Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު ކޮލިފައިންގ

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ޓިކެޓް ވިއްކަން ފަށާނީ ބުދަ ދުވަހުގެރޭ 20:00 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 އޮކްޓޯބަރު 2023 | ބުދަ 09:28
ސާފްޗެމްޕިއަންޝިޕްގައި ރައްޖެއާއި ބަނގްލަދޭޝް ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ސާފްޗެމްޕިއަންޝިޕްގައި ރައްޖެއާއި ބަނގްލަދޭޝް ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ފީފާ ވަރލްޑް ކަޕް/ އޭޝިޔަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބަނގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ޤައުމު ޓީމް ކުޅޭ މެޗުގެ ޓިކެޓް މިރޭ ވިއްކަން ފަށާނެއެވެ.

ބުދަ ދުވަހުގެރޭ ޓިކެޓް ވިއްކާނީ ރަސްމީ ސްޓޭޑިއަމްގެ އޮލިމްޕަހާ ދިމާ ގޭޓުންނެވެ. ޓިކެޓް ވިއްކަން ފަށާނީ 20:00 ގައި ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއްވިއެވެ. ޓިކެޓް ވިއްކަނީ 50 ރުފިޔާއާއި 100 ރުފިޔާއަށެވެ. ގަލޮޅު ރަސްމީ ސްޓޭޑިއަމްގެ ހާލަތުގެ ސަބަބުން މެޗަށް ވިއްކާނީ 4500 ޓިކެޓް ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވިއެވެ. އޭގެ %20 އަށްވާ 900 ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ބަނގްލަދޭޝްގެ ސަޕޯޓަރުންނަށެވެ.

ބަނގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެގައުމުގެ ސަޕޯޓަރުން ވަދެ ރަސްމީ ސްޓޭޑިއަމްގެ ކޮންޓްރޯލް ނަގައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކުޑަވެ, ޤައުމީ ޓީމްގެ މެޗުތައް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދުވެސް ވަނީ މަދުވެފައެވެ. ބަނގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް, ރާއްޖޭގައި ކުޅޭ މެޗު އޮންނާނީ މާދަމާއެވެ. މެޗު ފަށާނީ 16:00 ގައެވެ. ދެވަނަ ލެގު ބަނގްލަދޭޝްގައި ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ގައުމީ ފުޓްބޯޅަ ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު