Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި

ކަލާސް ވަނީ ހަނގުރާމަ އިތުރަށް ފުޅާވުމުގެ އެންމެހައި އަމަލު ތަކުން ދުރުވުމަށް ހުރިހާ ފަރާތް ތަކަށް ވެސް ގޮވާލައްވާފައި. އަދި ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މަޝްވަރާ އާއި ސުލްޙަވެރި ގޮތް ތަކެއް ހޯދުމަށް ވެސް ކަލާސް ވަނީ ގޮވާލައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 06:41
ޔޫރަޕިއަން ޔޫނިއަންގެ ބޭރުގެ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް.

ޔޫރަޕިއަން ޔޫނިއަންގެ ބޭރުގެ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް. | ގެޓީ އިމޭޖަސް

އިޒްރޭލް އާއި އީރާންއާ ދެމެދު ހަމަލާ ތަކެއް ބަދަލުކޮށް، ހަނގުރާމަ އިތުރަށް ފުޅާ ވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށް، ޔޫރަޕިއަން ޔޫނިއަންގެ ބޭރުގެ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

އިޒްރޭލް އާއި އީރާންއާ ދެމެދުގައި ހަމަލާތައް ބަދަލުކުރުމާ ގުޅިގެން ކަލާސް ވަނީ ހުރިހާ ފަރާތް ތަކުން ވެސް މަޝްވަރާ ތަކަށް އަނބުރާ އައުމަށް ގޮވާލައްވައިފަ އެވެ. 

މެދު އިރުމަތީގެ ސަރަހައްދުގައި ހަނގުރާމަ އިތުރަށް ބޮޑު ވުމުގެ ބިރު އިތުރު ވަމުންދާ ދަނޑިވަޅެއްގައި ކަލާސް ވަނީ، ހަނގުރާމައަ ދުރުވުމަށް އިންޒާރު ދެއްވައިފަ އެވެ. އިޒްރޭލް އާއި އީރާންއާ ދެމެދު މި ބަދަލު ކުރަން ފެށި ހަމަލާ ތަކުގެ ސަބަބުން، ސަރަހައްދީ ރައްކާތެރި ކަމަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެފައިވާ ކަމަށް ބައިނަލްއަޤުވާމީ މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ.  

ކަލާސް ވަނީ ހަނގުރާމަ އިތުރަށް ފުޅާވުމުގެ އެންމެހާ އަމަލު ތަކުން ދުރުވުމަށް ހުރިހާ ފަރާތް ތަކަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މަޝްވަރާ އާއި ސުލްޙަވެރި ގޮތް ތަކެއް ހޯދުމަށް ވެސް ކަލާސް ވަނީ ގޮވާލައްވައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން މި ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ޤާއިމު ކުރުމަށް ބޮޑު އިސްކަމެއް ދޭ ކަމަށް ކަލާސް ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ކަލާސް ވިދާޅުވެފައި ވަނީ، މެދު އިރުމަތީގެ ސަރަހައްދުގައި އަމާންކަން ދެމެހެއްޓުމަކީ ބައިނަލްއަޤުވާމީ ސަލާމަތަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އިޒްރޭލް އާއި އީރާންއާ ދެމެދު ހަނގުރާމަ އިތުރަށް ފުޅާ ވެއްޖެ ނަމަ، އެކަން ސަރަހައްދުގެ އެހެން ޤައުމު ތަކަށް ވެސް ފެތުރިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް ކަލާސް ވިދާޅުވެފައިވެ އެވެ. 

ބައިނަލްއަގުވާމީ މުޖުތަމައުން މި މައްސަލައިގައި ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ސަރަހައްދުގައި ސުލްހަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަލާސް ވަނީ ވިދާޅުވެފައި އެވެ. މި ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަ ދަކުރުމަކީ މިހާރު ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ބައިނަލްއަގުވާމީ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫރަޕިއަން ޔޫނިއަންކާޔާ ކާލާސް

އިތުރަށް ކިޔާލަން

08 ޖޫން 2026

ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

08 ޖޫން 2026
ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި
08 ޖޫން 2026

ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

08 ޖޫން 2026
ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ
08 ޖޫން 2026

އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

08 ޖޫން 2026
އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
08 ޖޫން 2026

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ

08 ޖޫން 2026
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ
08 ޖޫން 2026

ޓްރަމްޕް އިންޒާރު ދީފައި ވަނިކޮށް، އިޒްރޭލް އިން އީރާން އަށް ހަަމަލާ ދީފި

08 ޖޫން 2026
ޓްރަމްޕް އިންޒާރު ދީފައި ވަނިކޮށް، އިޒްރޭލް އިން އީރާން އަށް ހަަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު