Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓޭންކަރު ހައިޖެކް ޔަމަން

ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި

ޔަމަނުގެ ކޯސްޓްގާޑުން މިހާރު ދަނީ ހައިޖެކްކުރި ޓޭންކަރު އޮތް ސަރަހައްދު ދެނެގަނެ، އެ އުޅަނދުގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުން. މީގެ އިތުރުން، އުޅަނދު އަނބުރާ ހޯދުމަށާއި އޭގައި ތިބި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން.

ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 16:38
ޔަމަނުގެ ކޯސްޓްގާޑުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޝަބްވާ ޕްރޮވިންސްގެ އައްސޭރިފަށުން "އެމް/ޓީ ޔުރީކާ" ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރެއް ވަނީ ހައިޖެކް ކޮށްފައި.

ޔަމަނުގެ ކޯސްޓްގާޑުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޝަބްވާ ޕްރޮވިންސްގެ އައްސޭރިފަށުން "އެމް/ޓީ ޔުރީކާ" ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރެއް ވަނީ ހައިޖެކް ކޮށްފައި. | އެކްސް

ޔަމަނުގެ ޝަބްވާ ޕްރޮވިންސްގެ އައްސޭރިފަށުން "އެމް/ޓީ ޔުރީކާ" ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރެއް، ހަތިޔާރު އެޅި ބަޔަކު އަރައި ހައިޖެކް ކުރިކަން އެ ގައުމުގެ ކޯސްޓްގާޑުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.

ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، ކޮން ބައެއްކަން ނޭނގޭ މި ހަތިޔާރު އެޅި ގްރޫޕުން ވަނީ އުޅަނދަށް އަރައި އޭގެ ކޮންޓްރޯލް އަތުލައިގަތުމަށްފަހު، ސޯމާލިއާގެ ކަނޑުގެ ސަރަހައްދަށް މިސްރާބު ހުންނަ ގޮތަށް ގަލްފް އޮފް އަދަންއާ ދިމާލަށް އުޅަނދު ދުއްވާފައެވެ.

ޔަމަނުގެ ކޯސްޓްގާޑުން އިތުރަށް ބުނީ، ހައިޖެކް ކުރި މި ޓޭންކަރު މިހާރު އޮތް ސަރަހައްދު ދެނެގަނެވިފައިވާ ކަމަށާއި، އުޅަނދުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުޅަނދު އަނބުރާ ހޯދުމަށާއި، އޭގައި ތިބި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށްވެސް ކޯސްޓްގާޑުން ބުނެފައިވެއެވެ.

ޔަމަންއެމް/ޓީ ޔުރީކާސޯމާލިއާއަދަން ކަނޑު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

26 މާރިޗު 2026
ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ
28 ފެބުރުއަރީ 2026

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި
26 ފެބުރުއަރީ 2026

ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި

26 ފެބުރުއަރީ 2026
ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި
11 ޖެނުއަރީ 2026

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

11 ޖެނުއަރީ 2026
އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި
08 ޖެނުއަރީ 2026

ޔަމަނުން ވަކިވެގަންނަން މަސައްކަތް ކުރާ ޖަމައާތުގެ ލީޑަރު ފިލުމަށް ޔޫއޭއީ އިން އެހީވި ކަމަށް ސައުދީ ހިމެނޭ ކޯލިޝަނުން ބުނެފި

08 ޖެނުއަރީ 2026
ޔަމަނުން ވަކިވެގަންނަން މަސައްކަތް ކުރާ ޖަމައާތުގެ ލީޑަރު ފިލުމަށް ޔޫއޭއީ އިން އެހީވި ކަމަށް ސައުދީ ހިމެނޭ ކޯލިޝަނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު