Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހައްޖު ހުތުބާ

ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ

ހައްޖު ދުވަހުގެ ހުތުބާގައި ވަނީ އަނިޔާ ލިބެމުންދާ މުސްލިމުންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށްފަ. ހުތުބާގައި ވަނީ ﷲ އަށް ޝުކުރުވެރިވެ ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 11:47
މަސްޖިދުއް ނަބަވީގެ އިމާމް، ފަޟީލަތުއްޝައިޚް ޑރ. ޢަލީ އަލް ޙުޛައިފީ، 2026 މެއި 26 ވާ އަންގާރަ ދުވަހު މައްކާގެ މަސްޖިދުއް ނަމިރާގައި ޙައްޖު ޚުޔުބާ އިއްވަވަނީ

މަސްޖިދުއް ނަބަވީގެ އިމާމް، ފަޟީލަތުއްޝައިޚް ޑރ. ޢަލީ އަލް ޙުޛައިފީ، 2026 މެއި 26 ވާ އަންގާރަ ދުވަހު މައްކާގެ މަސްޖިދުއް ނަމިރާގައި ޙައްޖު ޚުޔުބާ އިއްވަވަނީ | ސޯޝަލް މީޑިއާ

ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް ކަމަށާއި ކެތްތެރިވާން ޖެހޭ ކަމަށް ޙައްޖު ހުތުބާގައި ބުނެފި އެވެ.

އަރަފާތް ބިމަށް ޖަމާވެފައިވާ 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިންނާ މުޚާތަބު ކުރައްވައި މިއަހަރުގެ ހައްޖު ޚުތުބާ ދެއްވީ ފަޟީލަތުއްޝައިޚް އަލީ އަލް ހުޒައިފީއެވެ. ހުތުބާގެ ތަރުޖަމާ ރާއްޖެޓީވީ މެދުވެރިކޮށް ވަނީ ގެނެސްދީފަ އެވެ. ޚުތުބާއަށްފަހު ހައްޖުވެރިން ވަނީ މެންދުރު ނަމާދާއި އަސްރު ނަމާދު ގަސްރުކޮށް ޖަމްޢުކޮށްފައެވެ.

މީގެ އިތުރުން، މުޙައްމަދު صلى الله عليه وسلم އަކީ މާތްﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާކަން ހަނދާންކޮށްދެއްވައި، ދޮގުހެދުމާއި، ދޭތެރެޖެއްސުމާއި، ދީނުގެ ތެރެއަށް އަލަށް އުފައްދާ ކަންތައްތަކުން (ބިދުޢަތަކުން) ދުރުހެލިވުމަށް ޝައިޚް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަމަކީ މުޅި ދުނިޔޭގެ މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ރަމްޒުކޮށްދޭ އަޅުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި އަދަބު އަޚްލާޤު ހިފެހެއްޓުމަށާއި، ސިޔާސީ ހަރަކާތްތަކާއި ޖަދަލުކުރުންތަކުން ދުރުހެލިވުމަށް ޝައިޚް ހުޒައިފީ އިރުޝާދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ހައްޖުގެ ތެރޭގައި އުރެދުންތެރި އަމަލުތަކާއި، ޒުވާބުކުރުމާއި، ސިޔާސީ ޝިއާރުތައް އުފުލުން ފަދަ ކަންކަމަށް ޖާގައެއް ނެތް ކަމަށެވެ. އަދި ހައްޖުގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ހަމަނުޖެހުންތަކުން ދުރުހެލިވެ ފުރާނަތައް ސަލާމަތްކުރުމަށް ސަމާލުކަން ދިނުމަށްވެސް ގޮވާލެއްވިއެވެ.

ހުތުބާގައި ވަނީ މާތްﷲ އަށް ބިރުވެވުމާއި، ޤިޔާމަތް ދުވަހަށް ތައްޔާރުވުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފަ އެވެ. ގިޔާމަތް ދުވަހަށް ތައްޔާރުވާން ކުރެވޭނެ އެންމެ މުހިންމުކަމަކީ ފާފަތަކާއި ދުރުހެލިވުން ކަަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ތަގުވާވެރިވެ މާތްﷲ ނަހީކުރައްވާފައިވާ ކަންކަމާއި ދުރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަމައެހެންމެ ހުތުބާގައި ވަނީ ޝިރުކުން ރައްކާތެރިވުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފަ އެވެ. ތަގުވާވެރިވުމަކީ ﷲ އެންގެވި މަގުން ކަންކަން ކުރުމާއި ނަހީކުރެއްވި ކަންކަމުން ދުރުވުން ކަމަށް ވާއިރު ތަގުވާވެރިވުމަކީ އީމާންކަމުގެ ރުކުންތައް ފުރިހަމަކޮށްދިނުން ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ. 

އީމާޏްކަމުގެ އަހުލުވެރިންގެ ޝިޢާރަކީ ތައުޙީދު ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ. އިސްލާމްދީނުގެ ރުހުންތައް ވެސް ބިނާވެގެން ވަނީ ތައުހީދުގެ މަތީގައި ކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ހުތުބާގައި ވަނީ ﷲ އަށް ޝުކުރުވެރިވެ ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެފަ އެވެ.  ކަންކަމުގައި ކެތްތެރިވުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. 

ހައްޖު ދުވަހުގެ ހުތުބާގައި އިތުރަށް ބުނެފައި ވަނީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރުމުން ﷲގެ ގެކޮޅު ޠާހިރުކުރެއްވުމަކީ އަންގަވާފައިވާ ކަމެއް ކަމަށެވެ. އަދި ސިޔާސީ ހުރިހާ ފިކުރަކުން އެ ގެކޮޅާއި އެ މާތް ބިން ޠާހިރުކުރަންވާނެކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. 

ހައްޖު ދުވަހުގެ ހުތުބާގައި ވަނީ އަނިޔާ ލިބެމުންދާ މުސްލިމުންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށްފަ އެވެ. 

ޚުތުބާ ނިންމަވާލެއްވީ މުޅި އިސްލާމީ އުންމަތުގެ ހާލަތު ރަނގަޅުކޮށްދެއްވުމަށާއި، ހައްޖުވެރިންގެ އަޅުކަން ގަބޫލުކުރައްވައި، އެމީހުންގެ ފާފަތައް ފުއްސަވައި، ސަލާމަތްތެރިކަމާއެކު އެނބުރި ގައުމަށް ދިއުމުގެ ތައުފީޤު ދެއްވުން އެދި ކުރެއްވި ޚާއްޞަ ދުޢާއަކުންނެވެ.

ހައްޖުތައުޙީދުގިޔާމަތް ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ

ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ

20 މެއި 2026
ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

20 މެއި 2026
ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު