަޖިލީހުން ވަކި ބޭފުޅެއްގެ ނަން ހުށަހެޅުމުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްގެންނެވެ. މި މަގާމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެއް ދައުރު ފުރިހަމަކުރުމަށްފަހު އިތުރު އެއް ދައުރަށް ކުރިމަތިލުމުގެ ފުރުސަތު އޮވެއެވެ.

ވާޖިނިއާ ގަމްބާއެންޓޯނިއޯ ގުޓެރެސްޔޫއެންރަފައެލް ގްރޮސީއާޖެންޓީނާއާރޖެންޓިނާ-ދިވެހިރާއްޖެހޫނު ހަބަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އާޖެންޓީނާ އެފްއޭގެ ރައީސް އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އެންގި ވާހަކަ ދޮގުކޮށްފި

23 ޖުލައި 2026
އާޖެންޓީނާ އެފްއޭގެ ރައީސް އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އެންގި ވާހަކަ ދޮގުކޮށްފި
23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
21 ޖުލައި 2026

އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި

21 ޖުލައި 2026
އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
20 ޖުލައި 2026

ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި

20 ޖުލައި 2026
ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
20 ޖުލައި 2026

ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް

20 ޖުލައި 2026
ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް
19 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

19 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
19 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!

19 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް