Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިއްހީ ޚިދުމަތް

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، ނަފްސާނީ ދުޅަހެޔޮކަމާއި ގައިންގަޔަށް ނާރާ ބަލިތަކަށް ދޭ ސަމާލުކަން އިތުރުކުރުމަށް އދ. ގެ އެކްސްޕާޓް ތަލެންގް މޮފޮކެންގް ގޮވާލައްވައިފި. ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއަށް އިންވެސްޓްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމުގައި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށްވެސް އޭނާ ބާރުއެޅުއްވި.

ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 12:07
ވިލިނގިލީގައި ބިދޭސީ މަސައްކަތްތެރިއަކު ބައިސްކަލެއްގައި މާލެ އަށް ބަލަހައްޓައިގެން.

ވިލިނގިލީގައި ބިދޭސީ މަސައްކަތްތެރިއަކު ބައިސްކަލެއްގައި މާލެ އަށް ބަލަހައްޓައިގެން. | ގެޓީ އިމޭޖަސް

ދިވެހި މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭ ބިދޭސީ މަސައްކަތްތެރިންގެ ސިއްހަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ އާންމު ސިޔާސަތުތަކުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނެ ކަމަށް އދ. ގެ އެކްސްޕާޓަކު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި، ސިއްހީ ހިދުމަތް ލިބުމުގެ ހައްގާ ބެހޭ ސްޕެޝަލް ރެޕަޓުއާ، ތަލެންގް މޮފޮކެންގް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާތީ، ހަމަހަމަކަމާއެކު ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، އެމީހުންނަށް ކުރިމަތިވާ ނުރައްކާތައް ކުޑަކޮށް، ހިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި، ދާއިމީ ބަލިތަކަށް ފަރުވާދިނުމާއި، މަސްތުވާތަކެތީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މުހިންމު ބޭސްތައް ލިބޭނެ މަގު ފަހިކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މުޅި ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ދާއިރާގެ މާހިރުންނާއި، ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއިން ނަފްސާނީ ބަލިތަކަށް ހާއްސަ ނަރުހުންނާއި ޑޮކްޓަރުންގެ އަދަދު އިތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭނެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މީހުން މަރުވުމާއި ނުކުޅެދުންތެރިކަން ކުރިމަތިވާ މައިގަނޑު ސަބަބަކަށް ކުރިން އޮތް ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، މިހާރު ވަނީ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރު ބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް އިތުރުވެފައެވެ. އދ. ގެ އެކްސްޕާޓް ވިދާޅުވީ، ސިއްހީ ސާމާނާއި ބޭސްފަރުވާގެ ތަކެތި ހޯދުމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ބޭހުގެ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކަކީ މުހިންމު ބައިވެރިން ކަމަށްވާތީ، ސިޔާސަތުތައް ކަނޑައަޅާ މޭޒުދޮށުން އެ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ހައްގުތަކާއި، އެކަމަށް ބޭނުންވާ ތަކެއްޗާއި މައުލޫމާތާއި ހިދުމަތްތައް ފުރިހަމައަށް ލިބޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން މޮފޮކެންގް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމާއެކު އަޅާލުމާއި، ދިރިއުޅުމުގެ ފެންވަރާއި، ކާނާގެ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފަދަ ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ގުޅުން ހަރުދަނާކޮށް، ކަންކަން މޮނިޓަރކޮށް ކުރިއަށް އޮތްތަނަށް ލަފާކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އޭނާ ސަރުކާރަށް ބާރުއެޅުއްވިއެވެ.

"ދިގު މުއްދަތުގެ ސާފު ތަސައްވަރެއްގެ ދަށުން އެންމެން ގުޅިގެން، ގިނަ ދާއިރާތައް ހިމެނޭ ގޮތަށް ހިންގުމުގެ ނިޒާމު ބައްޓަންކޮށް، ގައިންގަޔަށް ނާރާ ބަލިތައް ފަދަ އަލަށް ކުރިމަތިވާ ބޭނުންތަކަށް އަމާޒުކޮށްގެން ޕްރައިމަރީ ހެލްތު ކެއާ އަށް އިންވެސްޓްކޮށްގެން، ރާއްޖޭގެ މިހާރުގެ ސިއްހީ ނިޒާމުގެ މައްޗަށް ބިނާކޮށް ކުރިމަގުގައި ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ،" މޮފޮކެންގް ވިދާޅުވިއެވެ.

ތަލެންގް މޮފޮކެންގް އަކީ އެންމެ މަތީ ފެންވަރުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ ހައްގާ ބެހޭ ސްޕެޝަލް ރެޕަޓުއާ އެވެ. ސްޕެޝަލް ރެޕަޓުއަރުންނާއި، މިނިވަން އެކްސްޕާޓުންނާއި، ވޯކިންގ ގްރޫޕްތަކަކީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އައްޔަންކުރާ އިންސާނީ ހައްގުތަކާ ބެހޭ މިނިވަން މާހިރުންނެވެ.

ޑރ. ތްލަލެންގް މޮފޮކެންގްއެސްޓީއޯއދ. ހިއުމަން ރައިޓްސް ކައުންސިލްޕްރައިމަރީ ހެލްތު ކެއަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ

އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ

03 މެއި 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު