Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ބިލު ބޮޑުވުން

ކަރަންޓު ބިލުން ރައްޔިތުން ނޮޅާލައިފި ކަމަށް ބުނެ ވެލިދޫ ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި

ނިމިދިޔަ ރަމަޟާން މަހަށްފަހު ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން، ރާއްޖޭގެ އެކި ރަށްތަކުގައި އާންމުން ދަނީ ފެނަކަ އޮފީސްތައް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުން. ބިލުތައް ބޮޑުވީ ރޯދަ މަހު ދިން ޑިސްކައުންޓުގެ ބަދަލު ހޯދަން ކުންފުނިތަކުން އޮޅުވާލުމުން ކަމަށް ރައްޔިތުން ތުހުމަތު ކުރި ނަމަވެސް، ކަރަންޓު ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ ބިލު ބޮޑުވީ ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށް. މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އާންމުން ގޮވާލަނީ ބިލުތައް އަލުން މުރާޖައާކޮށް މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 29 އެޕްރީލު 2026 | ބުދަ 11:37
ނ. ވެލިދޫ ފެނަކަ އޮފީސް ކައިރީ އެ ރަށު ރައްޔިތުން ކުރި އިހުތިޖާޖުގެ ތެރެއިން

ނ. ވެލިދޫ ފެނަކަ އޮފީސް ކައިރީ އެ ރަށު ރައްޔިތުން ކުރި އިހުތިޖާޖުގެ ތެރެއިން | ރާއްޖެއެމްވީ ގްރެފިކްސް

ފާއިތުވެދިޔަ ރޯދަ މަހަށް ފަހު ލިބުނު ފުރަތަމަ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާ މައްސަލައިގައި ނ. ވެލިދޫ ރައްޔިތުން ބުދަ ދުވަހު އެ ރަށުގެ ފެނަކަ އޮފީސް ކައިރީގައި އިހުތިޖާޖު ކޮށްފި އެވެ.

އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ފެނަކަ އޮފީސް ކައިރީގައި ވެލިދޫ ރައްޔިތުން ކުރި އިހުތިޖާޖުގައި ބުނަމުންދިޔައީ މި ސަރުކާރުން ކަރަންޓު ބިލުން ރައްޔިތުން ނޮޅާލައިފި ކަމަށެވެ. ރައްޔިތުން ފެނަކަ އޮފީސް ކައިރިއަށް ދިޔައީ ކަރަންޓު ބިލު ބޮޑުވި ސަބަބު ދެނެގަނެ ފެނަކައިގެ ޖަވާބެއް ހޯދުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ވެލިދޫ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ވެސް ދަނީ ރޯދަ މަހަށްފަހު ލިބުނު ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. ބައެއް މީހުން ބުނަމުންދަނީ  ފެނަކަ އާއި ސްޓެލްކޯ އިން ބިލުތައް އޮޅުވާލާފައިވާ ކަމަށެވެ.

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!
Raajje.mv

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

އެގޮތުން ރ. އަނގޮޅިތީމު ރައްޔިތުން ވެސް ވަނީ ކަރަންޓު ބިލު ބޮޑުވެފައިވާތީ އެ ރަށުގެ ފެނަކަ އޮފީސް ކުރި މައްޗަށް އެއްވެ އަޑު އުފުލާފަ އެވެ. މިއީ އޮޅުވާލުމެއް ކަމަށާއި މިވަރުގެ ބިލެއް ނާރާނެ ކަމަށް އެ މީހުން ބުނެ އެވެ. އަދި އަލުން ކަރަންޓު ބިލުތަކުގެ ރީޑިންގ ނެގުމަށް ވެސް އެ މީހުން ގޮވާލާފައިވެ އެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ޑިސްކައުންޓަށްފަހު މި މަހު ލިބުނު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އިން ވަނީ ހުކުރު ދުވަހުގެ ރޭ ސްޓެލްކޯ ސަރަހައްދުގައި އިހުތިޖާޖު ކޮށްފަ އެވެ.

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
Raajje.mv

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

ކަރަންޓު ބިލާމެދު ޝަކުވާ ކުރަމުންދާ މީހުން ބުނަނީ ރޯދަ ޑިސްކައުންޓުގެ ގެއްލުން ފޫބައްދަން ސަރުކާރުން ގަސްތުގައި ބިލުތައް އޮޅުވާލީ ކަމަށެވެ. ނަމަވެސް ފެނަކަ އިން ބުނީ ކަރަންޓު ބިލު ތައްޔާރުކުރީ އާންމު އެހެން މަސްމަހުގައި ވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށެވެ.

ކަރަންޓު ގެ ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑު ވަނީ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ބުނަމުންދަނީ ރޯދަ މަހަށްވުރެ ވެސް މި މަހު ކަރަންޓު ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށާއި ބިލުތައް ބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން ގިނަ އާއިލާތަކަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ރައްޔިތުން ބުނެ އެވެ.

ފެނަކަނ.ވެލިދޫކަރަންޓް ބިލް މުޒާހަރާ

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
27 އެޕްރީލު 2026

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް
25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
24 އެޕްރީލު 2026

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

24 އެޕްރީލު 2026
ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން
23 އެޕްރީލު 2026

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

23 އެޕްރީލު 2026
ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު