Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ޙާދިސާ

މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޯވި އަލިފާން ނިވާލައިފި، މީހަކަށް ގެއްލުމެއް ނުވޭ

2 ޖޫން 2026 | އަންގާރަ 04:07

ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޯވި އަލިފާންގަނޑު ފުލުހުންނާއި ރައްޔިތުން ގުޅިގެން ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ. ނަމަވެސް އެ ތަނުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ ބަނުމަށް ބޭނުންކުރާ ތައްގަނޑުތަކުގެ އިތުރުން ގިނަ އަދަދެއްގެ ސާމާނު އަނދައި، އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖޫން 2026 | އަންގާރަ 04:07
ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް | މިހާރު

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނަށާއި އެތަނުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖޫން 1 ވަނަ ދުވަހުގެ ރޭ 23:09 އެހައިކަންހާއިރު އެވެ.

Advertisement - newsAdvertisement

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ވަނީ ފަށާފައެވެ.

ފުލުހުންނާއި އާންމުން ގުޅިގެން ކުރި ބުރަ މަސައްކަތުން، އެ ތަނުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ތަނުގައި ހުރި މުދަލަށާއި އިމާރާތަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، އެ ތަނުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ ބަނުމަށް ބޭނުންކުރާ ތައްގަނޑުތަކެއްގެ އިތުރުން ފައިބަރު މަސައްކަތް ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު އަނދައިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފައިބަރު މަސައްކަތް ކުރާ އިމާރާތަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ށ. މިލަންދޫ ފައިބާސިޔާސަތުތައްފައިބަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 މެއި 2026

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން

07 މެއި 2026
ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން
16 އެޕްރީލު 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

16 އެޕްރީލު 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި
13 އެޕްރީލު 2026

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

13 އެޕްރީލު 2026
ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
05 މާރިޗު 2026

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

05 މާރިޗު 2026
އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.
29 ޖެނުއަރީ 2026

ރައީސް މުއިއްޒު ގެ ދަތުރުފުޅާ ދިމާކޮށް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، އެތަނުގައި އަޅާ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ހުއްޓިފައި: މިލަންދޫ ކައުންސިލް

29 ޖެނުއަރީ 2026
ރައީސް މުއިއްޒު ގެ ދަތުރުފުޅާ ދިމާކޮށް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، އެތަނުގައި އަޅާ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ހުއްޓިފައި: މިލަންދޫ ކައުންސިލް
24 ޖެނުއަރީ 2026

ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލަ އެއްގައި ފޯނު ފުލުހުންގެ ބެލުމުގެ ދަށަސް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި

24 ޖެނުއަރީ 2026
ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލަ އެއްގައި ފޯނު ފުލުހުންގެ ބެލުމުގެ ދަށަސް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި
03 ޖެނުއަރީ 2026

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

03 ޖެނުއަރީ 2026
ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި
22 ޑިސެމްބަރު 2025

ވައިބަރ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލަ - 4 ވަނަ މީހަކު ހައްޔަރުކޮށްފި

22 ޑިސެމްބަރު 2025
ވައިބަރ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލަ - 4 ވަނަ މީހަކު ހައްޔަރުކޮށްފި
18 ޑިސެމްބަރު 2025

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025
21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!
15 ޑިސެމްބަރު 2025

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

15 ޑިސެމްބަރު 2025
މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް