Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓްބޯޅަ ޓީމު

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖޭން ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިޢުލާން ކޮށްފައިވާއިރު، އެތެރޭގައި އަލަށް ސްކޮޑަށް ނެގި ދިވެހި ޕްރިމިއަރ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ތިން ކުޅުންތެރިން ހިމެނެއެވެ. ރާއްޖެ މިހާރު ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނެތި އޮތުމުން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާއިރު، މިއީ ރާއްޖެއަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އީތަން އިބްރާހިމް ޒަކީ، ތޯއިފް ގާސިމް އަދި މުޙައްމަދު އަޝްވާން ގައުމީ ޓީމަށް އަލަށް ޖާގަ ހޯދައިފައިވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 12:26
ސައުތު އޭޝިއަން ކަޕް ކާމިޔާބު ކުރުމަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސައުތު އޭޝިއަން ކަޕް ކާމިޔާބު ކުރުމަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން މި މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ގައުމީ ފުޓްބޯލް ޓީމުގެ ޕްރިލިމިނަރީ ސްކޮޑު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯމަ ދުވަހު އިޢުލާން ކޮށްފިއެވެ. 25 ކުޅުންތެރިންގެ މި ސްކޮޑުގައި މުޅިން އަލަށް ތިން ކުޅުންތެރިއަކު ވަނީ ޖާގަ ހޯދައިފައެވެ.

ގައުމީ ޓީމަށް އަލަށް ޖާގަ ހޯދި ކުޅުންތެރިންނަކީ ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުންދާ އީތަން އިބްރާހިމް ޒަކީ އާއި ބުރު ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު ތޯއިފް ގާސިމްގެ އިތުރުން ކްލަބް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު އަޝްވާން އެވެ. މި ތިން ކުޅުންތެރިންނަކީ ދިވެހި ޕްރިމިއަރ ލީގުގައި މި ސީޒަންގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންނެވެ.

ގައުމީ ސްކޮޑުން އަލަށް ޖާގަ ހޯދި ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އާއި ކްލަބް އީގަލްސްގެ މުހައްމަދު އަޝްވާން އަދި ބުރު ސްޕޯޓްސް ކްލަބްގެ ތޯއިފް ގާސިމް
ގައުމީ ސްކޮޑުން އަލަށް ޖާގަ ހޯދި ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އާއި ކްލަބް އީގަލްސްގެ މުހައްމަދު އަޝްވާން އަދި ބުރު ސްޕޯޓްސް ކްލަބްގެ ތޯއިފް ގާސިމް

މި ފަހަރުގެ ސްކޮޑުގައި ގިނައިން ހިމެނިފައި ވަނީ ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އޮތް މާޒިޔާގެ ކުޅުންތެރިންނެވެ. މާޒިޔާ ޓީމަށް ނިސްބަތްވާ ނުވަ ކުޅުންތެރިން މި ސްކޮޑުގައި ހިމެނިފައިވާއިރު، ދެން އެންމެ ގިނައިން ކުޅުންތެރިން ތިބި ކްލަބް އީގަލްސްގެ ހަތަރު ކުޅުންތެރިއަކު ވަނީ ސްކޮޑުން ޖާގަ ހޯދައިފައެވެ.

ދެހާސް ހަތާވީސް ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. މިއީ ރާއްޖެއަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައިވާއިރު، އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖޭން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ފިލިޕީންސް އާއި ޓިމޯ ލެސްޓޭގެ އިތުރުން ތަޖިކިސްތާނެވެ.

ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅެފައިވަނީ ރަށުން ބޭރުގައެވެ. އެއަށްފަހު، ދެން އޮތް ބާކީ ތިން މެޗު ކުޅޭނީ ރާއްޖޭގައެވެ. ރާއްޖޭގައި ކުޅޭ ފުރަތަމަ މެޗަކީ މި މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު މި ގްރޫޕުގައި ހިމެނޭ ތަޖިކިސްތާން ވަނީ ކޮލިފައިންގެ އެންމެ ކުރީގައި ފިލިޕީންސް އާ އެއްވަރަށް ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފަ އެވެ. ފިލިޕީންސަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތްއިރު، ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

ގޯލްކީޕަރުން: ހުސެއިން ޝަރީފް (މާޒިޔާ)، މުޙައްމަދު ފައިސަލް (ބުރު ސްޕޯޓްސް)، މުޙައްމަދު އަޝްވާން (އީގަލްސް)؛

ޑިފެންޑަރުން: ސަމޫހު އަލީ (މާޒިޔާ)، ހަސަން ޝިފާޒް (މާޒިޔާ)، ހައިޝަމް ހަސަން (މާޒިޔާ)، އަހުމަދު އައިހަމް (އޮޑި ސްޕޯޓްސް)، އިބްރާހިމް އުސާމާ ހަސަން މަޖީދު (ބުރު ސްޕޯޓްސް)، ތޯއިފް ގާސިމް (ބުރު ސްޕޯޓްސް)، ހިސާމް ސަލީމް (އީގަލްސް)؛

މިޑްފީލްޑަރުން: އިބްރާހިމް އައިސަމް (މާޒިޔާ)، މުހައްމަދު އިރުފާން (ނިއު ރޭޑިއަންޓް)، އަހުމަދު އައިހަމް (މާޒިޔާ)، އީތަން އިބްރާހިމް ޒަކީ (ވެލެންސިއާ)، ހުސެއިން ނިހާން (އޮޑި ސްޕޯޓްސް)، ހަސަން ހައިޝަމް ހާމިދު (ވެލެންސިއާ)، އަހުޒަމް ރަޝީދު (އޮޑި ސްޕޯޓްސް)؛

ފޯވާޑުން: ހަމްޒާ މުހައްމަދު (މާޒިޔާ)، ނާއިޒް ހަސަން (މާޒިޔާ)، އަލީ ފާސިރު (ނިއު ރޭޑިއަންޓް)، އިބްރާހިމް މަހުދީ ހުސެއިން (އީގަލްސް)، ހަސަން ނަޒީމް (މާޒިޔާ)، އަހުމަދު ރިޒުވާން (އީގަލްސް)، ހަސަން ރާއިފް އަހުމަދު (ނިއު ރޭޑިއަންޓް)، މުހައްމަދު އިލާން އިމްރާން (މާޒިޔާ).

އޭޝިއާ ކަޕްގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު