Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޫލް ޗުއްޓީ

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

ބުރާސްފަތި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއް ގައި ވެސް ރިޕޯޓު ފޮތް ވަނީ ހަވާލުކޮށްފައި. މިއަހަރު 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވާއިރު، 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ހަރަކާތްތެރިވި. މި ދުވަސްވަރަކީ ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ނަމަވެސް ދަރިވަރުންގެ އެންމެ ފަހުގެ ތައްޔާރީ ތަކުގައި އެހީތެރިވެވޭނެ ނިޒާމެއް ނެތް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:21
ބެލެނެވެރިއަކު ސްކޫލު ދަރިވަރެއްގެ ރިޕޯޓު ފޮތް ބަލަނީ

ބެލެނެވެރިއަކު ސްކޫލު ދަރިވަރެއްގެ ރިޕޯޓު ފޮތް ބަލަނީ

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފަށައިފި އެވެ. 

ބުރާސްފަތި ދުވަހު މާލެ އާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި އަހަރުގެ ކިޔެވުން ނިންމައި ވަނީ ރިޕޯޓު ފޮތް ހަވާލު ކޮށްފަ އެވެ.

Advertisement - newsAdvertisement

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ 27 ޖެނުއަރީ 2026 ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ލިބޭނީ 24 މެއި 2026ން 30 މެއި 2026ށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ 17 ޖުލައި 2026ން 1 އޯގަސްޓް 2026ށެވެ. މީގެ އިތުރުން ބޮޑު ޗުއްޓީ ލިބޭނީ 18 ޑިސެމްބަރު 2026ން 12 ޖެނުއަރީ 2027 ށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ. އަދި އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ހަރަކާތްތެރިވި އެވެ.

ދިވެހި ޓީޗަރުން ލިބުމުގައި ދަތިތައް ކޮންމެ އަހަރަކު ވެސް ކުރިމަތިވެ އެވެ. ޓީޗަރުން މަދުވުމުގެ ޝަކުވާ ބޮޑުވި ނަމަވެސް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ ކަމަށް ގިނަ ބެލެނިވެރިން ދަނީ ބުނަމުންނެވެ. 

މީގެ އިތުރުން މި ދުވަސްވަރަކީ ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ބެލެނިވެރިންނާއި ދަރިވަރުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ނިމިދިޔަ ސަރުކާރު ގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެފައިވެ އެވެ. އަދި 28 ޖެނުއަރީ 2026 ގައި ސާނަވީ ނިންމާ އިމްތިހާނުތައް ގްރޭޑް 10 ގެ ދަރިވަރުން ފަށާނެ ކަމަށާއި، ދަރިވަރުންގެ އެންމެ ފަހުގެ ތައްޔާރީ ތަކުގައި އެހީތެރިވެވޭނެ ނިޒާމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

2021 ވަނަ އަހަރުގެ ތެރޭގައި ސްކޫލުތަކުގެ ބޮޑު ޗުއްޓީ ޖޫން، ޖުލައި އަށް ބަދަލުކުރީ ކޮވިޑް-19އާ ގުޅިގެން އައި ބަދަލުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް ބޮޑަށް ބުރަވާތީ ގިނަ ބަޔަކު އެކަމަށް އެދުމުން ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެ އެވެ. 4 އަހަރަށްފަހު މި ސަރުކާރުން ސްކޫލުތަކުގެ ޗުއްޓީ ޑިސެންބަރަށް ބަދަލު ކުރުމާ ގުޅިގެން ރަނގަޅަށް ސިލަބަސް ކަވަރު ނުކުރެވި، ސްކޫލުތަކުގެ ދަރިވަރުންނާ ޓީޗަރުންނަށް ވަރަށް ބޮޑަށް ބުރަ ވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ސަރުކާރުތަކުން ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ދަރިވަރުންގެ ތައުލީމަށް ނޭދެވޭ އަސަރު ކުރާ ގޮތަށް ސްކޫލުގެ ސިސްޓަމާ ނުކުޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

ސުކޫލުތައްއެޑިއުކޭޝަން މިނިސްޓްރީސްކޫލް ޗުއްޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު