ލެވަންޑޯސްކީ ހޯދަން ތުރުކީގެ ފެނަބާޗޭ އިން މަސައްކަތް ކުރަނީ
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފެނަބާޗޭ އިން ވަނީ ލެވަންޑޯސްކީ ހޯދުމަށް، އޭނާގެ އެޖެންޓާ މަޝްވަރާ ކުރަން ފަށާފައި. އެގޮތުން ފެނަބާޗޭ އިން ވަނީ ލެވަންޑޯސްކީ އަށް ހުށަހެޅުމެއް ވެސް ފޮނުވާފައި ކަމަށް ރިޕޯޓުތައް ބުނޭ.


ބާސެލޯނާ އަށް ކުޅުނު ލެވަންޑޯސްކީ. | ރޮއިޓާސް
ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ހޯދުމަށް، ތުރުކީގެ ފެނަބާޗޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 37 އަހަރުގެ ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ އެއްބަސްވުން ހަމަވުމާ އެކު، އެ ކުލަބު ދޫކޮށްލައިފަ އެވެ. ބާސެލޯނާ ދޫކޮށްލިއިރު، މުސްތަޤުބަލުގައި ބަދަލު ވާނެ ކުލަބެއް ލެވަންޑޯސްކީ ނިންމާފައި ނުވާއިރު، އޭނާ ހޯދުމަށް ގިނަ ކުލަބު ތަކަކުން ޝައުޤުވެރިކަން ގެން ގުޅޭ ކަމަށް ވަނީ ބުނެފަ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފެނަބާޗޭ އިން ވަނީ ލެވަންޑޯސްކީ ހޯދުމަށް، އޭނާގެ އެޖެންޓާ މަޝްވަރާ ކުރަން ފަށައިފަ އެވެ. އެގޮތުން ފެނަބާޗޭ އިން ވަނީ ލެވަންޑޯސްކީ އަށް ހުށަހެޅުމެއް ވެސް ފޮނުވާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، ލެވަންޑޯސްކީ ބޭނުން ވަނީ އޭނާ އަށް ލިބޭ އެންމެ ރަނގަޅު ހުށަހެޅުމެއް ބަލަން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި، ފެނަބާޗޭގެ ރައީސް ކަމަށް ވާދަ ކުރާ ހަކަން ސާފީ އެ ކުލަބަށް ގެންނަން ބޭނުންވާ ކުޅުންތެެރިންގެ ތެރޭގައި ވެސް ލެވަންޑޯސްކީ ހިމެނެ އެވެ. ފެނަބާޗޭގެ އިތުރުން އެމެރިކާގެ ލީގުގެ ބައެއް ކުލަބު ތަކާއި، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ވެސް ލެވަންޑޯސްކީ ހޯދުމަށް ޝައުޤުވެރިވާ ކަމަށް ވަނީ ބުނެފަ އެވެ.
ލެވަންޑޯސްކީ ވަނީ އޭނާ ބާސެލޯނާގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 193 މެޗުގައި 120 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ހަތް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ކޮޕާ ޑެލް ރޭ ދެ ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.






