Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޒުލްހިއްޖާ

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

16 މެއި 2026 | ހޮނިހިރު 19:06

ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ ދުވަސްތަކެއް ކަމުން، ފަރުޟު އަޅުކަންތަކަށް ފަރުވާތެރިވެ ފާފަތަކުން ދުރުހެލިވުމަށް ސައުދީގެ ގްރޭންޑް މުފްތީ އިލްތިމާސްކުރެއްވި. ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީހުން އަރަފާތް ދުވަހު ރޯދަހިފުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެއީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވިގެންދާނެ ކަމެއްކަން މުފްތީ ބަޔާންކުރެއްވި.

ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 19:06
ޝައިޚް ސާލިޙް އަލް ފައުޒާން

ޝައިޚް ސާލިޙް އަލް ފައުޒާން | ސައުދީ ގެޒެޓް


ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި އެވެ.

ޒުލްހިއްޖާ މަހުގެ ބަރަކާތްތެރި ފުރަތަމަ 10 ދުވަހުގެ ތެރޭގައި ނަމާދުކުރުމާއި، ސަދަގާތް ދިނުމާއި، ރޯދަހިފުމުގެ އިތުރުން ﷲ ހަނދުމަކުރުން (ޛިކުރުކުރުން) ފަދަ ހެޔޮ އަމަލުތަކާއި އަޅުކަންތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ ގްރޭންޑް މުފްތީ އަދި ކައުންސިލް އޮފް ސީނިއާ ސްކޮލާސްގެ ރައީސް ފަޟީލަތުއްޝައިޚް ސާލިޙް އަލް ފައުޒާން މުސްލިމުންނަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މި ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކަކީ އެހެން އެއްވެސް ދުވަސްވަރެއްގައި ކުރާ އަމަލުތަކަށްވުރެ މާތްﷲގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ އަމަލުތަކެއްކަން ބަޔާންކުރައްވާފައިވާ ރަސޫލާގެ ސުންނަތުގެ މައްޗަށް ޝައިޚް އަލް ފައުޒާން އަލިއަޅުއްވާލެއްވިއެވެ. "މި ދުވަސްތަކަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ބަރަކާތްތެރި މޫސުމެއް ކަމުން، ފަރުޟު އަޅުކަންތަކަށް ފަރުވާތެރިވެ، ފާފަތަކުން ދުރުހެލިވާ ހާލު، ހެޔޮ އަމަލުތައް އިތުރުކުރުމަށް މުސްލިމުން ގަދައަޅައި މަސައްކަތް ކުރަންޖެހޭ،" ޝައިޚް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީހުން އަރަފާތް ދުވަހު ރޯދަހިފުމުގެ މަތިވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވިގެންދާނެ ކަމެއްކަން މުފްތީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އުޟްހިޔާ ކަތިލަން ގަސްތުކުރާ މީހުން، ޒުލްހިއްޖާ މަސް ފެށިގެން އުޟްހިޔާ ކަތިލައި ނިމެންދެން އިސްތަށި ކެނޑުމާއި، ނިޔަފަތި ކެނޑުމާއި އަދި ހަންގަނޑުން ބައެއް އުނިކުރުމުން ދުރުހެލިވުމަށް މުފްތީ ހަނދާންކޮށްދެއްވިއެވެ.

ޛުލްޙިއްޖާމަސްޝައިޚް ސާލިޙް އަލް ފައުޒާންހައްޖުއަރަފާތުއުޟްހިޔާ

އިތުރަށް ކިޔާލަން

16 މެއި 2026

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު
08 މެއި 2026

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
02 މެއި 2026

ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި

02 މެއި 2026
ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި
05 އެޕްރީލު 2026

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

05 އެޕްރީލު 2026
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް
09 ޖެނުއަރީ 2026

ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި

09 ޖެނުއަރީ 2026
ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި
17 ޑިސެމްބަރު 2025

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
06 ޖޫން 2025

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް