Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު އެފްރިކާގެ ޕާލަމެންޓްގެ ސްޕީކަރ

ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި

19 މާރިޗު 2024 | އަންގާރަ 17:56

އާމީ އިކުއިޕްމަންޓް ގަތުމަށް ކުރި ޓެންޑަރެއް ދެއްވާނެކަމަށް ވިދާޅުވެ، ކުންފުންޏެއްގެ ވެރިއެއްގެ އަތުން 120،000އެއްހާ ޑޮލަރު ހޯއްދެވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 މާރިޗު 2024 | އަންގާރަ 17:56
ދެކުނު އެފްރިކާ ނެޝަނަލް އެސެމްބްލީގެ ސްޕީކަރ، ނޮސިވީވާ މަޕީސާ ނަކުލާ

ދެކުނު އެފްރިކާ ނެޝަނަލް އެސެމްބްލީގެ ސްޕީކަރ، ނޮސިވީވާ މަޕީސާ ނަކުލާ

ކޮރަޕްޝަނުގެ ތުހުމަތުތަކަކާ ގުޅިގެން ދެކުނު އެފްރިކާގެ ޚާއްސަ ޕޮލިސް ޔުނިޓަކުން އެގައުމުގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފިއެވެ.

ސްޕީކަރ ނޮސިވީވާ މަޕީސާ ނަކުލާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އެކަމަނާ ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު އެކި ފަރާތްތަކަށް ކޮންޓްރެކްޓްތައް ހޯއްދަވައިދެއްވުމުގެ ބަދަލުގައި އެތައް ބައެއްގެ އަތުން ރިޝްވަތު ނަންގަވާފައި ވާކަމަށެވެ.

މިކަމާ ގުޅިގެން ޕާލިމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕީކަރުގެ އެއްވެސް ކުށެއް ނުކުރައްވާކަމަށް ވިދާޅުވެ, އެގޮތުގައި ހިފަހައްޓަވަމުން ގެންދަވާ ކަމަށެވެ. އަދި ތަހުގީގު ތަކަށާއި، ފުލުހުން ކުރިޔަށް ގެންދާ ފާސްކުރުންތަކަށް އެކަމަނާ ފުރިހަމަޔަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ޚާއްސަ ޕޮލިސް ޔުނިޓުން ސްޕީކަރުގެ ގެ ބަލައިފާސްކުރީ ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަމުން ގެންދިޔަ ސްޓޭޓް ޕްރޮސެކިއުޓަރުންގެ އެދުމުގެ މަތިންނެވެ.

އުމުރުރު ފުޅުން 67 އަހަރުގެ އެންޓި އެޕާތެއިޑް ވެޓަރަން، ސްޕީކަރުގެ މަގާމަށް ހޮވިވަޑައިގަތީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން އެކަމަނާ ނުވަ އަހަރު ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައި ވެއެވެ.

ސްޕީކަރ މަޕީސާގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ އާމީ އިކުއިޕްމަންޓް ގަތުމަށް ކުރި ޓެންޑަރެއް އެފަރާތަށް ދެއްވާނެކަމަށް ވިދާޅުވެ، ކުންފުންޏެއްގެ ވެރިއެއްގެ އަތުން ގާތްގަނޑަކަށް 120،000 ޑޮލަރު ހޯއްދެވި ކަމަށް ކުރެވޭ ތުހުމަތެވެ.  

ކޮރަޕްޝަންގެ މައްސަލައަށް ހައްލު ހޯއްދެވުމަކީ، 2018 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް ސިރިލް ރާމަޕޯސާގެ އިންތިޚާބީ ވައުދެކެވެ. ރާމަޕޯސާގެ ކުރިން ރައީސްކަމުގައި ހުންނެވި ޖޭކަބް ޒޫމާގެ މައްޗަށްވެސް ވަނީ ދައުލަތުގެ ޚަޒާނާގައި ވަރަށް ބޮޑަށް ޖެހިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވިފައެވެ. މި ތުހުމަތުތަކަށް ޒޫމާ އިންކާރު ކުރައްވައެވެ.   

ސައުތު އެފްރިކާކޮރަޕްޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް