Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ ޕާކިސްތާން އަށް

މި ކަމާ ގުޅޭ މައުލޫމާތު ލިބިފައިވާ މަސްދަރަކުން އޭއެފްޕީ އަށް ބުނީ، ހައިކަލްގެ މި ދަތުރުފުޅާއި އީރާން އާއި އެމެރިކާއާ ދެމެދުގައި ޕާކިސްތާން އިން އަދާ ކުރަމުން އަންނަ މެދުވެރި ކަމުގެ ދައުރާ ގުޅިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖޫން 2026 | އާދީއްތަ 03:36
ލުބުނާންގެ އަސްކަރިއްޔާގެ ކޮމާންޑަރު ޖެނެރަލް ރޮޑޮލްފް ހައިކަލް.

ލުބުނާންގެ އަސްކަރިއްޔާގެ ކޮމާންޑަރު ޖެނެރަލް ރޮޑޮލްފް ހައިކަލް. | ރޮއިޓާސް

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ ރޮޑޮލްފް ހައިކަލް ހޮނިހިރު ދުވަހު ޕާކިސްތާން އަށް ވަޑައިގެންފި އެވެ.

އޭއެފްޕީ އަށް އެކި އެކި މަސްދަރު ތަކުން މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ދަތުރުފުޅާއި އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅިފައިވާ ކަމަށެވެ. އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޕާކިސްތާން އިންނެވެ. 

ލުބުނާންގެ ސިފައިންގެ ބަޔާނެއްގައި ބުނީ ހައިކަލް ޕާކިސްތާން އަށް ފުރާވަޑައިގެންފައި ވަނީ އެގައުމުގެ ސިފައިންގެ އިސްވެރިޔާ ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުގެ ދައުވަތަކަށް ކަމަށެވެ. އަދި ޕާކިސްތާންގައި މި ދެ ބޭފުޅުން ބައްދަލު ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ކަމާ ގުޅޭ މައުލޫމާތު ލިބިފައިވާ މަސްދަރަކުން އޭއެފްޕީ އަށް ބުނީ، ހައިކަލްގެ މި ދަތުރުފުޅާއި އީރާން އާއި އެމެރިކާއާ ދެމެދުގައި ޕާކިސްތާން އިން އަދާ ކުރަމުން އަންނަ މެދުވެރި ކަމުގެ ދައުރާ ގުޅިފައިވާ ކަމަށެވެ. މެދު އިރުމަތީގެ ސަރަހައްދީ ހަނގުރާމަ ނިންމުމަށް އެ ދެ ގައުމުން މަޝްވަރާ ކުރަމުންދާތީ، އެ މައްސަލަތައް ހައްލު ކުރުމަށް ޕާކިސްތާން އިން އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. 

ނަން ހާމަ ކުރަން ބޭނުން ނުވާ އެ މަސްދަރުން އިތުރަށް ބުނީ، މި މަޝްވަރާ ތަކުގައި ލުބުނާންގެ ވަރަށް މުހިންމު ބައިވެރިވުމެއް އޮންނަ ކަމަށެވެ. 

ޕާކިސްތާންގެ މުނީރު އަކީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމުމަށް، އީރާން އާއި އެމެރިކާގެ ދެ މެދުގައި ޕާކިސްތާންގައި ބޭއްވި މަޝްވަރާ ތަކުގައި ވެސް ބައިވެރިވި ބޭފުޅެކެވެ. އަދި އޭނާ އަކީ ޕާކިސްތާންގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް ހުންނަވާ ބޭފުޅާ އެވެ. 

އެމެރިކާ އާއެކު ސުލްޙަ ޤާއިމު ކުރުމަށް އީރާން އިން ކުރަމުން އަންނަ މަޝްވަރާ ތަކުގައި، އެ ޤައުމުން ވަނީ ކޮންމެ އެއްބަސްވުމެއްގައި ލުބުނާންގެ މައްސަލަ ހިމަނަންް ވާނެ ކަމަށް ޝަރުތު ކޮށްފަ އެވެ. އެގޮތުން ލުބުނާންގައި ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ވެސް އީރާން އިން ވަނީ ޝަރުތު ކޮށްފައި އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ލުބުނާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި

އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި

06 ޖޫން 2026
ވޯލްޑް ކަޕަށް ދާ އީރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި

ވޯލްޑް ކަޕަށް ދާ އީރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި

06 ޖޫން 2026
އީރާންގައި ބާކީ ހުރީ 22 އިންސައްތަ މިސައިލް: ޓްރަމްޕް

އީރާންގައި ބާކީ ހުރީ 22 އިންސައްތަ މިސައިލް: ޓްރަމްޕް

06 ޖޫން 2026
ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

06 ޖޫން 2026
ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި

ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި

06 ޖޫން 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު