Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ ގަވާއިދު ބަދަލުކުރުން

ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

މި ބަދަލާއެކު އަތޮޅުތަކުން މާލެ އަންނަ ބަލިމީހުންނަށް ދޭ އެހީތެރިކަން އިތުރުވެ، މީގެ ކުރިން އެންސްޕާ މެދުވެރިކޮށް ހޯދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާލާތްތައް ވެސް އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ މަގު ވަނީ ފަހިވެފަވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 2 ޖޫން 2026 | އަންގާރަ 13:29
އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވައިލައި އަމަލު ކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައި

އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވައިލައި އަމަލު ކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައި | އެޑިޝަން.އެމްވީ

ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް އަދި ބަލިމީހާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ބެލުމަށް ފަހު އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

އެގޮތަށް އުސޫލު ބަދަލުކުރުމަށް ފަހު އާއްމުކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދުގައިވާ ގޮތުން ނަމަ އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަން ފުރުސަތު ލިބެނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށްޓަކައެވެ. އެހެން ނަމަވެސް، ސަރުކާރުން އެ އުސޫލަށް ލުއިތަކެއް ދިނުމަށް މި ވަނީ ނިންމާފަ އެވެ. އާސަންދައިން ބުނީ މި ނިންމުން ނިންމާފައި ވަނީ އާންމުންނަށް ބޭސްފަރުވާގެ ކަންކަން ފަސޭހަކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. 

މިފަދައިން އުސޫލު ބަދަލުކުރުމަށް ފަހު އާސަންދަ ގަވާއިދަށް އަލަށް އިތުރުކުރި މާއްދާގައި ބުނެފައި ވަނީ، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފަރުވާ އަށް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސާ ދޭނެ ކަމަށެވެ. އެގޮތުން ބަލި މީހާގެ ބަލީގެ ބާވަތާއި އޭނާގެ ހާލަތު ހުރި ގޮތަށް ބެލުމަށް ފަހު، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ބަލިމީހާގެ ވަށައިގެންވާ އެހެނިހެން އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް ވެސް ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ ބަލި މީހުން މިހާރު ގެނައި ބަދަލާއި އެކު އަތޮޅުތެރޭގެ ރަށްރަށުން ބޭސް ފަރުވާ އަށް މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށްވެސް އާސަންދައިގެ އެހީތެރިކަން  ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އާސަންދައިގެ ދަށުން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ހާއްސަ ޑޮކްޓަރުން ލަފާ ދީފައިވާ ނަމަ އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ހަރަދުތަކަށްވެސް އާސަންދައިގެ އެހީ ފޯރުކޮށްދިނުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެހެންކަމުން މިހާރު ގެނެސްފައިވާ އާ ބަދަލުތަކާއި އެކު މީގެ ކުރިން އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދެމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ (ހިއަރިން އެއިޑް، ވީލްޗެއާ) ހަރަދުތައް އާސަންދަ ސްކީމުން ނުލިބޭ ކަންކަމުގެ ލިސްޓުން އުނިކޮށް އެތަކެތި އާސަންދައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ރާއްޖެއިން ބޭރުގައި ތިބޭ އިރު އަދި މާލޭގައި ތިބެގެން ވެސް ބޭސްފަރުވާ ހޯދުމަށް އެންސްޕާ މެދުވެރިކޮށް މާލީ އެހީ ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީ އާއްމުން އަންނަނީ އެކަމާއި މެދު ޝަކުވާކުރަމުންނެވެ. އާ ބަދަލާއޮ އެކު މި ކަންކަމަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

އާސަންދައެންސްޕާމާލެ

އިތުރަށް ކިޔާލަން

02 ޖޫން 2026

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!
02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
01 ޖޫން 2026

ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ

01 ޖޫން 2026
ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ
01 ޖޫން 2026

އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

01 ޖޫން 2026
އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި
31 މެއި 2026

ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން އުފުލާ މާލީ ބުރައިގެ މައްސަލަ މަޖިލީހަށް

31 މެއި 2026
ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން އުފުލާ މާލީ ބުރައިގެ މައްސަލަ މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު