Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންނަށް ދިމާވާ އުނދަގޫތައް

ރައްޔިތުންނަށް ފަސޭހައިން ކަންކަން ކޮށްދިނުމުގެ އެއްވެސް ކަހަލަ މަޤްޞަދެއް މިހާރު މިއޮތް ސަރުކާރުގައި ނެތް: ފަލާހު

މި ސަރުކާރަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ނޭނގޭ ކަމަށާއި، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާއި ރަށްރަށުގެ ނަރުދަމާ ނިޒާމުތައް ހަލާކުވުމުން ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ބޭސް ނުލިބުމުގެ މައްސަލައަކީ ބޮޑު ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވައި، ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ބަދަލުގައި ސިޔާސީ މަންފާ ހޯދުމަށް އިސްކަންދޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެހެންކަމުން، ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2026 | ހުކުރު 08:34
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު. | ރާއްޖެ އެމްވީ

ރައްޔިތުންނަށް ފަސޭހައިން ކަންކަން ކޮށްދިނުމުގެ އެއްވެސް ކަހަލަ މަޤްޞަދެއް މިހާރު މިއޮތް ސަރުކާރުގައި ނެތް ކަމަށާއި، ރައްޔިތުން ތަކުލީފުން ދުރުކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިޤްތިޞާދީ ވަޒީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ރައްޔިތުން ކައިގެން ބޮއިގެން ތިބިކަން ޔަޤީންކުރާށެވެ. އެހެންވީމާ، އިތުރު 26 އައިޓަމެއް ރާއްޖޭގެ ކާޑުގައި ބާވަތްތައް ގެންނަ ފަދައިން މި ސަރުކާރުން ގެނައީ ކަމަށެވެ. އެއީ ސަރުކާރުން ވިޔަފާރި ކުރަނީކީ ނޫން ކަމަށާއި، އެކަމަކު ހަމަ އެއާއެއްވަރަށް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް އެއްވެސް ފޯރުކޮށްދޭންޖެހޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ޤާނޫނުއަސާސީ ކަނޑައެޅިފައި ހުރި ކަރަންޓާއި، ފެނާއި، ނަރުދަމާއާ، މިކަހަލަ ބައިވަރު ކަންތައްތަކެއް ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮށްދޭންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ފެންނަނީ ރަށްރަށުގެ ނަރުދަމާއިން ނަޖިސް ލީކުވާތަން ކަމަށާއި، ނަޖިސް ލީކުވެގެން އެ މީހުންގެ ރަށުގެ ފެން ފަށަލައަށް އޭގެ އަސަރުކޮށްގެން އެ ކަންތައް ޖެހޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. މި ބަލިމަޑުކަމެއް ވެސް ފެތުރިގެން ހިނގައިދާނެ ކަމަށާއި، އެކަމަކު ސަރުކާރުން އަޅާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު އައިއްސުރެ މިއަދާ ހަމައަށް ވަރަށް ތަކުލީފުގައި އައްޑޫ ސިޓީގެ ރައްޔިތުން އެ އުޅެނީ. ދެ ދުވަހުން އެއްދުވަހު ކަރަންޓު ދޭ. ހަފްތާއަކު ކަރަންޓު ދޭ އެބަ ތިން ހަތަރު ދުވަސް ކަރަންޓު ގޮސްގެން ހަމަ އެއަށް ޙައްލެއް ނުގެނެވޭ. އެހެންވީމާ، މިއީ ކަމެއް ކުރަން އިނގޭ ސަރުކާރެއް ނޫން. ބޮޑެތި މިނިސްޓްރީތައް ވެސް އެބަހުރި. ބޮޑެތި އެމް.ޑީންތައް ވެސް އެބަތިބި. ބޮޑެތި ސިންގާ ކުންފުނިތައް ވެސް އެބަހުރި. އެ ބޭފުޅުން ބައްލަވަނީ އެ ބޭފުޅުންގެ ކެމްޕެއިނަށް ލާރިކޮޅެއް އެ ކުންފުނިތަކުން ނެގޭތޯ. އެނޫން އެހެން ކަމެއް ކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ އިނގޭތޯ. މިހާރު ސްޓެލްކޯ ވެސް އެބައޮތް. ފެނަކަ ވެސް އެބައޮތް. އެތައް ބައިވަރު މުވައްޒަފުންނެއް މުސާރަ ދީފައި އެ ބޭފުޅުން ނަންގަވައިގެން، އައްޑޫއިން ވެސް ނަންގަވައިގެން ފެނާއި ނަރުދަމާ ތި މައްސަލަ ޖެހޭ ތަންތަނުން ވެސް ނަގައިގެން އުޅެނީ. އެކަމަކު އެއަށް ޙައްލެއް އަންނަތެއް ނުފެނޭ. އެއީ ކަންކަން ކުރަން ނޭނގޭތީ. ކަންކަން ކުރަން ބޭނުންވެސް ނުވަނީ. ބޭނުންނުވެ ކަންކަން ކުރަން ބޭނުންވަނީ، ސިޔާސީ ކޮންމެވެސް މަޤްޞަދެއް ހާސިލުކުރުމަށްޓަކައި، އެއިން ކޮންމެވެސް މަންފާއެއް ހޯދުމަށްޓަކައި. 
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު 

ފާލާޙު ވިދާޅުވީ ސަރުކާރުން ކަންކަން ކުރަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ސިޔާސީ ކޮންމެވެސް މަޤްޞަދެއް ހާސިލުކުރުމަށްޓަކައި، އެއިން ކޮންމެވެސް މަންފާއެއް ހޯދުމަށްޓަކައި ކަމަށެވެ. ވޯޓެއް ކައިރިވެއްޖެއްޔާ ވަރަށް ބާރަށް އުޅޭނެ ކަމަށާއި، މުވައްޒަފުން ނަގާނެ ކަމަށާއި، ވަރަށް ބާރަށް މަސައްކަތް ފަރާނަ ބުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ވޯޓު ހަމަ ދިޔައީ ކަން ހުއްޓިގެންދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ބޭސް ނުލިބުމުގެ މައްސަލައަކީ ޤައުމީ މައްސަލައެއް ނޫން ކަމަށާއި، އެއީ ޤައުމީ ބޮޑު ކާރިސާއެއް ކަމަށް ފަލާހު ވިދާޅުވި އެވެ. ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރަމުންދިޔައިރުގައި ކޮންމެވެސް ރަށެއްގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަރުއްވައި ވިދާޅުވި، ވެރިކަމާ ހަވާލުވާން އަންނަނީ ކަންކަން ކުރަން އެނގޭތީ ކަމަށް ފަލާހު ވިދާޅުވި އެވެ. މިއަދާ ހަމައަށް އައިއިރުގައި އެ ބޭފުޅުންގެ ވަޢުދެއް ރާއްޖެއަށް ޔޫރަޕުން ބޭސް ގެނައުން ކަމަށާއި، ނަމަވެސް އިންޑިއާއިން ވެސް ބޭސް ނުގަނެވިގެން އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ، މިއަދު ޔޫރަޕުން ބޭސް ގެންނަން، މި ރާއްޖޭގައި އެބައޮތޭ ބޭސް ގެންނަން ކުންފުނި ވެސް. ރާއްޖެއަށް ހަމަ މީގެކުރީގެ ސަރުކާރުތަކުން ހަމަ އެސް .ޓީ.އޯއިން ބޭސް ގެނެސްގެން އުޅެނީ. ކީއްވެތޯ ނުގެނެވޭނީ؟ މެނޭޖުނުކުރެވޭތީ؟ ކުރަން ނޭނގޭތީ އިނގޭތޯ. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންނަށް ހަމައެކަނި މިހާރު އޮތް ކަމަކީ މިއަދުގެ މިއަދު ސަރުކާރު ބަދަލުކުރުން. މި ސަރުކާރު ބަދަލުކުރަން މުޒާހަރާއަށް ވިސްނުން ހުންނަންވެއްޖެ އިނގޭތޯ. އަޅުގަނޑުމެންނަށް މިހެން ބަލަހައްޓައިގެން ތިބެވޭކަށް ނެތް. މި ދެ އަހަރު ބައި ނިމޭއިރުގައި އަޅުގަނޑުމެން ހާލަތު ދާނީ ކިހާހިސާބަކަށްތޯ ވިސްނާލަމާ ހިނގާ އިނގޭތޯ. އެހެންވީމާ، ބޭސް ނުގެނެވުން އެއީ މިހާރު ބޮޑު ކާރިސާއަކަށްވެ، ރާއްޖޭގެ ރައްޔިތުންނަށް އޭގެ ތަކުލީފު ލިބެން ފަށައިފި. އެސް .ޓީ.އޯއަކަށް ނުގެނެވުނު. އާއްމު މީހަކަށް ބޭސް ގެންނަން ފުރުޞަތު އޮތީކީ ނޫން. އެ މީހުންނަކަށް ބޭސް ގެނެވުނީގެނެއް ނޫން. ރާއްޖޭގެ ހުރިހާ ބޭހަށް ގެނައުމުގެ ހުއްދަ މި އޮންނަނީ އެސްޓީއޯއަށް ދީފައި.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު 

ފަލާހު ވިދާޅުވީ މިއީ ޤައުމެއް ހިންގަންވާނެ ގޮތެއް ނޫން ކަމަށެވެ. ދެ ދުވަހުން އެއްދުވަހު ކޮންމެ މިނިސްޓްރީއަކުން އަރައި، ނޫސް ކޮންފަރެންސް ދެވިދާނެ ކަމަށާއި، އެކަމަކު، ރާއްޖޭގެ ރައްޔިތުންނަށް ހާލަތު ރަނގަޅެއް ނުވާނެ ކަމަށެވެ. އަދި ހާލަތު ދަނީ ދުވަހުން ދުވަހަށް ދަށަށް ކަމަށާއި، ކޮންމެ މީހަކަށް ވެސް މޮޅު ވާހަކަ ދެއްކިދާނެ ކަމަށެވެ. 

މުހައްމަދު ފަލާހުއައްްޑޫ ސިޓީސްޓެލްކޯފެނަކަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
ލ. ގަމު ނަރުދަމާ ނިޒާމު ފެއިލްވެ މަގުތަކަށް ނަޖިސް ފެތުރެނީ؛ ޕަމްޕުތައް މާލެ ގެންދިޔަ ގޮތަށް ޚަބަރެއް ނުވޭ

ލ. ގަމު ނަރުދަމާ ނިޒާމު ފެއިލްވެ މަގުތަކަށް ނަޖިސް ފެތުރެނީ؛ ޕަމްޕުތައް މާލެ ގެންދިޔަ ގޮތަށް ޚަބަރެއް ނުވޭ

05 މެއި 2026
ކަރަންޓު ބިލުން ރައްޔިތުން ނޮޅާލައިފި ކަމަށް ބުނެ ވެލިދޫ ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި

ކަރަންޓު ބިލުން ރައްޔިތުން ނޮޅާލައިފި ކަމަށް ބުނެ ވެލިދޫ ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި

29 އެޕްރީލު 2026
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު