Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްބޯޅަ ޓީމު

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ގައުމީ ޓީމު ޕްރެކްޓިސް ފެށިކަން އެފްއޭއެމުން ނުބުނޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 04:41
ގައުމީ ޓީމް އިއްޔެ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ ޓީމް އިއްޔެ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ވޯލްޑްކަޕް ކޮލިފައިންގައި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ތައްޔާރުވާ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިސް ފަށައިފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތައް ލީޑްކުރީ ކޯޗު އަލީ ސުޒޭން އެވެ. އޭނާގެ އެހީތެރިންނަށް ތިބީ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އާއި ކޯޗިންއާ ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރި އެފްއޭއެމްގެ ކޮންސަލްޓަންޓް މުހައްމަދު އާދަމެވެ. އަދި ޕްރެކްޓިސް ބެލުމަށް އެފްއޭމުގެ ޓެކްނިކަލް ޑައިރެކްޓަރު ޕޯލް ތޯމަސް ސްމޯލީ ވެސް ދަނޑަށް ގޮސް ހުއްޓެވެ.

ނަމަވެސް ގައުމީ ޓީމު ޕްރެކްޓިސް ފެށިކަން އެފްއޭއެމުން މިހާތަނަށް އާއްމުކޮށް ބުނެފައިނުވެ އެވެ. މާލީ މައްސަލަތަކާއެކު ހިންގުން ބޮއްސުންލާފައިވާ އެފްއޭއެމަކީ އަމިއްލަ އަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގައި ވަރަށް ފަހަތުގައި އުޅޭ ބައެކެވެ.

ގައުމީ ޓީމު އިއްޔެ ފަރިތަކުރަން ފެށިއިރު ތިން ކީޕަރުންނާއެކު 25 ވަރަކަށް ކުޅުންތެރިން ތިއްބެވެ. ގޯލްކީޕަރު ޓްރޭނަރަކަށް ހުރީ ގައުމީ އަންހެން ޓީމުގެ ކީޕަރު ޓްރޭނަރު ހަސަން ހަމީދު (ޑަކޭ) އެވެ. މިއީ މުސާރަނުދެވިގެން ކީޕަރު ޓްރޭނަރުކަމުން ކުރީގެ ގައުމީ ކީޕަރު އަސްލަމް އަބްދުއްރަހީމް ދުރަށް ދިއުމާ ގުޅިގެން ގެނެސްފައިވާ ބަދަލެކެވެ. މީގެ އިތުރުން ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދު ވެސް ފަހުން އެފްއޭއެމުގެ ހަރަކާތްތަކުން ނުފެނެ އެވެ.

އަންނަ އޮކްޓޫބަރު މަހު ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހޭ ވޯލްޑްކަޕް ކޮލިފައިންގެ ދެ މެޗަށް ތައްޔާރުވާން ގައުމީ ޓީމު މިފެށީ ދިވެހި ލީގު ދޮޅު މަހަށް މެދު ކަނޑާލުމަށްފަހު އެވެ. އަދި ގައުމީ ޓީމު އަލުން މެޗަކަށް ތައްޔާރުވާން މި ފެށީ ދިވެހި ފުޓްބޯޅަ މިފަހުގެ ތާރީހުގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު ނާކާމިޔާބީއަށްފަހު އެވެ. އެއީ ސާފް ޗެމްޕިއަންޝިޕުގައި ބަނގްލަދޭޝް އަތުން 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބަލިވެ، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ކެޓުމަށް ފަހު އެވެ. އެ ނަތީޖާގެ ސަބަބުން ކޯޗުކަމުން އިޓަލީގެ ފްރެންޗެސްކޯ މޮރިއެރޯ ވަކިކޮށް، ކޯޗުކަން ދީފައިވަނީ އޭނާގެ އެސިސްޓެންޓް ކޯޗު ސުޒޭނަށެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.

ގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު