Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަސްކަރީ ހަރަކާތް

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

ކޭޕް ޓައުންގެ ދެކުނުން، އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑު ބައްދަލުވާ ހިސާބުގައި އޮންނަ ސައުތު އެފްރިކާގެ ކަނޑުގެ އަސްކަރީ މައި މަރުކަޒު، ސައިމަންސް ޓައުންގެ ބަނދަރަށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ވަދެ ނިކުމެ އުޅޭ މަންޒަރު ވަނީ ބައިނަލްއަގުވާމީ މީޑިއާ އަށް ފެނިފައި.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 16:58
ދެކުނު އެފްރިކާގެ ސައިމަންސް ޓައުން ނޭވަލް ބޭސް އަށް ރަޝިޔާގެ އުޅަނދެއް ވަންނަނީ - ޖެނުއަރީ 9، 2025.

ދެކުނު އެފްރިކާގެ ސައިމަންސް ޓައުން ނޭވަލް ބޭސް އަށް ރަޝިޔާގެ އުޅަނދެއް ވަންނަނީ - ޖެނުއަރީ 9، 2025. | ރޮއިޓަސް

ވެނެޒުއޭލާ އަށް އެމެރިކާ އިން އަސްކަރީގޮތުން ނުފޫޒު ފޯރުވުމާއި، ތެޔޮ އުފުލާ ބައެއް އުޅަނދުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ސައުތު އެފްރިކާގެ ކަނޑުގެ ސަރަހައްދަށް ޖަމާވެއްޖެ އެވެ.

މި މަނަވަރުތައް އެ ސަރަހައްދަށް ގޮސްފައިވަނީ އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީނުތަކަކީ "މުހިންމު ކަނޑުގެ މަގުތަކާއި އިގްތިސާދީ ހަރަކާތްތައް ރައްކާތެރިކުރުމަށް" ހިންގޭ ގުޅިފައިވާ އޮޕަރޭޝަންތަކެއް ކަމަށެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ކަނޑުމަތީގެ އަމާޒުތަކަށް ހަމަލާދިނުމާއި، "ޓެރަރިޒަމާ ދެކޮޅަށް" ހިންގާ ސަލާމަތީ އޮޕަރޭޝަންތައް ފަރިތަކުރުން ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ކޭޕް ޓައުންގެ ދެކުނުން، އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑު ބައްދަލުވާ ހިސާބުގައި އޮންނަ ސައުތު އެފްރިކާގެ ކަނޑުގެ އަސްކަރީ މައި މަރުކަޒު، ސައިމަންސް ޓައުންގެ ބަނދަރަށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ވަދެ ނިކުމެ އުޅޭ މަންޒަރު ވަނީ ބައިނަލްއަގުވާމީ މީޑިއާ އަށް ފެނިފަ އެވެ.

ބްރިކްސް އިއްތިހާދުގައި ހިމެނޭ ބްރެޒިލް، އިންޑިއާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް ފަދަ އެހެން ގައުމުތަކުން މި ތަމްރީނުތަކުގައި ބައިވެރިވާނެކަން އަދި ސާފެއް ނުވެ އެވެ. ސައުތު އެފްރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ބައިވެރިވާ ހުރިހާ ގައުމުތަކެއް އަދި ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ.

ސައުތު އެފްރިކާގެ ޑިފެންސް ފޯސްއިން ބުނި ގޮތުގައި، މި ހަރަކާތުގެ ސަބަބުން އެކި ގައުމުތަކުގެ ކަނޑުގެ ސިފައިންގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތު ލިބޭނެ އެވެ. މިއީ ކަނޑުގެ މަގުތަކުގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އެ ފަރާތުން ފާހަގަކުރި އެވެ.

މި ތަމްރީނުތައް ބާއްވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއޭލާގެ ވެރިރަށް ކަރަކާސްއަށް ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ވެނެޒުއޭލާއާ ގުޅުންހުރި ތެޔޮ މަނަވަރުތައް ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އުތުރު އެޓްލާންޓިކުން ހިފެހެއްޓި ރަޝިޔާގެ ދިދަ ޖަހާފައިވާ އުޅަނދެއްވެސް ހިމެނެ އެވެ.

މި އަމަލަށް މޮސްކޯ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މިއީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ނަމަވެސް، ބުރާސްފަތި ދުވަހު ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމުގެ ބަދަލުގައި، އެމަނިކުފާނުގެ ސަރުކާރުގެ ހަރުކަށި ސިޔާސަތުތައް ހިފެހެއްޓޭނީ ހަމައެކަނި އެމަނިކުފާނުގެ "އަމިއްލަ އަޚުލާގީ މިންގަނޑުތަކުން" ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އީރާނުގައި ކުރިއަށްދާ ބޮޑެތި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމާ ގުޅިގެން، ވޮޝިންޓަނުން ވަނީ ތެހެރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެމެރިކާ އާއި ސައުތު އެފްރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ. ޚާއްޞަކޮށް ޓްރަމްޕްގެ ސަރުކާރުން ދަނީ ސައުތު އެފްރިކާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަސްލު މި ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ނަމަވެސް ޖޯހަނަސްބާގްގައި އޮތް ޖީ20 ސަމިޓާ ދިމާވާތީ ފަސްކުރެވުނީ އެވެ.

މި ތަމްރީނުތައް ބާއްވާ ވަގުތާ ބެހޭގޮތުން ސައުތު އެފްރިކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ބަންޓޫ ހޮލޮމީސާ ވިދާޅުވީ، މިއީ މިހާރު ފެންނަމުންދާ ނުތަނަވަސްކަމުގެ މާ ކުރިން ރޭވިފައިވާ ކަމެއް ކަމަށެވެ. އަދި އެމެރިކާ އިން ބައެއް ގައުމުތަކާ މައްސަލަ ޖެހިގެން އުޅޭތީ، އެއީ ސައުތު އެފްރިކާ އިން ބިރުގަންނަންޖެހޭ ސަބަބެއް ނޫން ކަމަށާއި، އެ ގައުމުތަކަކީ ސައުތު އެފްރިކާގެ ދުޝްމަނުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާސައުތު އެފްރިކާނިކޮލަސް މަދޫރޯރައީސް ޓްރަމްޕްބްރިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލީނާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި

އޮލީނާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި

09 ޖެނުއަރީ 2026
ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު