Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

އައިއާރުޖީސީ އިން ބުނީ މި ހަމަލާތައް ދީފައި ވަނީ ނެވަޓިމް އަދި ޓެލް ނޯފް އެއާ ބޭސް ތަކަށް ކަމަށާއި، މި ހަމަލާތައް ދީފައި ވަނީ ކުޑަ ވަގުތުކޮޅެއްގެ ކުރިން ކަމަށް. އައިއާރުޖީސީ އިން ވަނީ މި ހަމަލާ ތަކުގެ ތަފްސީލު ވެސް ހާމަކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 06:01
އިޒްރޭލްގެ ނެވަޓިމް އެއާ ބޭސް އިން ފައިޓާ ޖެޓެއް ނައްޓާލާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

އިޒްރޭލްގެ ނެވަޓިމް އެއާ ބޭސް އިން ފައިޓާ ޖެޓެއް ނައްޓާލާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

އައިއާރުޖީސީ އިން ބުނީ މި ހަމަލާތައް ދީފައި ވަނީ ކުރިން އިޒްރޭލް އިން އީރާންގެ ތިން ސަރަހައްދެއްގައި ހުންނަ ރާޑަރު ސައިޓު ތަކަށް ދިން ހަމަލާ ތަކުގެ ރައްދުގެ ގޮތުގައި ކަމަށެވެ.

އައިއާރުޖީސީ އިން ބުނީ މި ހަމަލާތައް ދީފައި ވަނީ ނެވަޓިމް އަދި ޓެލް ނޯފް އެއާ ބޭސް ތަކަށް ކަމަށާއި، މި ހަމަލާތައް ދީފައި ވަނީ ކުޑަ ވަގުތު ކޮޅެއް ކުރިން ކަމަށެވެ. އައިއާރުޖީސީ އިން ވަނީ މި ހަމަލާތަކުގެ ތަފްސީލު ވެސް ހާމަކޮށްފަ އެވެ.

އިޒްރޭލް އިން ކުރިން އީރާން އަށް ދިން ހަމަލާ ތަކުގައި އީރާންގެ ތިން ސަރަހައްދެއްގައި ހުންނަ ރާޑަރު ސައިޓު ތަކަށް ވަނީ ގެއްލުން ދީފައި އެވެ. މި ހަމަލާ ތަކަކީ އީރާންގެ ދިފާއީ ނިޒާމަށް ބޮޑު ގެއްލުމެއް ދިނުމަށް އިޒްރޭލް އިން ހިންގި ހަމަލާތަކެއް ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އީރާން އާއި އިޒްރޭލްއާ ދެމެދު އޮތް ނުތަނަވަސްކަން މިހާރު ވަނީ އިތުރަށް ބޮޑުވެފައި އެވެ. މި ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރުމަކީ މި ސަރަހައްދުގައި ވަރަށް ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ބައިނަލްއަގުވާމީ މާހިރުން  ބުނެ އެވެ.

އައިއާރުޖީސީ އިން ހޯމަ ދުވަހު ދިން ހަމަލާ ތަކުގައި ބޭނުން ކޮށްފައި ވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، އީރާން އިން މީގެ ކުރިން ވެސް އިޒްރޭލް އަށް ހަމަލާ ދިނުމުގައި ބެލިސްޓިކް މިސައިލް އާއި ޑްރޯން ބޭނުން ކޮށްފައިވެ އެވެ. 

އީރާންގެ މި ހަމަލާތަކާ ގުޅޭ ގޮތުން އިޒްރޭލް އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

އިތުރަށް ކިޔާލަން

08 ޖޫން 2026

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ

08 ޖޫން 2026
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ
08 ޖޫން 2026

ޓްރަމްޕް އިންޒާރު ދީފައި ވަނިކޮށް، އިޒްރޭލް އިން އީރާން އަށް ހަަމަލާ ދީފި

08 ޖޫން 2026
ޓްރަމްޕް އިންޒާރު ދީފައި ވަނިކޮށް، އިޒްރޭލް އިން އީރާން އަށް ހަަމަލާ ދީފި
08 ޖޫން 2026

އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި

08 ޖޫން 2026
އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި
07 ޖޫން 2026

އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

07 ޖޫން 2026
އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި
07 ޖޫން 2026

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި

07 ޖޫން 2026
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު