Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ލުބުނާންގެ ރައީސް އައުން ވިދާޅުވީ، އެހެން ގައުމު ތަކުން ލުބުނާން އަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެހީތެރިވުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށްޓަކައި އީރާން އިން ލުބުނާން ބަރުބާދު ކުރަމުން ގެންދާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2026 | އަންގާރަ 07:50
ލުބުނާންގެ ރައީސް ޖޯސެފް އައުން.

ލުބުނާންގެ ރައީސް ޖޯސެފް އައުން. | ރޮއިޓާސް

ލުބުނާންގެ ދާޚިލީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، ލުބުނާންގެ ރައީސް ޖޯސެފް އައުން އީރާން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. 

ލުބުނާންގެ ރައީސް އައުން ސިފަ ކުރެއްވި ގޮތުގައި، އީރާން އިން ދަނީ އެ ޤައުމުގެ އަމިއްލަ ފައިދާ އާއި، އަމިއްލަ އެދުމަށް ލުބުނާން ބަރުބާދު ކުރަމުންނެވެ. 

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ލުބުނާންގެ ރައީސް އައުން ވިދާޅުވީ، އެހެން ގައުމު ތަކުން ލުބުނާން އަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެހީތެރިވުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށްޓަކައި އީރާން އިން ލުބުނާން ބަރުބާދު ކުރަމުން ގެންދާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޓަވިއުގެ ދެވަނަ ބައި ހޯމަ ދުވަހު ވަނީ އާންމު ކޮށްފައި އެވެ. އިންޓަވިއުގައި އައުން ވިދާޅުވީ، ލުބުނާން އާއި އީރާންއާ ދެމެދު ރަނގަޅު ގުޅުމެއް ބޭނުންވާ ކަމަށާއި، އެ ގުޅުން ބިނާވާންވީ އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމު ކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެއް ގައުމެއްގެ ކަންކަމުގެ ތެރެއަށް އަނެއް ގައުމަށް ނުވަދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައުން ވިދާޅުވީ، ލުބުނާން އަކީ އަމިއްލަ ސިޔާދަތު ލިބިފައިވާ ގައުމެއް ކަމަށާއި، އެ ގައުމުގައި ސިޔާދަތު ލިބިފައިވާ ސަރުކާރެއް ވެސް އޮތް ކަމަށެވެ. އީރާން އިން ލުބުނާންއާ ވާހަކަ ދައްކަން ބޭނުން ނަމަ މަރުހަބާ ކިޔާނެ ކަމަށް އައުން ވިދާޅުވި އެވެ. އެހެން ނަމަވެސް، ލުބުނާންގެ އަމިއްލަ ކަންކަމުގައި އީރާން އިން ބައިވެރި ނުވުމަށް އައުން ވަނީ އެދިވަޑައިގެންފައި އެވެ. 

ލުބުނާންގެ ސިފައިންގެ ކުރީގެ ކޮމާންޑަރު އައުން ވިދާޅުވީ، އިޒްރޭލްއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ދާއިމީކޮށް ހުއްޓުވަން ބޭނުންވާ ކަމަށެވެ. ލުބުނާން އިން އޮތީ ޑިޕްލޮމެޓިކް ޙައްލަކަށް ތައްޔާރުވެފައި ކަމަށާއި، އެކަމަށް ލުބުނާން އިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަަމަށް ވެސް އައުން ވިދާޅުވި އެވެ. 

އިތުރަށް އައުން ވަނީ، އިޒްރޭލް އިން މަޝްވަރާކޮށް ސުލްޙަ ޤާއިމު ކުރަން ބޭނުންވޭތޯ ސުވާލު އުފައްދަވައިފަ އެވެ. އެހެން ވެއްޖެ ނަމަ، ސުލްޙައިގެ މަޝްވަރާއަށް އިށީނދެ، ވާހަކަ ދައްކަންވީ ކަމަށް ވެސް އައުން ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އައުން ވިދާޅުވީ، ބާރުގެ ބޭނުން ކޮށްގެން، ނުވަތަ ސިފައިން ބޭނުން ކޮށްގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ. 

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވަން ތައްޔާރުތޯ ސުވާލު ކުރުމުން އައުން ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ދިޔުމުގެ ކުރިން އެފަދަ ބައްދަލު ކުރެއްވުމެއް ނުބާއްވާނެ ކަމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ލުބުނާންލުބުނާން-އިޒްރޭލްޖޯސެފް އައުން

އިތުރަށް ކިޔާލަން

09 ޖޫން 2026

ޓްރަމްޕްގެ އިންޒާރެއް ނަތަންޔާހޫ އަށް، އިޒްރޭލް އެކަނިވެރި ވެދާނެ!

09 ޖޫން 2026
ޓްރަމްޕްގެ އިންޒާރެއް ނަތަންޔާހޫ އަށް، އިޒްރޭލް އެކަނިވެރި ވެދާނެ!
09 ޖޫން 2026

މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް

09 ޖޫން 2026
މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް
08 ޖޫން 2026

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

08 ޖޫން 2026
އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި
08 ޖޫން 2026

ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި

08 ޖޫން 2026
ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި
08 ޖޫން 2026

އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

08 ޖޫން 2026
އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު