Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖު

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

ސައުދީ ސަރުކާރުން ރާއްޖެއަށް އިތުރަށް ދިން 30 ހައްޖު ކޯޓާ، އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އާއިލާ އަދި ގާތް ފަރާތްތަކަށް ބަހާލާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައި. މި ކޯޓާތަކުގައި ސަރުކާރުގެ އިސް ބައެއް ވެރިންގެ އާއިލީ ބޭފުޅުން ހިމެނޭކަމަށް މައުލޫމާތު ލިބިފައިވާއިރު، މިނިސްޓަރު ޝަހީމް ވަނީ ބައެއް ތުހުމަތުތައް ދޮގުކުރައްވާފައި. އަދި މިފަދަ ކޯޓާތަކުގެ ތަފްސީލަކީ އާންމުކުރާ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 08:31
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފްގެ އާއިލާއަށް 
ހައްޖު ކޯޓާތައް ބަހާލި ކަމަށް ތުހުމަތު ކޮށްފައިވޭ.

އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފްގެ އާއިލާއަށް ހައްޖު ކޯޓާތައް ބަހާލި ކަމަށް ތުހުމަތު ކޮށްފައިވޭ. | ރާއްޖެއެމްވީ

ސައުދީ ސަރުކާރުން  ދިވެހިރާއްޖެއަށް އިތުރު 30 ހައްޖު ކޯޓާ ދިން ކަމަށާއި، ހައްޖު ކޯޓާތައް 3 ބޭފުޅެއްގެ އާއިލާ އާއި ރައްޓެހިންނަށް ދިންކަމުގެ ތުހުމަތު ކޮށްފި އެވެ. 

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވީ މިފަހަރު ރާއްޖެ އަށް އިތުރަށް 30 ހައްޖު ކޯޓާ ލިބުނު ކަމަށާއި، އެ ހައްޖު ކޯޓާތައް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފްގެ ގާތް މީހުންނާއި އާއިލާ މީހުންނަށް ބަހާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ތުހުމަތު ކުރި ގޮތުގައި، މި ކޯޓާގައި ޝެއިޚްލަތީފްގެ ހުރިހާ ދަރިންނާއި އެމީހުންގެ އަނބިންނާއި ފިރިންގެ އިތުރުން އެމީހުންގެ މައިންބަފައިން ހިމެނެ އެވެ. 

އޭނާ ވިދާޅުވީ މިކަން ސިއްރު ކުރުމަށްޓަކައި ބައެއް ބޭފުޅުން އިހުރާމް ބަނީ ވެސް އެއަރޕޯޓަށް ގޮސްފައި ކަމަށާއި، ވަރަށް ބޮޑަށް މިކަން ސިއްރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

މި ކޯޓާތަކުން ދެން ބޮޑު ބަޔެއް ދީފައިވަނީ ޑެޕިއުޓީ މިނިސްޓަރު އަހުސަނަށްވާއިރު، މިކޯޓާގައި އަހްސަންގެ އެއްބަޑު އެއްބަފާ ކޮއްކޮ އަދި މޯލްޑިސްވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ހުސައިން ޝަގީފްގެ ދެމަފިރިންނާއި އަހްސަންގެ އާއިލާގެ އިތުރު މީހުން ހިމެނޭ ކަމަށެވެ. އަދި ބާކީ ކޯޓާތައް މިނިސްޓަރު ޝަހީމް ބޭނުންވާ ބަޔަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން މި ކޯޓާތައް ދީފައިވަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު އާއި އަނބިކަބަލުންނާއި ދަރިންނަށް ކަމަށެވެ. ނަމަވެސް މިކަން މިނިސްޓަރު ޝަހީމް ވަނީ ދޮގު ކުރައްވާފަ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ އެޗްޑީސީ އެމްޑީ އާއި އާއިލާ ހައްޖަށް ދިޔައީ ގަތަރުން ދިން އެހީތެރިކަމެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު ޝަހީމް މިކަން ދޮގު ކުރެއްވި ނަމަވެސް ރާއްޖެއަށް 30 ކޯޓާ ލިބުނުކަން ދޮގު ކުރައްވާފައިނުވެ އެވެ. އަދި ވިދާޅުވީ އަބަދުވެސް މިގޮތަށް ހައްޖު މިޝަންއަށް ކޯޓާ ލިބޭ ކަމަށާއި، މިފަހަރު ލިބުނު ކޯޓާގެ އަދަދު ސާފު ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިގޮތަށް ލިބޭ ކޯޓާތަކުގެ މައުލޫމާތަކީ އާއްމު ކުރާ އެއްޗެއް ނޫން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން އަހުސަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި ސަރުކާރުގެ ހަރަދުގައި މިއަހަރު ވެސް 50 ހައްޖުވެރިން ވަނީ ފޮނުވާފަ އެވެ.  ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ  ރިޔާސީ ވައުދަކަށްވާއިރު، އެވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރު އެވެ. އެގޮތުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ހައްޖަށް 50 ފަގީރުން ފޮނުވާފައިވެ އެވެ. 

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހައްޖުގެ ކިޔު ވަނީ ވަރަށް ބޮޑަށް ދިގުވެފަ އެވެ. ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ހައްޖަށް ދިއުމަށްޓަކައި ފައިސާ ދައްކާފައިވާ މީހުންގެ ހައްގުތައް ގެއްލޭ ކަަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ހައްޖުގެ ކިޔު ކުޑަ ކުރުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އަމަލީ ސިފަ ނުފެންނަ ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. 

ރާއްޖޭގެ ހައްޖާޖީން ހައްޖަށް މިމަހުގެ  15، 17، 18 އަދި 19 ވަނަ ދުވަހު ފުރާފައިވާއިރު، ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމަ އަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހުރިހާ ހައްޖާޖީންނަށް ވެސް މައްކާއިން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. 

ޑރ. ޝަހީމް އަލީ ސައީދުއަލީ އަހުސަން މުހައްމަދު ލަތީފްސައުދީ-ރާއްޖެހައްޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

11 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު