Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

13 ގަޑިއިރުގެ ތެރޭގައި، ރަޝިޔާ އިން ޔޫކްރެއިންގެ 339 ޑްރޯން ހުއްޓުވައިފި

ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ، ހޮނިހިރު ދުވަހު 13 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިން އިން ފޮނުވާލި 339 ޑްރޯން އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި، ހަލާކު ކޮށްލާފައިވާ ކަމަށް. މި ހަމަލާ ތަކުގެ ތެރޭގައި، ރަޝިޔާގެ ވެރި ރަށް މޮސްކޯގެ ސަރަހައްދު ތަކަށް ދިން ހަމަލާތައް ވެސް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 03:42
ޔޫކްރެއިން އިން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން، ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ބަނދަރު މަތިން ކަޅު ދުންގަނޑެއް އަރަމުންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

ޔޫކްރެއިން އިން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން، ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ބަނދަރު މަތިން ކަޅު ދުންގަނޑެއް އަރަމުންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

ރަޝިޔާ އަށް އަމާޒުކޮށް ޔޫކްރެއިން އިން ފޮނުވާލި ގިނަ ޑްރޯން ހަމަލާ ތަކެއް ހުއްޓުވާފައިވާ ކަމަށް، ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފި އެވެ. 

ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ، ހޮނިހިރު ދުވަހު 13 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިން އިން ފޮނުވާލި 339 ޑްރޯން އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި، ހަލާކު ކޮށްލާފައިވާ ކަމަށެވެ. މި ހަމަލާ ތަކުގެ ތެރޭގައި، ރަޝިޔާގެ ވެރި ރަށް މޮސްކޯގެ ސަރަހައްދު ތަކަށް ދިން ހަމަލާތައް ވެސް ހިމެނެ އެވެ. 

ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއީ ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި، އެ ސަރަހައްދު ތަކަށް ޔޫކްރެއިން އިން ދިން އެންމެ ބޮޑު ޑްރޯން ހަމަލާ ކަމަށް ބެލެވޭ ކަމަށެވެ. މި ހަމަލާތައް ހުއްޓުވުމަށް ރަޝިޔާގެ ދިފާއީ ބާރު ތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވެ އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، މި ޑްރޯންތައް ހަލާކު ކުރުމުގެ އޮޕަރޭޝަން ހިންގާފައި ވަނީ ރަޝިޔާގެ އެކި ސަރަހައްދު ތަކުގައި އެވެ. މިއީ ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ދީފައިވާ ހަމަލާ ތަކެކެވެ. ރަޝިޔާ އިން ވެސް ވަނީ ޔޫކްރެއިންގެ އެކި ސަރަހައްދު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. 

މި ހަމަލާތަކާ ގުޅޭ ގޮތުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ، ހަމަލާ ތަކުގައި އެ ޤައުމުގެ އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރަޝިޔާގެ މުހިންމު އިދާރާ ތަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ނުވާ ކަމަށް ހާމަ ކޮށްފައިވެ އެވެ. 

ރަޝިޔާ އަށް އަމާޒުކޮށް ޔޫކްރެއިން އިން މިފަދަ ހަމަލާ ތަކެއް ދިނުމުގެ މަޤުސަދަކީ، ރަޝިޔާގެ ސިފައިންގެ މަރުކަޒު ތަކަށާއި، މުހިންމު ބައެއް ތަންތަނަށް ގެއްލުން ދިނުން ކަމަށް ބެލެވެ އެވެ. ނަމަވެސް، ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން މި ހަަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައިވާ ކަމަށް ބުނެފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ރަޝިޔާޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

06 ޖޫން 2026

މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ

06 ޖޫން 2026
މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ
04 ޖޫން 2026

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި

04 ޖޫން 2026
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި
25 މެއި 2026

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި

25 މެއި 2026
އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި
20 މެއި 2026

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

20 މެއި 2026
ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި
18 މެއި 2026

ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

18 މެއި 2026
ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު