Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިންސިޕަލުންގެ އެޕްރައިޒަލް މައްސަލަ

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށް ވުރެ ގިނަ ޕްރިންސިޕަލުންގެ އެޕްރައިޒަލް ނުނިންމާ އޮތް މައްސަލައިގައި، ހައްގު ހޯދުމަށް ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ދިއުމަށް އެ މިނިސްޓްރީން އެންގުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ. މިކަމުގެ ސަބަބުން ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ލިބެންޖެހޭ މުސާރައާއި މަގާމުގެ ކުރިއެރުން ހުއްޓިފައިވާއިރު، މިއީ މިނިސްޓްރީގެ ހިންގުން ބޮއްސުންލައި ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރޭ. މިނިސްޓްރީގެ ޒިންމާ އަދާނުކޮށް މުވައްޒަފުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށް ބުނެ ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 25 އެޕްރީލު 2026 | ހޮނިހިރު 08:28
މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވޮލޮޕްމެންޓް ޑރ. އިސްމާއިލް ޝަފީއު، މަގާމަށް އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވޮލޮޕްމެންޓް ޑރ. އިސްމާއިލް ޝަފީއު، މަގާމަށް އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށް ވުރެ ގިނަ ޕްރިންސިޕަލުންގެ އެޕްރައިޒަލް ނުނިންމާ ދިގުލައިގެން ދާތީ، އެ ބޭފުޅުންނަށް ހައްގުވާ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ހުއްޓިއްޖެ އެވެ.

މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އެކި ފަހަރު މަތިން މިނިސްޓްރީއަށް ވަގުތު ދީފައިވީ ނަމަވެސް، އެޕްރައިޒަލްތައް ހުށަހަޅާފައި ނުވާތީ ދެން އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކޮމިޝަނުން މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވި ބައެއް ޕްރިންސިޕަލުން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައި ފަހުން އެންމެ އަހަރަކު ވެސް ޕްރިންސިޕަލުންގެ އެޕްރައިޒަލް ފުރުމަށްފަހު އުސޫލުގެ ތެރެއިން ސީއެސްސީ އަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މިކަން ކޮށްދިނުމަށް އެދި އެތައް ފަހަރަކު މިނިސްޓްރީ ގައި ދަންނަވާފައިވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. ޕްރިންސިޕަލުންގެ އިތުރުން ގިނަ އަދަދެއްގެ ޓީޗަރުންނަށް ވެސް މިނިސްޓްރީން ފޮނުވަންޖެހޭ ލިޔެކިޔުންތައް ނުފޮނުވުމުގެ ސަބަބުން މަގާމާއި މުސާރައިގެ ކުރިއެރުން ވަނީ ހުއްޓިފަ އެވެ.

މި މައްސަލައިގައި 23 އެޕްރީލް 2026 ގައި އެޑިއުކޭޝަން މިނިސްޓްރީގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ސައުދުﷲ ވަނީ 100 އަށް ވުރެ ގިނަ ޕްރިންސިޕަލުންނާ އެކު އޮންލައިން ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު މައުލޫމާތު ދިން ގޮތުގައި، އެޕްރައިޒަލްތައް ސީއެސްސީ އަށް ނުފޮނުވުމުގެ ސަބަބުން ސައުދުﷲ ވަނީ މިނިސްޓްރީގެ ފަރާތުން މާފަށް އެދިފަ އެވެ. ނަމަވެސް، މިކަމުގައި މިނިސްޓްރީ އަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ހައްގު ހޯދަން ބޭނުންނަމަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ދިއުމަށް އޭނާ ވަނީ ޕްރިންސިޕަލުންނަށް އަންގާފަ އެވެ. މި ޖަވާބާ ގުޅިގެން ގިނަ ޕްރިންސިޕަލުން ވަނީ ބައްދަލުވުމުގައި ނުރުހުން ފާޅުކޮށް، އަޑު އުފުލުމަށްފަހު ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ.

ޕްރިންސިޕަލުން ފާހަގަކުރި ގޮތުގައި،  މިފަދަ މުހިންމު ބައްދަލުވުންތައް ކުރިއަށް ގެންދަން ޖެހޭނީ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް) އެވެ. ނަމަވެސް މިފަދަ ހުރިހާ ބައްދަލުވުންތަކަކުން ޕީއެސް ފިއްލަވާ ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ. މިއީ ސިޔާސީ ބޭނުމަށްޓަކައި މިނިސްޓްރީގެ ތަޖުރިބާކާރު މުވައްޒަފުން ވަކިކޮށް، މަގާމަށް ކުފޫ ހަމަނުވާ މީހުން އައްޔަން ކުރުމުގެ ނަތީޖާ ކަމަށް ވެސް ޕްރިންސިޕަލުން ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ބައެއް ޕްރިންސިޕަލުން ވިދާޅުވީ، މީގެ ކުރިން ދުވަހަކު ވެސް ތައުލީމީ ވުޒާރާ އަށް މިހާ ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ސަރުކާރަކާ ދިމާވެފައި ނުވާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ހިންގުން މިހާ ބޮޑަށް ބޮއްސުންލާފައިވާ ދަނޑިވަޅެއްގައި، މީގެ ކުރިން ވަކިން ހިންގަމުން އައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އެ ވުޒާރާއާ އެއްކޮށްލުމުން ކަންކަން އިތުރަށް ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީސިވިލް ސަވިރސް ކޮމިޝަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
23 އެޕްރީލު 2026

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ
23 އެޕްރީލު 2026

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް
20 އެޕްރީލު 2026

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު