Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

ތާރީޚުގައި ގާނޫނީ ނަމުގައި އިންސާނީ ޙައްޤުތަކާ ޚިލާފު އެތައް އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާއިރު، މިއަދު ދިވެހިރާއްޖެވެސް ގާނޫނުތައް ބަދަލުކޮށްގެން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ މަގުމަތީގައެވެ. ވެރިކަމުގެ ބާރު ދަމަހައްޓަން ހުދުމުޚްތާރު އުސޫލުން ގާނޫނުތައް ބައްޓަންކުރަމުންދާއިރު، ރައްޔިތުންގެ އަޑު މުޅިން ފޮރުވާލެވި، އަސާސީ މިނިވަންކަން ގެއްލިގެންދާކަން ފާހަގަކުރެވެއެވެ.

ޒަމާންތަކެއް ވަންދެން ގާނޫނީ ހައިސިއްޔަތު ލިބިގެން ހިނގި އަޅުވެތިކަމާއި ނަސްލީ ތަފާތުކުރުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަންކަން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2025 | ހުކުރު 14:16
މީޑިއާ ކޮންޓްރޯލް ގާނޫނު ހެދުމުގަ އިސްކޮށް އުޅުއްވި ރައީސް މުއިއްޒާއި އެހެން ބައެއް މަޖިލިސް މެމްބަރުން

މީޑިއާ ކޮންޓްރޯލް ގާނޫނު ހެދުމުގަ އިސްކޮށް އުޅުއްވި ރައީސް މުއިއްޒާއި އެހެން ބައެއް މަޖިލިސް މެމްބަރުން

އިންސާނިއްޔަތުގެ ތާރީޚަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ، ގާނޫނީ ގޮތުން ހުއްދަ ކަންކަމުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ޚިލާފު އެތައް ޢަމަލުތަކެއް ހިމެނިފައިވާކަމެވެ. އެކި ޒަމާންތަކުގައި އެކި މުޖުތަމަޢުތަކުގައި ގާނޫނީ ހައިސިއްޔަތު ލިބިގެން ހިނގަމުން އައި ބައެއް ކަންކަމަކީ، މިއަދުގެ ނަޒަރަކުން ބަލާއިރު އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ.

އަޅުވެތިކަމަކީ މީގެ އެންމެ ހާމަ މިސާލެވެ. ގަރުނުތަކެއް ވަންދެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުވެތިކަން އޮތީ ގާނޫނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައެވެ. އިންސާނުން ގަނެވިއްކުމާއި، އެމީހުންގެ މައްޗަށް މިލްކުވެރިކަން ހިންގުމަކީ އާންމު ކަމަކަށް ވެފައި އޮތެވެ. ހަމައެފަދައިން، ކޮލޯނިއަލް ވެރިކަމުގެ ދަށުން އެތައް ގައުމެއްގެ ރައްޔިތުން އަނިޔާވެރި އަޅުވެތިކަމެއްގައި ދިރިއުޅެން ޖެހުނެވެ.

ދެކުނު އެފްރިކާގެ އަޕާތައިޑް ނިޒާމަކީވެސް މިފަދަ ހިތާމަވެރި މިސާލެކެވެ. ނަސްލީ ތަފާތުކުރުން ގާނޫނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި އޮވެ، އެތައް ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަނެވުނެވެ. ކަޅު ނަސްލުގެ މީހުންނަށް ތަފާތުކުރުން ގެންގުޅުމަކީ އެ ނިޒާމުގެ ދަށުން ހުއްދަ ކަމަކަށް ވެފައި އޮތެވެ.

ތާރީޚުން ލިބޭ މި ފިލާވަޅުތަކުން ދައްކުވައިދެނީ، ގާނޫނެއްގައި ލިޔެވޭ ކޮންމެ ކަމަކީ މުޖުތަމަޢެއްގެ މުސްތަގުބަލު ބިނާކުރުމުގެ މިންގަނޑެއް ކަނޑައެޅުމުގައި ބަރޯސާވެވޭނެ އަސާސެއް ނޫންކަމެވެ.

މިއަދުގެ ދުނިޔޭގައިވެސް އެކިގަމުތަކުގައި ގާނޫނީ ގޮތުން ހުއްދަކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ސުވާލު އުފެދޭ އެތައްކަމެއް ފެންނަން ހުރެއެވެ. ހާއްސަކޮށް ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ސަރުކާރުގެ މަލިއްޔަތު ލޫޓުވާ ހުދުމުހުތާރު ވެރިކަމެއް ކުރާ އަދި އެފަދަ ވެރިކަމަކަށް މަގުކޮށާ ކޮންމެ ގައުމަކުންވެސް މި ސިފަތައް ވަރަށް ފުރިހަމަ އަށް މިއަދުވެސް ފެނެއެވެ. ނަމުގަ 3 ބާރުވަކިވެފަވާ ނިޒާމެއްކަމަށް ބުނާއިރު، ހުރިހާ އާރަކާ ބާރެއް އޮންނަނީ ގުޑުވާވެސް ނުލެވޭހާ ބާރުކޮށް ވެރިކަންކުރާ މީހާގެ މުށުތެރޭގައެވެ.

ހުދުމުހުހުތާރު، އަނިޔާވެރި، ރައްޔިތުންގެ ބައިތުލްމާލުން އިމެއްނެތި ވައްކަންކުރުމަށް ފުރުސަތު އޮންނަ ވެރިކަން ހިންގުމުގެ ނިޒާމުގައި ވެރިޔަކަށް ހުންނަ މީހާ ބޭނުން އެއްޗެއް ގާނޫނުގައި ލިޔެ، ހިތުހުރި ގޮތަކަށް ޝަރުއީ ކޯޓުތަކުން ހުކުމްތައް ނެރެވެއެވެ.

ދިވެހިރާއްޖޭގައި ފާއިތުވެދިޔަ 2 އަހަރު ކަންހިނގާފައިވާ ގޮތުން އަދި ވެރިކަން ކުރަން ތިއްބެވި ފަރާތްތަކުގެ އަމަލުތަކުން މި ރާއްޖެވެސް ގާނޫނުގައި ލިޔެވިގެން ބޭނުންހާ ކަމެއް ކުރުމުގެ ސަގާފަތެއް އަށަގަންތަން ފެންނަކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ގާނުނުތައް ކޮށާމާށައިގެން މިހާރުވެސް ދިވެހިރައްޔިތުންގެ އެތައްހައްގެއް ވަނީ ނިގުޅާގަނެފައެވެ. މައި ސަރުކާރާ އާދައިގެ ރައްޔިތުންނާ ދޭތޭރޭ އޮތްފަރަގު ފުޅާކޮށް، އަތޮޅުތެރޭގެ ރައްޔިތުން ލާމަރުކަޒީ ގާނޫނުން ހޯދި ބާރުވެރިކަން ނިގުޅައިގަނެ ގަބުރުސްތާނު ސާފުކުރަން ވެސް ރައީސް މުއިއްޒުގެ އިޒްނަ ހޯދަން ރަށުކައުންސިލް ތަކަށް މިސަރުކާރުން މަޖުބޫރުކޮށްފިއެވެ.

ތެދު ހަބަރާ ދޮގު ހަބަރު ކަނޑައަޅާ ފަރަތަކީ ސަރުކާރު ކަމަށް ހަދައި، ރައީސް މުއިއްޒުއަށް ބައިއަތު ނުހިފާ ބަޔަކަށް ނޫސްވެރިކަން ކުރުމަކީ ކެރިކުޅަދާނަވެގެން ނުވާކަމަކަށް ހެދުމުގެ ހީލަތްތެރި ރޭވުމުގައި ގާނޫނުގައި ލިޔެވިގެން މިނިވަން މީޑިއާ ކަފުންކޮށްފިއެވެ. ހިސޯރުކޮށްފައިވާ މަޖިލީހުގެ ސަރުކާރުގެ މެމްބަރުން އެދަނީ އަމިއްލަ ސަލާމަތާ ރައްކާތެރިކަމަށް، 5 އަހަރުގެ ދައުރު ހަމަވުމަށްފަހުވެސް ރައީސް މުއިއްޒު ވެރިކަމުގައި ބެހެއްޓޭނެ ގޮތެއް ގާނޫނުގައި ލިޔެގެން ހޯދަމުންނެވެ.

ދެއިންތިހާބު އެއްކޮށްލުމަށް ގާނުނޫގައި ލިޔުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވާފައިވާނީ ދައުރު ދަންމާލުމަށް ކަމަށް ގިނަ ބަޔަކު މިހާރުވެސް ބުނަމުންދެއެވެ. މިއަދުގެ ދުނިޔޭގައިވެސް ހުދުމުހުތާރު ދިގު ތާރީހަކަށް ދެމިގެންދާ ހުރިހާ ވެރިކަމަކުންވެސް ފެންނަ އެއްްކަމަމަކީ ވެރިކަން ދެމެހެއްޓުމަށްޓަކާ ގާނޫނުތައް ކޮށާމަށައިގެން ހިންގާ ވިޔާނުދާ އަމަލުތަކެވެ. ގާނުނުތަކުން ރައްޔިތުން ހުރިހާ ގޮތަކުން ތަޅުއެޅުވުމެވެ. ދިވެހިރާއްޖެވެސް މިހާރު މި ދީލާލަނީ ވެރިކަން ހިންގުމުގެ އެފަތަ ނިޒާމަކަށްކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ފާހަގަކުރެއެވެ.

އަޅުވެތިކަންސައުތު އެފްރިކާއަޕާޓައިޑްނަސްލީ ތަފާތުކުރުންއިންސާނީ ހައްޤުތައްކޮލޯނިއަލް ވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

04 ނޮވެމްބަރު 2025
"އެލްއާރްޑީ ބޭނުންކުރި މައްސަލަ ހުށަހެޅެން ހުރި ދުނިޔޭގެ ހުރިހާ އިދާރާއަކަށް ހުށަހަޅާނަން."

"އެލްއާރްޑީ ބޭނުންކުރި މައްސަލަ ހުށަހެޅެން ހުރި ދުނިޔޭގެ ހުރިހާ އިދާރާއަކަށް ހުށަހަޅާނަން."

05 އޮކްޓޯބަރު 2025
އަވާމީ ލީގުން އދގެ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި

އަވާމީ ލީގުން އދގެ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު