Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީއިން ޕީއެސްއެމްއަށް ދިއުން

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކޮންޓެންޓް ގެނެސްދިނުމުގައި ހަމަހަމަ ފުރުސަތު ނުދޭތީ އެކަމުގެ ޝަކުވާ ހުށަހެޅުމަށް އެމްޑީޕީގެ ވަފުދެއް އެ ތަނަށް ގޮސް އިހުތިޖާޖުކޮށްފި. އެ ޕާޓީން ބުނި ގޮތުގައި ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރަން ދިޔުމުން އެ ތަނުގެ މުވައްޒަފުން ވަނީ ކަރަންޓު ކަނޑާލައި، ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފަ. އިންތިޚާބާ ގުޅޭ މައުލޫމާތު ފެތުރުމުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބެންދެން މި މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 13:01
އެމްޑީޕީގެ ޓީމުން ޕީއެސްއެމްގެ އިސްވެރިންނާއި ބައްދަލުކުރަން ދިއުމުން އެތަނުގެ ވެރިން އަންގައިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަނީ.

އެމްޑީޕީގެ ޓީމުން ޕީއެސްއެމްގެ އިސްވެރިންނާއި ބައްދަލުކުރަން ދިއުމުން އެތަނުގެ ވެރިން އަންގައިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަނީ. | ރާއްޖެ އެމްވީ

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޚަބަރާއި ކޮންޓެންޓް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އެމްޑީޕީގެ ޓީމެއް އެތަނަށް ދިއުމުން، އެ ތަނުގެ މުވައްޒަފުން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށް ކަރަންޓް ކަނޑާލައި، އޭސީތައް މިއްވައި، ރިސެޕްޝަނުން ނުކުތުމަށް އަންގާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ޕީއެސްއެމްގެ ވެރިންނާއި ބައްދަލުކުރަން ދިޔައީ ހޯމަ ދުވަހުގެ މެންދުރު އެވެ. މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރުމަށް އެދި އާދީއްޔަ ދުވަހު ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ނަމަވެސް ހޯމަ ދުވަހު އެ ތަނަށް ދިޔައިރު ވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ޕީއެސްއެމްއަށް ދިޔައީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މައުލޫމާތު ދިނުމުގައި ހަމަހަމަ ފުރުސަތު ނުދޭތީ އެވެ. ޚާއްޞަކޮށް ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކަށް ފުރުސަތު ނުދީ، ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކޮންޓެންޓް ގެނެސްދޭތީ އެކަމުގެ ޝަކުވާ ހުށަހެޅުމަށެވެ. ނަމަވެސް، ޕީއެސްއެމްގެ ރިސެޕްޝަނުން ބުނެފައިވަނީ އެއްވެސް ވެރިއަކު އޮފީހުގައި ނެތް ކަމަށާއި، އެއީ ބަންދު ދުވަހެއް ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަގުތުވެސް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި ބައެއް އިސްވެރިން އޮފީހުގައި ތިއްބެވި އެވެ. އަދި އެމްޑީޕީގެ މެންބަރުން އެތާ ތިއްބާ ޑީއެމްޑީ އެތަނުން ނުކުމެވަޑައިގެންނެވި އެވެ. 

މި ތަނުން ރިސެޕްޝަނުން އަޅުގަނޑުމެންނަށް މި ދެއްވާ މަޢުލޫމާތަކީ، މި ތަނުގައި އެއްވެސް ވެރިއެއް ނެތޭ. މީ ބަންދު ދުވަހެކޭ. އެހެންނަމަވެސް، ރައްޔިތުން, ދައުލަތުގެ މީޑިއާއަކުން ހިނގަމުންދާ ކަންތައްތަކަކަށް ޖަވާބު ހޯދަންވެގެން އަޅުގަނޑުމެން މި ތަނަށް އައީ. އެ ޖަވާބު ނުދީ މި ތަނުގެ އެއްވެސް ވެރިޔަކާ ބައްދަލުނުކޮށް، ވަރަށް ގިނަ ވަގުތުތަކެއް ބައިތިއްބައިގެން، ވަރަށް އުނދަގޫ ދަތި ގޮތަކަށް ކަންކަން ކުރެއްވީ. މި ތަނުން އަޅުގަނޑުމެންނަށް ދަތިއުނދަގޫތަކެއް ކުރަމުން މި ގެންދިޔައީ. އެހެންވީމާ، އަޅުގަނޑުމެން އަދި މިކަން ހުއްޓާލައިގެން ދާ ގޮތަކަށް ނޫން މި ތިބީއަކީ. އަޅުގަނޑުމެން ހަމަ މި ތަނުގެ އިހުތިޖާޖު ވެސް ކުރާނަން. އަދި ކުރިއަށް އޮތް ތަނުގައި މި ބޭފުޅުން ބައްދަލުވާންދެން ނުވަތަ މި ތަނުގައި އަޅުގަނޑުމެންނަށް ހަމަހަމަ ދައުލަތުގެ މީޑިއާއަކުން ދެ ފަރާތަށް ދޭންޖެހޭ ހަމަހަމަ ފުރުޞަތުތައް ދޭންދެން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން.
އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު 

މި ބައްދަލުވުމަށް އެދި އެމްޑީޕީގެ މެންބަރުން ޕީއެސްއެމްގެ ރިސެޕްޝަން ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ، އެ ތަނުގެ މުވައްޒަފުން ވަނީ ވަރަށް އިހާނެތިކޮށް އަމަލުކޮށްފައެވެ. އެގޮތުން ރޯދަމަހުގެ އެންމެ ހޫނުގަދަ ވަގުތުގައި އެ ސަރަހައްދުން ކަރަންޓު ކަނޑާލައި، އޭސީތައް ނިއްވާލާފައިވާ ކަމަށް އަބްދުﷲ ރަޝީދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެ ތަނުގައި ތިބި މުވައްޒަފުން ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެތަނުން ނިކުތުމަށް އެތައް ފަހަރަކު އަންގައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފީސް ބަންދުކުރާ ގަޑި ކަމަށްވާ ހަތަރެއް ޖެހުމާއެކު، ފުލުހުން މެދުވެރިކޮށް އެމްޑީޕީގެ މެންބަރުން އެ ތަނުން ނެރުމަށް ވެރިން މަސައްކަތް ކުރެއްވި ކަމަށްވެސް އެމްޑީޕީން ބުނެ އެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މިވަގުތު އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، މީޑިއާގެ މަސައްކަތްތައް ހިނގަމުންދާ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން އެ ތަނުގައި ތިއްބާ، މިއަދުގެ ތާރީޚު ޖަހާފައިވާ ސިޓީއެއް ޑީއެމްޑީ ސޮއިކުރައްވައި ހަވާލުކުރަން އުޅުނު ނަމަވެސް، އެއީ ރަސްމީކޮށް ޕާޓީ އޮފީހަށް ފޮނުވަންޖެހޭ އެއްޗަކަށް ވާތީ އެ ސިޓީއާ ހަވާލުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އަޅުގަނޑުމެން މި ތަނުގައި ތިބިއިރުގައި މި ތަނުގައި ތިއްބެވި، ރިސެޕްޝަނުގައި ތިއްބެވި މުވައްޒަފުން ވެސް ވަރަށް ހަޑިހުތުރު ބަހުން ވެސް މުޢާމަލާތުކުރި، ބައެއް ބޭފުޅުން މި ތަނުގައި ތިއްބެވި. އެ ބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭގައި އަޅުގަނޑުމެންނަށް މި ތަނުގައި މިކަންތައް ނުކުރެވޭނެކަމާއި، މަސައްކަތަށް ދަތިވާ ކަމަށާއި، އަޅުގަނޑުމެން މިތަނުން ނިކުންނަން ވެސް ދެތިންހަތަރު ފަހަރެއްގައި މަތިން މިތާ ތިބި ސްޓާފުން ވެސް އަޅުގަނޑުމެންނަށް އަންގަމުންދިޔަ. އެހެންވީމާ، ވަރަށް ހުދުމުހުތާރު ގޮތަކަށް ނުވަތަ ޒިންމާދާރުކަން ކުޑަ ގޮތަކަށް މި ތަނުގެ މުވައްޒަފުން ވެސް މަސައްކަތްކުރަމުން މި ގެންދިޔައީ. 
އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު 

މި މައްސަލައާ ގުޅިގެން މީގެ ދެތިން ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ. އިލެކްޝަންސް ކޮމިޝަނުން މިކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފައިވީ ނަމަވެސް، މިހާތަނަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. އިންތިޚާބަށް ބާކީ އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި، ދައުލަތުގެ މީޑިއާއިން ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ވެރިންނާ ބައްދަލުވަންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށްވެސް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

ޕީއެސްއެމްއެމްޑީޕީއަބްދުﷲ ރަޝީދުއިލެކްޝަންސް ކޮމިޝަންމަޖިލިސް އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

16 މާރިޗު 2026
ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

16 މާރިޗު 2026
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި

16 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތ އަދި ފ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތ އަދި ފ އަތޮޅަށް ފުރާވަޑައިގެންފި

16 މާރިޗު 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު