Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

މިނިސްޓްރީން ބުނީ، މިއަހަރުގެ ދިރާސީ އަހަރަށް ގްރޭޑް 1ށް 4790 ދަރިވަރުން ވައްދާފައިވާ ކަމަށް. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ވެއްދި 1748 ދަރިވަރުންނާއި އަތޮޅުތަކުން އަލަށް ގްރޭޑް އެކަކަށް ވެއްދި 3042 ދަރިވަރުން. މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވެފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2026 | ބުދަ 08:36
ޗުއްޓީ ނިންމާފައި ދަރިވަރުން ސްކޫލަށް ދަނީ - ފައިލް ފޮޓޯ

ޗުއްޓީ ނިންމާފައި ދަރިވަރުން ސްކޫލަށް ދަނީ - ފައިލް ފޮޓޯ

އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، މިއަހަރުގެ ދިރާސީ އަހަރަށް ގްރޭޑް 1ށް 4790 ދަރިވަރުން ވައްދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ވެއްދި 1748 ދަރިވަރުންނާއި އަތޮޅުތަކުން އަލަށް ގްރޭޑް އެކަކަށް ވެއްދި 3042 ދަރިވަރުންނެވެ.

މިނިސްޓްރީން ބުނީ، މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވެފައިވާ ކަމަށާއި،  މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. 

ސްކޫލުތަކުގެ ތައްޔާރީތަކާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންދާ ކަމަށާއި، ސްކޫލްތައް ހުޅުވޭއިރު ޓީޗަރުންނާއި ފޮތްތައް ހަމަވާނެ ކަމަށެވެ. ނަމަވެސް އަދިވެސް ސްކޫލު ފޮތްތައް ނުލިބޭކަމުގެ ޝަކުވާ ބައެއް ބެލެނިވެރިން ދަނީ ކުރަމުންނެވެ. 

މީގެ އިތުރުން ކުރީ ސަރުކާރުގައި ދޫކުރި ގެދޮރުވެރިޔާ ފްލެޓުތަކާ ގުޅިގެން މިއަހަރު ގިނަ އާއިލާތަކުން ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރާނެ އެވެ. އެއާއެކު ހުޅުމާލޭގެ ސްކޫލުތަކަށް ވަނީ ޑިމާންޑް ބޮޑުވެފަ އެވެ. އަދި ހުޅުމާލޭގެ ސްކޫލުތަކުން ޖާގަ ހޯދުމަށް ދަތިވެފައިވާ ކަމަށާއި، ސިޔާސީ ގޮތުން ނުރަނގަޅު ނުފޫޒެއް ފޯރުވާގެން ނޫން ގޮތަކަށް ޖާގަ ނުލިބޭ ކަމަށް ވެސް ބައެއް ބެލެނިވެރިން ތުހުމަތު ކޮށްފައިވެ އެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ 27 ޖެނުއަރީ 2026 ގަ އެވެ. މި އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ލިބޭނީ 24 މެއި 2026ން 30 މެއި 2026ށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ 17 ޖުލައި 2026ން 1 އޯގަސްޓް 2026ށެވެ. މީގެ އިތުރުން ބޮޑު ޗުއްޓީ ލިބޭނީ 18 ޑިސެމްބަރު 2026ން 12 ޖެނުއަރީ 2027 ށެވެ.

އެޑިއުކޭޝަން މިނިސްޓްރީއިސްމާއީލް ޝަފީއުސުކޫލުތައް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

25 ޑިސެމްބަރު 2025
މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި
10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު