Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙީ ފަރުވާ

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދިފައިވާ ބަލި މީހަކު މާލެ ގެނައުމަށް އެއާ އެމްބިއުލާންސް ހަމަޖެހިފައި ނުވަނީ އެއީ އެމަޖެންސީ ހާލަތެއް ނޫން ކަމަށް އާސަންދައިން ކަނޑައެޅުމާ ގުޅިގެން. އާސަންދައިން ބުނާ ގޮތުގައި މި ޚިދުމަތް ދެނީ ޑޮކްޓަރުން ރެކޮމެންޑު ކުރާ ވަގުތުން ވަގުތަށް ފަރުވާ ދޭންޖެހޭ ކޭސްތަކަށް ކަމަށް ވީނަމަވެސް، ނުތެދުވެވި ހާލުގައި އޮތް ބަލި މީހާއަށް މި ޚިދުމަތް ނުލިބުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖޫން 2026 | އަންގާރަ 04:06
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް | ސޯޝަލް މީޑިއާ

ދެ ކަކޫ ބިނދިގެން ނުތެދުވެވި އޮތް ބަލި މީހަކަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ނުލިބި ބޮޑު ދަތިތަކަކަށް ކުރިމަތިވެއްޖެއެވެ.

 އުސްތަނަކުން ވެއްޓުނު މި ބަލި މީހާއަށް ހއ ދިއްދޫއިންނާއި ކުޅުދުއްފުށިން ފަރުވާ ނުލިބި، މާލެއަށް ގެންދިއުމަށް އާސަންދައަށް ހުށަހެޅުމުން އެއާ އެމްބިއުލާންސް ހަމަޖެހެން ނެތްކަމަށް ވަނީ ބުނެފައެވެ.

އާސަންދައިން މި ބަލި މީހާގެ ގާތުގައި ބުނެފައި އޮތީ އެއީ އެމަޖެންސީ ހާލަތެއްކަމަށް ނުވާތީ އެއާ އެމްބިއުލާންސް ހަމަޖެހެން ނެތްކަމަށެވެ. ނަމަވެސް މި ބަލި މީހާ އޮތީ ވަރަށް ހާލުގައި ނުތެދުވެވޭ ހާލަތުގައި ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމު މެދުވެރިކޮށް ގުޅާލުމުން އާސަންދައިން ބުނީ، އެމަޖެންސީ ރިފަރަލް ކޭސްތަކުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެއީ ޑޮކްޓަރު އެގޮތަށް ރެކޮމެންޑު ކުރުމުން، ވަގުތުން ވަގުތަށް މީހަކަށް ފަރުވާ ދޭން ޖެހޭ ހާލަތްތަކުގައި ކަމަށް އާސަންދައިން ބުނެފައިވެއެވެ.

އެމަޖެންސީ ރިފަރަލް ކޭސްތަކުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބޭނީ. އެއީ ޑޮކްޓަރު އެގޮތަށް ރެކޮމެންޑު ކުރާ ޙާލަތްތަކުގައި، އެއީ ވަގުތުން ވަގުތަށް މީހަކަށް ފަރުވާ ދޭން ޖެހޭ ޙާލަތް.
އާސަންދައިގެ އޮފިޝަލެއް

މި ބަލި މީހާ އާދިއްތަ ދުވަހުން ފެށިގެން އޮތީ ދިއްދޫގައި އެޑްމިޓު ކޮށްފައެވެ. ދިއްދޫއިންނާއި ކުޅުދުއްފުށިންވެސް ފަރުވާ ދެވޭކަށް ނެތް ކަމަށް ބުނެ، ތަދުކަނޑުވާ އިންޖެކްޝަން ޖަހާފައި ދިއްދޫ ހޮސްޕިޓަލުގައި އެ މީހާ ބާއްވާފައި އޮތް ކަމަށް ވެއެވެ.

މި ބަލި މީހާއަށް ހުކުރު ދުވަހުގެ ކުރިން މާލެ އާދެވޭކަށް ނެތް ކަމަށާއި، އޭނާގެ އާއިލާވެސް ތިބީ ބޮޑު ނުތަނަވަސްކަމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބޭނީ އެމަޖެންސީ ހާލަތްތަކުގައި ކަމަށް އާސަންދައިން ބުނި ނަމަވެސް، މި ފަދަ ހާލަތްތަކުގައި ވެސް އެ ޚިދުމަތް ނުލިބުމަކީ ބަލި މީހުންނަށް ކުރިމަތިވާ ބޮޑު ދަތިކަމެއް ކަމަށް ރައްޔިތުން ފާހަގަކުރެއެވެ. ރާއްޖޭގެ ހެލްތު ސިސްޓަމްގައި މި ފަދަ ދަތިތައް ހައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެއާ އެމްބިއުލާންސް ހއ. ދިއްދޫކުޅުދުއްފުށިމާލެއާސަންދަރާއްޖެޓީވީ

އިތުރަށް ކިޔާލަން

01 ޖޫން 2026

އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

01 ޖޫން 2026
އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި
31 މެއި 2026

ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން އުފުލާ މާލީ ބުރައިގެ މައްސަލަ މަޖިލީހަށް

31 މެއި 2026
ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން އުފުލާ މާލީ ބުރައިގެ މައްސަލަ މަޖިލީހަށް
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
30 މެއި 2026

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

30 މެއި 2026
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ
30 މެއި 2026

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު