Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވަރުންގެ ކެޕޭސިޓީ

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ސިފައިންގެ ގާބިލުކަން ނެތްކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވަނީ އެފަދަ މައުލޫމާތެއް ސިފައިން ހިއްސާކޮށްފައި ނުވާތީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ. ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށްވީ ނަމަވެސް، ސިފައިންގެ ކަންކަމުގެ ތެރެއަށް ރައީސް އަމަލީ ގޮތުން އަތްބާނުއްވައި އަމުރުތައް ނުނެރުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި. މުންދު އިތުރަށް ވިދާޅުވީ ސިފައިންގެ ފަރާތުން އެހީތެރިކަމަކަށް އެދުނު ނަމަ ސަރުކާރުން އެކަން ފަހިކޮށްދެއްވީސް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 14:42
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރައީސް އޮފީސް

ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އެ ސަރަޙައްދަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އޮޅުންފިލުއްވިއިރު، ސިފައިންގެ އެފަދަ ޤާބިލުކަމެއް ނެތްކަން އެތަނުގައި ތިއްބެވި ސިފައިންގެ ބޭފުޅުން ރައީސާ ހިއްސާ ކުރައްވާފައި ނުވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އެ ސަރަޙައްދަށް ވަޑައިގެން ރައީސް އޮޅުންފިލުއްވިއިރު، ސިފައިންގެ އެފަދަ ޤާބިލުކަމެއް ނެތްކަން އެތަނުގައި ތިއްބެވި ސިފައިންގެ ބޭފުޅުން ރައީސްއާ ހިއްސާ ކުރައްވާފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

އަދި ކުރެއްވިނަމަ އެކަންކަން ފެސިލިޓޭޓް ކޮށްދެއްވީސްކަމަށް މުންދު ވިދާޅުވިއެވެ.

އަދާހަމަ މައުލޫމާތު ހިއްސާ ކުރެއްވި، އެކަމަކު ކެޕޭސިޓީއެއް ނެތޭ، އިކުއިޕްމަންޓް ނެތެކޭ ވިދާޅެއް ނުވޭ. ވިދާޅުވިނަމަ ހަމަ ހެޕިލީ އެކަން ސަރުކާރުން ފެސިލިޓޭޓުވެސް ކޮށްދޭނަން.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

އެހެންނަމަވެސް ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާކަމަށްވާއިރު، ސިފައިންގެ ޤާބިލުކަމާއި މުހިއްމު ސިޔާސަތުތަކާ ގުޅޭ ކަންކަން ރައީސަށް އެނގިވަޑައި ނުގަންނަވަންވީ ކީއްވެތޯ ސުވާލު އުފެދެއެވެ. އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ފުރަތަމަ މުންދު ވިދާޅުވީ، ރައީސަކީ ސިފައިންގެ ކޮމާންޑަރ އިން ޗީފްކަމުގައިވީނަމަވެސް، ރައީސަކީ ސިފައިންނަށް ކަންކަމުގައި އެންގުންތައް އަންގަވާ ބޭފުޅެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، އެއީ ސިފައިންގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރެއްކަމަށްވާއިރު، އެފަދަ ޙާލަތެއްގައި ރައީސް އެ އަމުރު ނުކުރައްވަންވީ ކީއްވެތޯ ސުވާލު ކުރުމުން މުންދު ވަނީ ޤާނޫނުން ބާރު ލިބިދީފައި އޮތްނަމަވެސް ރައީސް އެގޮތަށް އަމުރު ނުކުރައްވާނެކަމަށް ވިދާޅުވެ، ކުރީ ސަރުކާރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ހުސައިން ޝަރީފު (މުންދު)ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ސިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

23 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

21 މެއި 2026
ސްޓާފް ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!

ސްޓާފް ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!

21 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު