Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާސަންދަ

އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ މެޑިކަލް ވެލްފެއަރ ސްކީމްގެ ދަށުން ދެމުންދާ 16 ޚިދުމަތެއް 1 ޖޫން 2026 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ވަނީ ބަދަލުކޮށްފައި. މި ބަދަލާ ގުޅޭ އިތުރު މައުލޫމާތު 1400 ނުވަތަ 1402 ނަންބަރު ފޯނާ ގުޅައިގެން ސާފުކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 09:47
އާސަންދަ އޮފީސް. އާސަންދައިން އެކަށީގެންވާ ގޮތުގައި ޚިދުމަތް ނުލިބޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފައި.

އާސަންދަ އޮފީސް. އާސަންދައިން އެކަށީގެންވާ ގޮތުގައި ޚިދުމަތް ނުލިބޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފައި. | ރާއްޖެއެމްވީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ގިނަ ޚިދުމަތްތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކޮށްފި އެވެ. 

ހެލްތް މިނިސްޓްރީން ބުނީ އެންސްޕާ އިން ކުރިއަށް ގެންދާ މެޑިކަލް ވެލްފެއަރ ސްކީމްގެ ދަށުން ދެމުން ގެންދާ ޚިދުމަތްތައް 1 ޖޫން 2026 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 16 ޚިދުމަތެއް ބަދަލު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއީ،

  1. ގޯޝަން ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
  2. ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދަން ބޭނުންވާ ބޭސް ފޯރުކޮށްދިނުން
  3. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ މީހުންނަށް އެހީވުން
  4. ފަރުވާ ކުރިއަށް ގެންދަން ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
  5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް އިތުރު ޓިކެޓް
  6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
  7. ޕަބްލިކް ހޮސްޕިޓަލްތައް އަދި އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދޭ އެހީ
  8. ފަރުވާ ކުރިއަށް ގެންދަން ބޭނުންވާ އެކިއެކި އާލަތްތަކާއި މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
  9. ދެވޭ އިތުރު ފަރުވާއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރަކު ލަފާ ދިނުމުން އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން) އެހީވުން
  10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯ-އަޕް ހެދުން
  11. އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
  12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
  13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
  14. މެރަނަ ސްކީމުގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމްގެ ކަވަރޭޖް ބޮޑުކޮށްދިނުން
  15. ރަށަކުން ފޯމް ފުރައިދޭ ޑޮކްޓަރަކީ އެކަމުގެ ޚާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން އިތުރު ތަކުލީފްތަކެއް ދިމާވާނަމަ އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
  16. ވެލްފެއާ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ މީހުންނަށް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާ ކުރުމަށް ފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން

މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 1400 އަދި 1402 ގުޅުމަށް ވެސް ހެލްތް މިނިސްޓްރީން އެދިފައިވެ އެވެ. އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައަށް ބަދަލުކުރިއިރު، އާސަންދައިން އެކަށީގެންވާ ގޮތުގައި ޚިދުމަތް ނުލިބޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ. ބޭސް ހޯދުމާއި، ރާއްޖެއިން ބޭރަށް ފަރުވާގެ ކަންކަމުގައި އެހީ ހޯދުމަށް ވަރަށް ބޮޑަށް ތަކުލީފު އުފުލަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާސަންދަމެޑިކަލް ވެލްފެއަރ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން އުފުލާ މާލީ ބުރައިގެ މައްސަލަ މަޖިލީހަށް

ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން އުފުލާ މާލީ ބުރައިގެ މައްސަލަ މަޖިލީހަށް

31 މެއި 2026
ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

24 މެއި 2026
ކުރިން ބޭސް ނުލިބިގެން އުޅުނީ ރައްޔިތުންނަށް، މިހާރު ބޭސް ނުލިބެނީ ސަރުކާރަށް

ކުރިން ބޭސް ނުލިބިގެން އުޅުނީ ރައްޔިތުންނަށް، މިހާރު ބޭސް ނުލިބެނީ ސަރުކާރަށް

06 މެއި 2026
ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް އެމްއެފްޑީއޭއަކުން ނުބަލާ، ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ނިޒާމެއްވެސް ނެތް: އާސަންދަ

ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް އެމްއެފްޑީއޭއަކުން ނުބަލާ، ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ނިޒާމެއްވެސް ނެތް: އާސަންދަ

06 މެއި 2026
"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

05 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު