Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޔާގެ އަގު އުފުލުން

އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ

ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާއިރު، ފިޔާގެ ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރެވެމުން ނުދާކަން ފާހަގަކޮށްލެވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 8 ޖޫން 2026 | ހޯމަ 19:08
ބާޒާރުގައި ފިޔާ ހުސްވެ، އާންމުންނަށް ދަތިވުން

ބާޒާރުގައި ފިޔާ ހުސްވެ، އާންމުންނަށް ދަތިވުން | ސޯޝަލް މީޑިއާ

އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ އެވެ.

ރާއްޖެ އެމްވީ އިން ބާޒާރުގެ ބައެއް ތަންތަން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ބައެއް ތަންތަނުގައި ފިޔާ 25 އާއި 35 ރުފިޔާ އާއި ދެމެދު ލިބެން ހުރި ނަމަވެސް އެ ތަންތަނުގައި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ފިޔާ، ސާފުކޮށްގެން ހޮވާފައިވާ ފިޔާކޮޅެކެވެ. ކިރިޔާ ވެސް ބޭނުން ކުރަން ކަމުދާ ވަރުގެ ފިޔާ ނަމަ ލިބެން ހުރީ 40 އާއި 45 ރުފިޔާ އާއި ދެމެދުގަ އެވެ.

ވިޔަފާރިވެރިން ބުނީ ފިޔާ ލިބުމުގައި ދަތިތަކާއި ދިމާވީ އީދަށް ގެނައި ފިޔާގެ ބޮޑު ޝިޕްމެންޓެއް ހަލާކުވެ އުކާލަން ޖެހުމުން ޑިމާންޑާއި އެއްވަރަށް ގިޔާ ސަޕްލައި ނުކުރެވުމުން ކަމަށެވެ. އަދި އެސްޓީއޯ އިން ފިޔާ ވިއްކި އިރު ލިމިޓްކޮށްގެން މީހަކަށް ބަސްތާ އެއްގެ މަގުން ވިއްކުމުން އާއްމުންނަށް ފިޔާ ނުލިބި ބޮޑެތި ދަތިތަކާއި ކުރިމަތިވި ކަމަށް ވެސް އާއްމުން ބުނެ އެވެ.

ވިޔަފާރި ވެރިން ބުނީ މިހާރު ފިޔާގެ އާ ޝިޕްމެންޓަށް އޯޑަރ ދީފައިވާ ކަމަށް ފިޔާ ސަޕްލައި ކުރާ ފަރާތްތަކުން ބުނާ ކަމަށެވެ. އަދި މިހާރު އާދައިގެ ގިނަ ފިހާރަތަކުން އެއްކޮށްހެން ފިޔާ ހުސްވެފައިވާ ކަމަށް މި ނޫހާއި ވާހަކަދެއްކި ފަރާތްތަކުން ބުނެފައި ވެ އެވެ.

އީދުއެސްޓީއޯ

އިތުރަށް ކިޔާލަން

07 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން

07 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން
30 މެއި 2026

ކަމަދޫ އީދު އުފާ: އަންހެނުންގެ ކޯޑީގެ ފޯރި ނިކަން ގަދަ

30 މެއި 2026
ކަމަދޫ އީދު އުފާ: އަންހެނުންގެ ކޯޑީގެ ފޯރި ނިކަން ގަދަ
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
09 މެއި 2026

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

09 މެއި 2026
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު