Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފާމްގޭޓް ރިޔާސީ ނުރައްކާ

ދެކުނު އެފްރިކާގެ ރައީސްގެ "ކޭޝް-އިން-ދަ-ސޯފާ" މައްސަލަ: ނިމުމަކަށް ނައިސް ދިގުލައިގެންދާ ބޮޑު މައްސަލައެއް

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާގެ އަމިއްލަ ފާމަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ ސިއްރުކުރި ކަމުގެ ތުހުމަތުގައި، އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން އަލުން ފަށައިފިއެވެ. މި މައްސަލަ ތަހުގީގުކުރި މިނިވަން ޕެނަލުން ރައީސް ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް ހުރިކަމަށް ނިންމާފައިވާއިރު، މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ގެއްލިފައިވުމުން ރާމަފޯސާގެ ރިޔާސީ މުސްތަގުބަލަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ. ނަމަވެސް ރައީސް ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެ، މި މައްސަލައިގެ ރިޕޯޓު ބާތިލުކުރުމަށް ކޯޓަށް ހުށަހަޅުއްވާފައެވެ.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 13:04
ސައުތް އެފްރިކާ ގެ ރަޢީސް

ސައުތް އެފްރިކާ ގެ ރަޢީސް | ބީބީސީ

އެމެރިކާގެ ވޯޓަރގޭޓް މައްސަލައެކޭ އެއްފަދައިން، ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާގެ އަމިއްލަ ފާމެއް ގައި ހިނގި ވައްކަމަކާ ގުޅިގެން ފެންމަތިވި "ފާމްގޭޓް" މައްސަލަ ބޮޑުވެ، އެމަނިކުފާނުގެ ރިޔާސީ މުސްތަގުބަލަށް ބޮޑު ނުރައްކާއަކާ ވަނީ ކުރިމަތިވެފައެވެ.

ރާމަފޯސާ މަގާމުން ދުރުކުރުމަށް ލަފާދޭނެ ހާއްސަ ކޮމިޓީއެއް ގާނޫނުހަދާ މަޖިލީހުން އެކުލަވާލުމާއެކު، އޭނާ މަގާމުން ދުރުކުރުމުގެ (އިމްޕީޗްކުރުމުގެ) ފުރުސަތު މިހާރު ވަނީ އަނެއްކާވެސް ބޮޑުވެފައެވެ. މިއީ މީގެ ކުރިން މަޖިލީހުން އަޅާފައިވާ ފިޔަވަޅެއް ނޫނެވެ.

މި މައްސަލަ އެންމެ ފުރަތަމަ ގާނޫނުހަދާ މަޖިލީހަށް ހުށަހެޅުނީ 2022 ވަނަ އަހަރުއެވެ. ނަމަވެސް، ރާމަފޯސާ މަގާމުން ދުރުކުރުމަށް ކުރި މަސައްކަތްތަކަށް މަޖިލީހުގެ މެމްބަރުން ހުރަސްއެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން މިދިޔަ މަހު ވަނީ ކަނޑައަޅާފައެވެ. އޭރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ރައީސް ނިސްބަތްވެވަޑައިގަންނަވާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އިންތިހާބަށްފަހު އެ ޕާޓީއަށް ވަނީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ގެއްލިފައެވެ. އެހެންކަމުން ރައީސަށް މިހާރު މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލެއް ނެތެވެ.

ރާމަފޯސާގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތުތަކެއް؟

މިކަން ފެށިފައިވަނީ 2020 ވަނަ އަހަރު ލިމްޕޯޕޯ ޕްރޮވިންސްގައި ހުންނަ ރައީސްގެ އަމިއްލަ  ފާމަށް ބަޔަކު ވަދެ ކުރި ވައްކަމަކާ ގުޅިގެންނެވެ. ތުހުމަތުކުރެވޭ ގޮތުގައި ވަގުން ވަނީ ސޯފާއެއްގެ ތެރޭގައި ފޮރުވާފައި ހުރި 580،000 އެމެރިކާ ޑޮލަރު ވަގަށް ނަގާފައެވެ.

ނަމަވެސް މިކަމުގެ ތަފްސީލުތައް ފަޅާއަރާފައިވަނީ އޭގެ ދެ އަހަރު ފަހުންނެވެ. އެއީ އެ ގައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އާތަރ ފްރޭޒަރ ފުލުހުންނަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ރާމަފޯސާގެ ކުރިން ރައީސްކަމުގައި ހުންނެވި ޖޭކަބް ޒޫމާގެ އަރިސް ބޭފުޅެއް ކަމަށްވާ ފްރޭޒަރ ވަނީ، މި ވައްކަމުގެ މައްސަލަ ފުލުހުންނާއި ޓެކްސް އިދާރާތަކަށް ސިއްރުކޮށްފައިވާކަމަށް ރާމަފޯސާގެ މައްޗަށް ތުހުމަތުކުރައްވާފައެވެ.

އެ ދުވަސްވަރު ރާމަފޯސާ ވަނީ އޭނާ އެއްވެސް ޖިނާއީ ކުށެއް ކޮށްފައިވާކަމުގެ "އެއްވެސް އަސާސެއް ނެތް" ކަމަށް ވިދާޅުވެފައެވެ.

ޖާސޫސު، ރައީސް އަދި ސޯފާގައި ހުރި ފައިސާ

ވަގަށް ނަގާފައިވަނީ ބޭރު ފައިސާ ކަމަށްވުމުން، މިއީ ބޭރު ފައިސާ ބަދަލުކުރުމުގެ ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ އަމަލަކަށް ވުމުގެ ފުރުސަތު އޮތެވެ. ރިޒާވް ބޭންކުން މި މައްސަލަ ބެލުމަށްފަހު ނިންމީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަތައް ބަލާ ޕަބްލިކް ޕްރޮޓެކްޓަރ ވެސް ވަނީ ރައީސްގެ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ.

ނަމަވެސް ގާނޫނުހަދާ މަޖިލީހުން ވަނީ ރައީސް މަގާމުން ދުރުކުރުމުގެ މަރުހަލާ ފަށައި، މި ތުހުމަތުތައް ތަހުގީގުކުރުމަށް މިނިވަން ޕެނަލެއް އެކުލަވާލާފައެވެ. އެ ޕެނަލްގެ ރިޕޯޓުގައި ވަނީ ވަގަށް ނެގި ފައިސާ ހޯދާފައިވާ ގޮތާމެދު "ބޮޑެތި ޝައްކުތަކެއް" ހުރިކަމަށާއި، ރާމަފޯސާ ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް ހުރިކަމަށް ނިންމާފައެވެ.

ރައީސް ވިދާޅުވީ ކީކޭ؟

ރާމަފޯސާ އަބަދުވެސް ވިދާޅުވަމުން ގެންދެވީ އޭނާ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމަށް ގޮވާލާ ގޮވާލުންތަކަށް އޭނާ ދެކޮޅުހެއްދެވިއެވެ.

2022 ވަނަ އަހަރު އޭނާ ވަނީ ފާމުގައި ވައްކަމެއް ހިނގިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ފްރޭޒަރ 4 މިލިއަން ޑޮލަރު ކަމަށް ބުނި ނަމަވެސް، ރާމަފޯސާ ވިދާޅުވީ އެއީ 580،000 ޑޮލަރު ކަމަށާއި، އެއީ އޭނާގެ ފާމުން ގެރި (ބަފަލޯ) ވިއްކައިގެން ލިބިފައިވާ ހަލާލު ފައިސާ ކަމަށެވެ.

މިނިވަން ޕެނަލްގެ ރިޕޯޓާ ގުޅިގެން، އެ ރިޕޯޓު ބާތިލުކުރުމަށް އޭނާ ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މަޖިލީހުން އެ ރިޕޯޓު ބަލައިނުގަތުމަށް ވޯޓު ދިނުމުން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް، ރައީސް ވަނީ އަނެއްކާވެސް އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ އެ ޕެނަލުން މަސައްކަތްކޮށްފައިވަނީ މެންޑޭޓުން ބޭރުން ކަމަށާއި، މައުލޫމާތުތަކާއި އޭނާގެ މައްޗަށް ކޮށްފައިވާ 4 ތުހުމަތު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

ސިރިލް ރާމަފޯސާސައުތު އެފްރިކާފާމްގޭޓްއާތަރ ފްރޭޒަރއެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ)ޖޭކޮބް ޒޫމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

31 ޖެނުއަރީ 2026
ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި

ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި

10 ޖެނުއަރީ 2026
ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

09 ޖެނުއަރީ 2026
ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ

ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު