Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ވޯޓަކީ އެކަށީގެންވާ ބަހުސަކާއި ތައްޔާރުވުމެއް ނެތި، ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލުމަށް ކުރާ ކަމެއް ކަމަށް ކުރީގެ ވަޒީރު އާމިނަތު ޝައުނާ ސިފަކުރެއްްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 19:02
ކުރީގެ ތިމާވެށްޓާ ބެހޭ ވަޒީރު  މިނިސްޓަރު އާމިނަތު ޝައުނާ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކުރީގެ ތިމާވެށްޓާ ބެހޭ ވަޒީރު މިނިސްޓަރު އާމިނަތު ޝައުނާ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރަމުން ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ތިމާވެށްޓާ ބެހޭ ވަޒީރު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝައުނާ ވިދާޅުވީ އެޕްރިލް މަހު ބާއްވާ މި ރެފަރެންޑަމް ވޯޓު ނެގުމާއި ހަމައަށް އައި ގޮތަށް ވިސްނާލުމުން ވެސް މި ވޯޓު ނެގުމުގެ ފަހަތުގައި ސަރުކާރުގެ  ރަނގަޅު ނިޔަތެއް ނެތް ކަން ހާމަވާ ކަމަށެވެ. އެގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ރެފަރެންޑަމް ވޯޓެއް ނަގަން ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރީ މިނިވަން ބަހުސް އަކާއި ނުލާކަން ޝައުނާ ފާހަގަކުރެއްވި އެވެ. އަދި ކޮމިޓީ މަރުހަލާ އިން އެކަމާއި ގުޅުން ހުރި ބިލް ފާސްކުރަން ނެގީ އެންމެ 5 މިނިޓުކަން ޝައުނާ ވަނީ ފާހަގަކުރައްވާފަ އެވެ.

 މިކަމާއި މެދު ދެ ގޮތަކަށް ވިސްނިދާނެ ކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަށް އެކަށީގެންވާ ގޮތަށް ތައްޔާރު ނުވެ އެ ވޯޓު ނަގަނީ ނާގާބިލް ކަމުން ކަމަށް ވެދާނެ ކަމަށެވެ. ދެވަނަ ގޮތަކީ މިއީ ގަސްތުގައި މުޅި ވެރިކަމުގެ ނިޒާމް ގަޑުބަޑުކޮށްލުމަށް ރޭވިގެން ހިނގާކަމެއްގެ ގޮތުގައި ބެލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ތަރުތީބުވެފައި މި އޮންނަނީ ވަރަށް ގިނަ މަރުހަލާތަކަކަށް ފަހު މިހާ ބޮޑެތި ކަންކަން ކުރަން. އެހެންވީމަ ދެން އަޅުގަނޑުމެންނަށް ލިބެން އޮންނަ އެތި ވެސް ގޯސް ވާނެ. ލިބޭ އޮތި އޮންނާނީ ގަޑުބަޑު ވެފައި." ޝައުނާ ވިދާޅުވި އެވެ.

ޕީއެސްއެމް އަކީ ދައުލަތުގެ މީޑިއާ ކަމަށާއި އެއީ ޤާނޫނަކުން ޒިންމާތަކެއް މަތި ކުރުވާފައިވާ ދައުލަތުގެ މުއައްސަސާ އެއް ކަމަށް ޝައުނާ ވިދާޅުވި އެވެ. އާއްމު ރައްޔިތުންނާއި ހަމަ އަށް ރެފަރެންޑަމް އެއް ގެންނަން ވާނީ އެ ރެފަރެންޑަމް އެއްގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ނޯޅޭ މިންވަރަށް ފޯރުކޮށްދިނުމަށް ފަހުގައި ކަމަށް ޝައުނާ ވަނީ ވިދާޅުވެފަ އެވެ. ވަކި ފަރާތަނަށް ނުޖެހި އެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ސަރުކާރުގެ ޚިޔާލު ފެތުރުމަށް ޕީއެސްއެމް އިން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އައިމިނަތު ޝައުނާއެމްޑީޕީރާއްޖެ ޓީވީޚިޔާލު ހޯދުމުގެ ވޯޓުޕީއެސްއެމް

އިތުރަށް ކިޔާލަން

16 މާރިޗު 2026

ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި

16 މާރިޗު 2026
ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި
16 މާރިޗު 2026

އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި

16 މާރިޗު 2026
އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި
16 މާރިޗު 2026

ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ

16 މާރިޗު 2026
ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ
16 މާރިޗު 2026

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

16 މާރިޗު 2026
ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި
16 މާރިޗު 2026

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު