Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވީ، ދަގަނޑޭ އަނބުރި އައުމަކީ ނިއު ރޭޑިއަންޓަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޚާއްސަކޮށް އޭނާ އަކީ ލިބޭ ފުރުސަތުތައް ނިންމާލާނެ ރަނގަޅު ސެންޓަރ ފޯވާޑެއް ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 06:55
ނިއު ރޭޑިއަންޓުގެ ފަރިތަ ކުރުމުގައި ދަގަނޑޭ

ނިއު ރޭޑިއަންޓުގެ ފަރިތަ ކުރުމުގައި ދަގަނޑޭ

ރާއްޖޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރިތަކުރުން ތަަކަށް ނިކުމެއްޖެ އެވެ.  

އަނިޔާގެ ސަބަބުން ދަގަނޑޭ ފުޓުބޯޅަ ކުޅުމާ ދުރުގައި ހުންނަތާ ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. ދާދި ފަހުން ދަގަނޑޭ ވަނީ ކަކުލުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ. އެއަށް ފަހު، އަނިޔާ އިން ރަނގަޅުވެ ހޯމަ ދުވަހު އޭނާ ވަނީ ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފަ އެވެ. 

ނިއު ރޭޑިއަންޓް އިން މިފަހަރުގެ ފުރަތަމަ ޑިވިޝަންއާ ކުރިމަތިލީއިރު ވެސް، ދަގަނޑޭ އެ ޓީމާ ގުޅިފައިވާކަން ވަނީ އިއުލާން ކޮށްފަ އެވެ. އައު މެނޭޖުމަންޓުގެ ދަށުން ނިއު ރޭޑިއަންޓް އިްނ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށިއިރު، ޓީމުގެ ވަރުގަދަ ކުރުމަށް ދަގަނޑޭގެ އިތުރުން، ރާއްޖޭގެ މޮޅެތި އެހެން ކުޅުންތެރިން ވެސް ވަނީ އެ ޓީމަށް ގެެނެސްފަ އެވެ. 

ނަމަވެސް، މިފަހަރުގެ ސީޒަންގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ނިއު ރޭޑިއަންޓް އިން 10 މެޗު ކުޅެފައިވާއިރު، ދަގަނޑޭ ކުޅެފައި ނުވެ އެވެ. މީގެ ކުރިން ވެސް ނިއު ރޭޑިއަންޓުގެ އިސްވެރިން ބުނަމުން އައީ، އަނިޔާ އިން ރަނގަޅުވެ ނިއު ރޭޑިއަންޓުގެ މެޗު ތަކުން ދަގަނޑޭ ފެންނާނެ ކަމަށެވެ. 

ހޯމަ ދުވަހު ނިއު ރޭޑިއަންޓް އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ދަގަނޑޭ ބައިވެރިވެފައި ވާއިރު، ލީގުގައި ނިއު ރޭޑިއަންޓަށް ދެން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި ނިއު ރޭޑިއަންޓުގެ ބެންޗުން ދަގަނޑޭ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެންމެ ފަހުން ދަގަނޑޭ ރަސްމީ މެޗެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު އެވެ. އެއީ އޭރު ދަގަނޑޭ ކުޅެމުން އައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އާއެކުު ޕްރިމިއާ ލީގުގައި ކުޅުނު މެޗެވެ. އޭގެ ފަހުން އަނިޔާގެ ސަބަބުން ދަގަނޑޭ ކުޅުމާ ދުރުގައި ހުންނަތާ ދުވަސް ތަކެއް ވެއްޖެ އެވެ. 

ދަގަނޑޭ  އަލުން އެނބުރި ނިއު ރޭޑިއަންޓަށް ބަދަލުވުމަށް ފަހު އެ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށާފައިވާއިރު، ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވީ، ދަގަނޑޭ އަނބުރި އައުމަކީ ނިއު ރޭޑިއަންޓަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޚާއްސަކޮށް އޭނާ އަކީ ލިބޭ ފުރުސަތުތައް ނިންމާލާނެ ރަނގަޅު ސެންޓަރ ފޯވާޑެއް ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މުބީން ވިދާޅުވެފައި ވަނީ ދަގަނޑޭ އާއެކު ނިއު ރޭޑިއަންޓަށް ވަރަށް ބޮޑު ހިތްވަރެއް އަދި ކުރިއެރުމެއް ކަމަށެވެ. މުބީން ވިދާޅުވީ ލީގުގައި މި މަހުގެ 27 ވަނަ ދުވަހު ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިއު ރޭޑިއަންޓު ކުޅޭ މެޗުގައި ދަގަނޑޭ ކުޅޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ. ބުރު މެޗަށް ފަހު، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު ނިއު ރޭޑިއަންޓު ނިކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. 

ދަގަނޑޭ ވަނީ މީގެ ކުރިން ވެސް ނިއު ރޭޑިއަންޓަށް ކުޅެ، އެ ޓީމާ އެކެު ގިނަ ކާމިޔާބީ ތަކެއް ވެސް ހޯދައިފަ އެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބު ތަކަށް ކުޅެފައިވާ ދަގަނޑޭ އަކީ، ރާއްޖޭގެ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކޮށްފައިވާ ކުޅުންތެރިޔެކެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަލީ އަޝްފާގު (ދަގަނޑޭ)އަޙުމަދު މުބީން

ކޮމެންޓް

އިތުރަށް ކިޔާލަން

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު