Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްަޒާގެ ހަނގުރާމަ

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟

ޔޫރަޕްގެ ގިނަ ގައުމުތަކުންވެސް މިހާރުދަނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތާއިދު ކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2024 | ހޮނިހިރު 02:17
ޣައްޒާގެ ރަފާހުގައި ބޭއްވި ބޮޑު ޖަނާޒާއެއްގެ ތެރެއިން

ޣައްޒާގެ ރަފާހުގައި ބޭއްވި ބޮޑު ޖަނާޒާއެއްގެ ތެރެއިން

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އުފުލާފައިވާ ތާރީޚީ ދައުވާގެ ފުރަތަމަ އަޑުއެހުން ދަ ހޭގްގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު އެ ދައުވާއާއި މެދު އެއްވެސް އެއްޗެއް ނުބުނެ އީޔޫ ހިމޭނުން އޮތީ ކީއްވެތޯ މިއަދު ދަނީ ގިނަބަޔަކު ސުވާލު އުފައްދަމުންނެވެ.

މިދިޔަ މަހު ދެކުނު އެފްރިކާއިން އދ.ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި އިސްރާއީލުން ޣައްޒާ ވަށާލުމަކީ 1948 ވަނަ އަހަރުގެ ހޮލޮކޮސްޓްގެ ފަހުން އެކުލަވާލާފައިވާ ޖެނޯސައިޑް ކޮންވެންޝަނާ ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

މި މުއާހަދާގެ ދަށުން އިސްރާއީލާއި ދެކުނު އެފްރިކާ ހިމެނޭ ބައްރުގެ ގައުމުތަކަށް، އެފަދަ ޖަރީމާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ހައްގު ވަނީ ލިބި ދީފައެވެ.

އިސްރާއީލުން ޣައްޒާގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެޖަރީމާތައް ހުއްޓުވުމަށް ކޯޓެއްގެ ކުރިމަތީގައި ދިފާއުކުރި މިއީ ފުރަތަމަ ފަހަރެވެ. މިޖިނާއީ ދައުވާއަކީ ތާރީޚީ ދައުވާއަކަށް ވެފައިވާއިރު، މިއީ ހޮލޮކޮސްޓްގައި ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތްވި ޔަހޫދީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި ގައުމު އިސްރާއީލުން ވެސް ވަރަށް ބޮޑު ޚާއްޞަ ކަމެއްދޭ ދައުވާއެކެވެ.

އައިސީޖޭ އަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގެ ހުކުމަކާއި ހަމައަށް އައުމަށް އާދަޔާ ހިލާފު ދިގު މުއްދަތެއް ނަގާއިރު، ދެކުނު އެފްރިކާއިން ވަނީ  މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ޣައްޒާއަށް ކުރިމަތިވެފައިވާ ދަތިތައް ފޫބެއްދުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ.

އިސްރާއީލުން ވަނީ އެ މައްސަލައާ ދެކޮޅު ހަދާނެ ކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ ހުޅަނގުގެ ބައިވެރިން ކަމަށްވާ އިނގިރޭސިވިލާތާއި އެމެރިކާ އިންވެސް ވަނީ އެމައްސަލަ ކޯޓަށް ވެއްދުމާއި ގުޅިގެން ދެކުނު އެފްރިކާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

އެއާ ޚިލާފަށް ބޮލީވިއާ، ބްރެޒިލް، ކޮލަމްބިއާ، ޖޯޑަން، މެލޭޝިއާ، ދިވެހިރާއްޖެ، ތުރުކީ، ވެނެޒުއޭލާ އަދި 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) އިން ވަނީ އެކަމަށް ރަސްމީކޮށް ތާއީދުކޮށްފައެވެ.

އިސްރާއީލާއި ހަމާސް އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އީޔޫގެ މެމްބަރު 27 ގައުމެއްގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، އީޔޫގެ ގިނަ ގައުމުތަކުން މިކަމުގައި ތިބީ ހިމޭނުންނެވެ.

ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނަކު މި ހަފުތާގައި އައިސީޖޭއަށް އެ ބްލޮކުން ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދީފައި ވީ ނަމަވެސް، އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ މައްސަލައަށް ތާއީދު ނުކުރާ ކަމަށް ބުނެފައެވެ.

"މި ހާއްސަ މައްސަލައާ ގުޅޭ ގޮތުން ގައުމުތަކަށް މައްސަލަ ނުވަތަ ދައުވާ ހުށަހެޅުމުގެ އިހްތިޔާރު އޮންނާނެ. ޔޫރަޕިއަން ޔޫނިއަން އަކީ މި ދައުވާގައި ޝާމިލުވާ ފަރާތެއް ނޫން،" އީޔޫގެ ފޮރިން އެފެއާޒްގެ ތަރުޖަމާނު ޕީޓާ ސްޓެނޯ އަންގާރަ ދުވަހު ވިދާޅުވި އެވެ. އަދި މިއީ އެއްގޮތަކަށް ވެސް ކޮމެންޓެއް ކުރަން ވީ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންގެ ފުރާނަ ހިމާޔަތްކުރުމަށާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އަދި އިސްރާއީލުގެ އަމިއްލަ ދިފާއުގައި ހަމަލާ ދިނުމަކީ އިސްރާއީލަށް ލިބިގެންވާ ހައްގެއް ކަމަށްބުނެ އެޖަރީމާތަކަށް ތާއީދުކޮށް، ހަމަނުޖެހުންތަކާ މެދު ނިއުޓްރަލް ލައިންއެއް ކުރިއަށް ގެންދިއުމަށް އީޔޫއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އީޔޫއިން މި ހަރުކަށި ރައްދު  ދީފައި ވެއެވެ.

ނަމަވެސް އީޔޫގެ މައި ސިޓީ ކަމުގައިވާ ބްރަސެލްސް އިން މިހާތަނަށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައި ނުވިނަމަވެސް، އެހީއަށް ބޭނުންވެފައިވާ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑާޅުމަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ހަމަލާތައް ހުއްޓުމަށް ގޮވާލާ ހަރުކަށި ގޮވުންތަކާ ދިމާލަށް އީޔޫގެ ގިނަ ގައުމުތަކުން މަޑުމަޑުން މިސްރާބު ޖަހަމުންދާ ކަމުގެ އިޝާރާތެއްގެ ގޮތުން އީޔޫގެ ގިނަ ގައުމުތަކުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ޑިސެމްބަރު މަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ތާއީދުކޮށްފައެވެ.

އިސްރާއީލުގެ ހަރުކަށި ބައިވެރިއެއްގެ ގޮތުގައި ބެލެވޭ ޖަރުމަނު ފަދަ ގައުމުތަކުން ވެސް ދާދި ފަހުން ވަނީ ފަލަސްތީނު މީހުން  ޣައްޒާއިން ބޭރުކުރަން ހަރުކަށި ފިކުރުގެ އިސްރާއީލުގެ ވަޒީރުން ގޮވާލި ގޮވާލުން ކުށްވެރިކޮށްފައެވެ.

އިސްރާއީލުގެ ހަރުކަށި އެކުވެރިންގެ ގޮތުގައި ބެލެވޭ ޖަރުމަނާއި އޮސްޓްރިއާ އަދި ޗެކް ރިޕަބްލިކުން ވެސް ވަނީ މި މައްސަލައާ މެދު ޝައްކު އުފައްދައިފައެވެ.

ބުރާސްފަތި ދުވަހު އިސްރާއީލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަރުމަނުގެ ވައިސް ޗާންސެލަރު ރޮބަޓް ހަބެކް ވިދާޅުވީ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން މާ ހަރުކަށި ކޮށް އަމަލު ކުރާތީ ފާޑުކިޔޭނެ ކަމަށާއި ނަމަވެސް އެއީ ޖަރީމާއެއް ނޫން ކަމަށެވެ.

ހަބެކް އިތުރަށް ވިދާޅުވީ، ގަތުލު ޢާއްމު ހިންގާނެ ނުވަތަ ހިންގަން ބޭނުންވާ މީހުންނަކީ ހަމާސް ޖަމާއަތް ކަމަށެވެ. އެމީހުންގެ އެޖެންޑާއަކީ އިސްރާއީލުގެ ދައުލަތް ނައްތާލުމެވެ.

އޮސްޓްރިއާގެ ޗާންސެލަރާއި ޗެކްގެ ބޮޑުވަޒީރު ގުޅިގެން ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ އެފަދަ ޝައްކުތަކެއް ފާޅުކުރައްވާފައެވެ.

"އައިސީޖޭ ސިޔާސީ ކުރަން ކުރާ މަސައްކަތާ ދެކޮޅު،" އެ ދެ ލީޑަރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދެކުނު އެފްރިކާގެ އައިސީޖޭ އަށް ހުށަހެޅިފައިވަ މައްސަލަ ސާފުކޮށް ކުށްވެރިކުރި ހަމައެކަނި ގައުމަކީ ހަންގޭރީ ކަމަށް ވާއިރު، "އިސްރާއީލާ ދެކޮޅަށް ދިން ގާނޫނީ ހަމަލާ" ފޮރިން މިނިސްޓަރު ޕެޓާ ސްޒިޖާޓޯ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ވަނީ ކުށްވެރި ކުރައްވާފައެވެ.

އަދި އޭނާ ވިދާޅުވީ މިފަދަ އަނިޔާވެރި ޓެރަރިސްޓް ހަމަލާއެއް އަނެއްކާވެސް ދުނިޔޭގެ އެއްވެސް ތަނެއްގައި ހިނގިޔަ ނުދިނުމަށް ޓަކައި ޓެރަރިޒަމާ ދެކޮޅަށް މިހާރު ހިންގަމުންދާ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ނިންމުމަކީ މުޅި ދުނިޔޭގެ މަސްލަހަތު އޮތް ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސައުތު އެފްރިކާގެ ދައުވާއަށް ތާއީދުކުރާ އީޔޫގެ އަޑުތައް މިހާ ބޮޑަށް މަދުވެފައި ވާއިރު، ޔޫރަޕުގައި ފަލަސްތީނަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭ ސަރުކާރެއްގެ ގޮތުގައި ބެލެވޭ ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނައިބު ޕެޓްރާ ޑި ސަޓާ އަންގާރަ ދުވަހު ވިދާޅުވީ ދެކުނު އެފްރިކާގެ މައްސަލައަށް ރަސްމީކޮށް ތާއީދު ކުރުމަށް ބެލްޖިއަމަށް ގޮވާލައްވާނެ ކަމަށެވެ.

ހަތް ފަރާތެއްގެ ކޮމްޕްލެކްސް ކޯލިޝަނެއް ކަމަށްވާ ބެލްޖިއަމް ސަރުކާރުން އަދި ޑި ސަޓާގެ ގޮވާލުން އެންޑޯސް ނުކުރި ނަމަވެސް އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހިނގާފާނެ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ފަސް މިލިއަން ޔޫރޯގެ އިތުރު ފައިސާ ދިނުމަށް އެ ގައުމުން ވައުދުވެފައި ވެއެވެ.

ހަމާސްއިން އިސްރާއީލަށް (އޮކްޓޯބަރު 7 ވަނަ ދުވަހު) އަރައި، 1،400 މީހުން މަރާލި، ހަމަކަށަވަރުން، އެ ހަމަލާދިނީ އެއުރެންނީ އިސްރާއީލުގެ މީހުން ކަމުގައިވާތީއެވެ. އަދި އެއުރެންނީ ޔަހޫދީން ކަމުގައިވާތީއެވެ. އަދި އެއުރެން ދިރިއުޅުނީ އިސްރާއީލުގައެވެ. އެއީވެސް ގަތުލު ޢާއްމު ނޫންހެއްޔެވެ؟ ވަރަދްކަރް ސުވާލު ކުރެއްވިއެވެ.

ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ހަނގުރާމައިގެ ކެމްޕެއިނަށް ފާޅުގައި ފާޑުކިޔާ ސްޕެއިންއިން ވެސް ބުދަ ދުވަހު ސަރުކާރުގެ ތާއީދު ހޯދުމަށް ގޮވާލައި 250 ގާނޫނީ މާހިރުން ޕެޓިޝަނެއް ހުށަހަޅާފައިވީ ނަމަވެސް، އެކަމާ ބެހޭ ގޮތުން އިތުރަކަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޔޫރޯނިއުސްއަށް މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓްސް ވޮޗްގެ އީޔޫގެ ޑިރެކްޓަރ ފޮރ އެޑްވޮކަސީ ފިލިޕޭ ޑޭމް ވިދާޅުވީ އައިސީޖޭގެ އެ މައްސަލައަކީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީޔޫއިން "އިންސާފާއި ޒިންމާދާރުކަމާ މެދު އޮތް ގުޅުން ކަށަވަރުކުރުމަށް" ލިބޭ ފުރުސަތެއް ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އާއި އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުން ބައިނަލްއަގުވާމީ ފެންވަރުގައި ޝަރުއީ ދާއިރާ އާއި ޝަރުއީ މަރުހަލާތަކަށް ތާއީދުކުރާކަން ހަގީގަތުގައި ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުން މިހާރުން މިހާރަށް ކޯޓުގައި އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ތާއީދު ކުރައްވަން ޖެހޭ،" ޑޭމް ވިދާޅުވި އެވެ.

ދުނިޔެޣައްޒާޔޫރަޕިއަން ޔޫނިއަންސައުތު އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު