Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭހުގެ ދަތިކަން

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

ރާއްޖޭގައި ބޭސް ލިބުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް "ސްޓޭޓް ފާމާ" ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައި، ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. ސަރުކާރުން މި ނިޒާމު ހަރުދަނާކޮށް އަންނަ ޖުލައި މަހުގެ ނިޔަލަށް މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، އާންމު ރައްޔިތުންނާއި ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ބޭސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މެއި 2026 | އާދީއްތަ 08:26
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

 

ރާއްޖޭގައި އާންމުވެފައިވާ ބޭސް ނުލިބުމުގެ މައްސަލައަށް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފުރިހަމަ ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ، ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ސްޓޭޓް ފާމާގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކުންފުނިން ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ ނިޔަލަށް މި ނިޒާމު ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބޭސް ނުލިބުމުގެ މައްސަލަ އަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ދެމިއޮތް މައްސަލައެކެވެ. ގިނަ ބަލިމީހުން ބޭސް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ބޭސްތައް ފާމަސީތަކުން ނުލިބި ދަތިވެފައިވެއެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ނުލިބުމަކީ ބަލިމީހުންނަށް ބޮޑު ދަތިކަމެއް ކަމަށް ވެފައިވެއެވެ.

ސްޓޭޓް ފާމާ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ކަށަވަރުކޮށް ފޯރުކޮށްދިނުމެވެ. މި ކުންފުނިން ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށާފައިވުމުން ބޭސް ނުލިބުމުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، އެކަމާމެދު ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

ބޭހުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މީގެ ކުރިންވެސް އެކިއެކި ޑެޑްލައިންތައް ދީފައިވެއެވެ. އެގޮތުން މި ސަރުކާރުން އާސަންދަ ނިޒާމު ރީފޯމް ކުރުމަށްކަމަށް ބުނެ ގެނައި އެކި ބަދަލުތަކާއެކު އާއްމު ގޮތެއްގައި ބޭނުންކުރާ ގިނަ ބޭސްތައް ނުލިބޭ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ނަމަވެސް ރައްޔިތުންގެ މިކަންބޮޑުވުންތަކަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދީ ސަރުކާރުން ދިޔައީ ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިފަހުން އިސްތިއުފާ ދެއްވި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަރަށް ބޮޑަށް މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ބޭހުގެ މައްސަލައަށް 100 އިންސައްތަ އަށް ހައްލު ނުވާތީ ރައްޔިތުން ޝަކުވާ ކުރަނީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ބޭހުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އައު ކުންފުންޏެއް އުފައްދައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އިން ބޭސް ވެސް ވަނީ ގެންނަން ފަށާފަ އެވެ. ނަމަވެސް، މިހާތަނަށް މި ކުންފުނީގެ ސަބަބުން ބޭސް ލިބުމުގެ ދަތިކަމަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 445 ފާމަސީ ހުރި ނަމަވެސް، ގިނަ ރަށްރަށުގެ ފާމަސީތަކުން އަސާސީ ބޭސްތައް ނުލިބުމުގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. 

ސަރުކާރަށް މި ވީހާ ދުވަހު މި މައްސަލާގައި ވެސް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރުމަށް ފަހު، މިމަހުގެ 26 ވީ އާދިއްތަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިހާރުގެ ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ރާއްޖެއަށް ބޭސް ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

 

 

ޑރ. މުޙައްމަދު މުޢިއްޒުނޭޝަން ޗެޓްސްޓޭޓް ފާމާއާސަންދައަބްދުﷲ ނާޒިމް އިބްރާހިމްގީލާ އަލީ

އިތުރަށް ކިޔާލަން

24 މެއި 2026

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން
23 މެއި 2026

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

23 މެއި 2026
ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު
23 މެއި 2026

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

23 މެއި 2026
ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!
22 މެއި 2026

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ
21 މެއި 2026

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު