Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖީ20 ސަމިޓް

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

ބޮޑުވަޒީރު ސަރ ކީއަރ ސްޓާމަރ ދެކުނު އެފްރިކާގެ ޖީ20 ސަމިޓަށް ދަތުރުކުރައްވަމުން، ޔޫކޭ ވިޔަފާރިތަކަށް ސަފީރެއްގެ ގޮތުގައި މަސައްކަތްކުރައްވައި އެފްރިކާގެ ކުރިއަށްއޮތް ފުރުސަތުތައް ހޯދައިދެއްވުމަށް ފޯކަސްކުރައްވާނެ އެވެ. ޓްރަމްޕު ގެ ދަޢުވާތަކުގެ ސަބަބުން ސަމިޓު ބޮއިކޮޓްކުރެއްވި ނަމަވެސް، ދެކުނު އެފްރިކާގެ ރައީސް ވިދާޅުވީ މިއީ "އެމެރިކާގެ ގެއްލުން" ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 08:04
ޔޫކޭ ގެ ބޮޑުވަޒީރު ކިއާރ ސްޓާރމަރ

ޔޫކޭ ގެ ބޮޑުވަޒީރު ކިއާރ ސްޓާރމަރ

އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިނުގެންނެވި ނަމަވެސް، ޖީ20 ގައި ބައިވެރިވެވަޑައިގަތުމަށް ދެކުނު އެފްރިކާއަށް ކުރެއްވި ދަތުރު، ޔޫކޭގެ ބޮޑު ވަޒީރު ކިއާ ސްޓާރމަރ ދިފާއުކުރައްވައިފި އެވެ.

ދެކުނު އެފްރިކާގެ ޖޮހާންސްބާގްގައި ބާއްވާ ދުނިޔޭ ގެ ލީޑަރުންގެ ޖީ20 ބައްދަލުވުމަށް ސްޓާރމަރ ވަނީ ދަތުރުކުރައްވާފަ އެވެ. މި ސަމިޓުގައި އެންމެ ބޮޑެތި 20 އިގްތިސާދު އެއްވާ އިރު، ދޮން މީހުން ނިކަމެތިކޮށް ދޮގު ތަކެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގެ ސަބަބުން ބައިވެރިނުވުމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ. ބައިނަލްއަގުވާމީ ދަތުރުތައް ގިނަވުމުގެ ސަބަބުން "ލޮލަށް ނުފެންނަ ސްޓާރމަރ" ގެ ނަމުން ނަން ދީފައިވާ ސްޓާރމަރ، މި ސަމިޓުގައި ޔޫކޭ ވިޔަފާރި ތަކުގެ ސަފީރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފައިދާ ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ސްޓާރމަރ ޑާބީގައި އުފައްދާފައިވާ ރޭލުތައް ބެއްލެވުމަށް ޖޮހާންސްބާގްގެ ޑިޕޯއަކަށް ޒިޔާރަތްކުރައްވައި، ދެކުނު އެފްރިކާގެ ރޭލުމަގުތަކަށް ޔޫކޭ އިން "ސްޓްރެޓީޖިކް ލަފާއާއި ކޮންސަލްޓެންސީ ހިދުމަތްތައް ފޯރުކޮށްދޭނެ" އައު އެއްބަސްވުމެއް އިއުލާންކުރައްވާނެ އެވެ.

ޔޫކޭ ސަރުކާރު ގެ ވެރިކަމުގެ ދަށުގައިވާ ކްރޮސްރެއިލް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ޖަމިއްޔާއަކުން މި މަސައްކަތް ކުރާނެ އެވެ. އެ ޖަމިއްޔާއިން ވިއެޓްނާމާއެކު ވެސް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. ޑައުނިންގ ސްޓްރީޓުން ބުނަނީ އެފްރިކާގެ ނިސްބަތުން ދެބައިކުޅަ އެއްބަޔަކީ 20 އަހަރުން ދަށުގެ މީހުން ކަމަށާއި 2050 ވަނަ އަހަރަށް ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި އެފްރިކާގައި ދިރިއުޅޭނެކަން ދެނެގަނެ އެފްރިކާއިން ޔޫކޭ ވިޔަފާރިތަކަށް މުސްތަގުބަލުގައި ފައިސާކުރާނެ ފުރުސަތުތަކެއް ލިބިދޭ ކަމަށެވެ.

ސަމިޓު ބޮއިކޮޓްކުރުމަށް ޓްރަމްޕް ނިންމެވި ނިންމުމުގެ އަސަރާ ބެހޭ ގޮތުން ސުވާލުކުރުމުން، ސްޓާރމަރ ވިދާޅުވީ "އެއްތަންވެ" ހަމަޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. "އަހަރެން ފޯކަސްކުރާނީ އަހަރެމެންނަށް ކުރެވޭނެ ކަންކަމާއި، އެކުވެރި ގައުމުތަކާ އެކު އަހަރެމެންނަށް ކުރެވިދާނެ ވިޔަފާރިތަކާއި، އަދި ބައިނަލްއަގުވާމީ ގޮތުން އަހަރެމެން ކުރާ މަސައްކަތް ސީދާ އަސަރުކުރާކަން ކަށަވަރުކުރުން،" ކަމަށް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސްޓާރމަރ ވިދާޅުވި އެވެ. "ދިރިއުޅުމުގެ ހަރަދާ ގުޅޭ ކަންކަން ހައްލުކުރަން ބޭނުންނަމަ އަދި ރަނގަޅު ރައްކާތެރި ވަޒީފާތަކާއެކު މީހުންގެ ދިރިއުޅުން ރަނގަޅުކުރަން ބޭނުންނަމަ، ޖީ20 ބައިވެރިންނާއި އެކުވެރިންގެ އިންވެސްޓްމަންޓަކީ ވަރަށް މުހިންމު ކަމެއް،" ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ސަމިޓުން އެއްފަރާތްވެ ވަޑައިގަންނަވަނީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ ސަމިޓަކީ "ބޮޑު ހުތުރެއް" ކަމަށް ވިދާޅުވެ، ދެކުނު އެފްރިކާގައި ދޮން މީހުންނަށް ނިކަމެތިކަން ދެމުންދާ ކަމަށް ބުނެ ކުރާ ދަޢުވާ ތަކުރާރު ކުރައްވަމުންނެވެ. "އެ އިންސާނީ ހައްގުތަކަށް އަރައިގަތުން އޮތްހާ ހިނދަކު އެމެރިކާ ގެ ސަރުކާރު ގެ އެއްވެސް އޮފިޝަލަކު ބައިވެރިނުވާނެ،" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕު ގެ ސަރުކާރުން ދެކުނު އެފްރިކާގެ ހުދު މީހުންނަށް އެމެރިކާގައި ރެފިއުޖީ ހައިސިއްޔަތު ދީފައިވާއިރު، މިހާރު އެމީހުންނަށް ނަސްލީ ގުރޫޕުތަކަށްވުރެ އިސްކަން ދީފައިވެ އެވެ. ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ ޖީ20 ގައި އެމެރިކާ ނެތުމަކީ "އެމީހުންގެ ގެއްލުން" ކަމަށާއި ބޮއިކޮޓް ސިޔާސަތު މަސައްކަތްނުކުރާނެ ކަމަށެވެ. ދެކުނު އެފްރިކާގެ އެއްވެސް ސިޔާސީ ޕާޓީއަކުން، އެފްރިކާނަރުންނާއި އާންމު ގޮތެއްގައި ހުދު މުޖުތަމައު ތަމްސީލުކުރާ ޕާޓީތައް ހިމެނޭހެން، ދެކުނު އެފްރިކާގައި ނަސްލީ ތަފާތު ކުރުންތައް ހިންގަމުންދާ ކަމަށް ދަޢުވާކޮށްފައެއް ނުވެ އެވެ.

ޖީ20ސަރ ކިއަރ ސްޓާމަރޑޮނަލްޑް ޓްރަމްޕްސައުތު އެފްރިކާޖޮހެނަސްބަރގްސައިރިލް ރަމަފޯސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު