Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޯލްޑް ކަޕް

ވޯލްޑް ކަޕަށް ދާ އީރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ގައުމީ ޓީމު އެމެރިކާއަށް ދިއުމަށް ބޭނުންވާ ވިސާ ދޫކޮށްފައިވާކަން އެ ގައުމުގެ އޮފިޝަލުން ކަށަވަރުކޮށްދީފި. ވިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން އީރާނުގެ ޓީމުން މީގެ ކުރިން ވަނީ އެމެރިކާގައި ބާއްވަން އުޅުނު ތަމްރީނުތައް މެކްސިކޯއަށް ބަދަލުކޮށްފައި. އެމެރިކާ ސަރުކާރުން ބުނެފައިވަނީ އީރާނުގެ އަސްކަރިއްޔާއާ ގުޅުން އޮތް އެއްވެސް މީހަކަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށް.

ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 09:58
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، ކެނެޑާގެ ވިސާއަށް އެދި ހުށަހެޅުމަށްޓަކައި ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ވިސާ އެޕްލިކޭޝަން ސެންޓަރަށް 21 މެއި 2026 ގައި ޒިޔާރަތް ކުރަނީ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، ކެނެޑާގެ ވިސާއަށް އެދި ހުށަހެޅުމަށްޓަކައި ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ވިސާ އެޕްލިކޭޝަން ސެންޓަރަށް 21 މެއި 2026 ގައި ޒިޔާރަތް ކުރަނީ. | ގެޓީ އިމޭޖަސް

އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފައިވާކަން އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ ޓީމަށް ވިސާ ދޫކޮށްފައި މިވަނީ، ޖޫން މަހުގެ 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް އެ ޓީމު ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، ވޯލްޑް ކަޕްގައި ވާދަކުރުމަށް އީރާނުގެ އެތުލީޓުންނާއި އެހީތެރި މުވައްޒަފުންނަށް ބޭނުންވާ ވިސާ މިހާރު ދޫކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އޮފިޝަލުން ވިދާޅުވީ ވިސާގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ދޮގު މައުލޫމާތު ދީގެން ޓެރަރިސްޓުން އެމެރިކާއަށް އެތެރެކުރުމުގެ ފުރުސަތު އީރާނުގެ ޓީމަށް ނުދޭނެ ކަމަށެވެ.

ވިސާ ދޫކުރިކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަނުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. މި މުބާރާތް ބާއްވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް، މުބާރާތް ބާއްވާ ގައުމަކުން އެ ގައުމަކާ ހަނގުރާމައިގެ ހާލަތެއްގައި އޮތް ގައުމެއްގެ ޓީމަކަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ.

މެއި މަހުގެ ފަހުކޮޅު، އީރާނުގެ ޓީމުން ވަނީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި ކުރިއަށްގެންދިޔަ ތަމްރީނުތައް މެކްސިކޯއަށް ބަދަލުކޮށްފައެވެ. އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ވިދާޅުވީ، ތަމްރީނުތައް ބަދަލުކުރަން ޖެހުނީ ވިސާ ހޯދުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ.

ހުކުރު ދުވަހާ ހަމައަށްވެސް، އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީމުގެ ބައެއް ފަންނީ އަދި އިދާރީ މުވައްޒަފުންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ލިބިފައެއް ނުވެއެވެ.

މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ބާރުގަދަ ގޮފި ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އާ ގުޅުން އޮތް އެއްވެސް މީހަކަށް އީރާނުގެ ވަފުދުގެ ތެރޭގައި ހިމެނިގެން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

އީރާނުގެ ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ އެ ގައުމުގައި އޮންނަ އުސޫލުގެ ދަށުން، އައި.އާރް.ޖީ.ސީގައި މަޖުބޫރު އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައިވާ ކުޅުންތެރިންނެވެ.

2026 ވޯލްޑް ކަޕުއީރާން-އެމެރިކާވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގައި ބާކީ ހުރީ 22 އިންސައްތަ މިސައިލް: ޓްރަމްޕް

އީރާންގައި ބާކީ ހުރީ 22 އިންސައްތަ މިސައިލް: ޓްރަމްޕް

06 ޖޫން 2026
ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

06 ޖޫން 2026
ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި

ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި

06 ޖޫން 2026
ސަރަހައްދުގައި ހުރި ދުޝްމަނުންގެ ބޭސް ތަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

ސަރަހައްދުގައި ހުރި ދުޝްމަނުންގެ ބޭސް ތަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

06 ޖޫން 2026
ދުޝްމަނުން މަސައްކަތް ކުރަނީ ބައިބައި ކުރަން، ޤައުމީ އެއްބައިވަންތަކަން އިސް ކުރަން ޖެހޭ: އީރާންގެ ރޫހީ ލީޑަރު

ދުޝްމަނުން މަސައްކަތް ކުރަނީ ބައިބައި ކުރަން، ޤައުމީ އެއްބައިވަންތަކަން އިސް ކުރަން ޖެހޭ: އީރާންގެ ރޫހީ ލީޑަރު

04 ޖޫން 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު