Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމަ

އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

ލުބުނާނުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެކަމަށް އިރާނުން ދޭނެ ރައްދާ ގުޅޭގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ބައެއް ގައުމުތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި. އިރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައިވޭ. މި ފޯނު ކޯލްތަކުގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ތުރުކީވިލާތް އަދި ގަތަރުގެ އިތުރުން ޕާކިސްތާނުގެ މެދުވެރިން ބައިވެރިވެފައިވޭ.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 10:12
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ. | އޭޕީ

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، މެދުއިރުމަތީގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރުންގެ އިތުރުން، ގަތަރުގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ މެދުވެރިންނާ އާދީއްތަ ދުވަހުގެ ރޭ މަޝްވަރާ ކުރައްވައިފިއެވެ.

އިރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކިވަކިން ކުރިއަށްދިޔަ މި ފޯނު ކޯލްތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ލުބުނާނުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެކަމަށް އިރާނުން ދޭނެ ރައްދާ ގުޅޭގޮތުންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އިރާނުގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އިރާނުން އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޚާރިޖީ ވަޒީރު އަރާގްޗީ ވަނީ ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އައްޘާނީ އާއި، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައެވެ. މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރާ ޕާކިސްތާނުގެ މެދުވެރިންގެ ޓީމާވެސް އެމަނިކުފާނު ވަނީ މަޝްވަރާ ކުރައްވާފައެވެ.

އައްބާސް އަރަގްޗީއީރާން-އިޒްރޭލްލުބުނާންމުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީބެއިރޫތު

އިތުރަށް ކިޔާލަން

08 ޖޫން 2026

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި
08 ޖޫން 2026

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

08 ޖޫން 2026
އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި
08 ޖޫން 2026

އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި

08 ޖޫން 2026
އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި
08 ޖޫން 2026

ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

08 ޖޫން 2026
ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި
08 ޖޫން 2026

ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

08 ޖޫން 2026
ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު