Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯސޭ މޮރީނިއޯ

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޕޯޗުގީޒް ކޯޗު މޮރީނިއޯ، ފެނަބާޗޭގެ ހެޑްކޯޗުކަމުން ވަކިކޮށްފި. 62 އަހަރުގެ މި ކޯޗަށް އިސްތަންބޫލްގައި ހޭދަކުރި ދުވަސްތަކުގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 31 އޯގަސްޓު 2025 | އާދީއްތަ 07:26
ހޯސޭ މޮރީނިއޯ

ހޯސޭ މޮރީނިއޯ

ތުރުކީގެ ކްލަބް ފެނަބާޗޭގެ ކޯޗުކަމުން ޕޯޗުގަަލްގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްސްގައި ބެންފިކާ އަތުން ބަލިވި މެޗަށް ފަހުގައެވެ. މި ބައްޔާއެކު ފެނަބާޗޭ އަށް ވަނީ މި ސީސަންގެ ޗެެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.

ފެނަބާޗޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2024-2025 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތްކުރި މޮރީނިއޯއާ ހެދި އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި އޭނާ ޓީމަށް ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ކެރިޔަރުގެ ކުރިޔަށް އޮތް ތަނުގައި ކާމިޔާބީއަށް އެދިފައެވެ.

ޗެލްސީ، ރިއަލް މެޑްރިޑް، އިންޓަރ މިލާން، މެންޗެސްޓަރ ޔުނައިޓެޑް، ޓޮޓެންހެމް ހޮޓްސްޕަރ އަދި ރޯމާ ފަދަ ނަން މަޝްހޫރު ކްލަބްތަކުގައި ކޯޗުކަން ކޮށްފައިވާ މޮރީނިއޯ ފެނަބާޗޭއާ ގުޅުނީ 2024 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ފެނަބާޗޭއަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ނުކުޅެދި، ގަލަޓަސަރާއިގެ ފަހަތުން ދެވަނައަށް ޖެހުނެވެ.

62 އަހަރުގެ މި ކޯޗަށް އިސްތަންބޫލްގައި ހޭދަކުރި ދުވަސްތަކުގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ. މީގެ ތެރޭގައި އޭޕްރީލް މަހު ޓާކިޝް ކަޕްގެ ކުއާޓަރ ފައިނަލްގައި ގަލަޓަސަރާއިން 2-1 އިން ބަލިވުމަށްފަހު، އެ ޓީމުގެ ކޯޗު އޮކަން ބުރުކްގެ މޫނުގައި ހިފައި، ނޭފަތުގައި ޖެހުމުގެ ހާދިސާ ހިމެނެއެވެ.

މީގެ އިތުރުން ގަލަޓަސަރާއިއާ ދެކޮޅަށް ކުޅުނު އަނެއް ޑާބީ މެޗަށްފަހު ޓާކިޝް ރެފްރީންނާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއަށް ޖޫރިމަނާ ކުރެވުނެވެ. ހަތަރުވަނަ ރެފްރީ ވަކި އަތަކަށްޖެހިގެން ކަންތައް ކުރި ކަމަށް ތުހުމަތުކޮށް މޮރީނިއޯ ދެއްކި ވާހަކަތައް ވަނީ ކުޅިވަރުގެ އަޚްލާޤާ ޚިލާފު ވާހަކަތަކެއް ކަމަށް ކަނޑައަޅާފައެވެ.

2010 ވަނަ އަހަރު ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފަވާ މޮރީނިއޯ އަކީ، ކްލަބު ފުޓުބޯޅައިގައި ގިނަ ކާމިޔާބުތަކެއް ހޯދާފަވާ ކޯޗެކެވެ. އިންޓަރ މިލާން އަދި ޕޯޓާ އާއި އެކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން، މޮރީނިއޯ ވަނީ ޕޯޗުގަލް، އިޓަލީ، ސްޕެއިން އަދި އިނގިރޭސި ލީގު ކާމިޔާބު ކޮށްފައެވެ.

ޖޯސޭ މޮރީނިއޯފެނަބާޗޭފެނަބާޗޭ-ގަލަޓަސަރާއިޗެމްޕިއަންސް ލީގުތުރުކީފީފާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު