Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ފުޓުބޯޅަ ޓީމު

ދަގަނޑޭ އަލުން އެނބުރި ޤައުމީ ޓީމަށް

އުމުރުން 40 އަހަރުގެ ދަގަނޑޭ އަލުން ޤައުމީ ޓީމުގައި ހިމަނާފައި މި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް. އެ މެޗަށް ރާއްޖެ އިން އެކުލަވާލި 26 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑުގައި ދަގަނޑޭ ވަނީ ހިމަނާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 04:14
ނިއު ރޭޑިއަންޓް އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާ ފާޅު ކުރަނީ

ނިއު ރޭޑިއަންޓް އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާ ފާޅު ކުރަނީ | ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) އަލުން އެނބުރި ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގައި ހިމެނިއްޖެ އެވެ.

އުމުރުން 40 އަހަރުގެ ދަގަނޑޭ އަލުން ޤައުމީ ޓީމުގައި ހިމަނާފައި މި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗަށް ރާއްޖެ އިން އެކުލަވާލި 26 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑުގައި ދަގަނޑޭ ވަނީ ހިމަނައިފަ އެވެ.

ގަލޮޅު ދަނޑުގައި މާޗު މަހުގެ 31 ވަނަ ދުވަހު ރާއްޖެ އިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުގެ ފަރިތަކުރުންތައް ހޮނިހިރު ދުވަހުގެ ރޭ ފަށާފައިވާާއިރު، ދަގަނޑޭ ވެސް ވަނީ ފަރިތަކުރުން ތަކުގައި ބައިވެރިވެފަ އެވެ.

އެންމެ ފަހުން ދަގަނޑޭ ޤައުމީ ޓީމަށް މެޗެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު އެވެ. އެގޮތުން ލ.އަތޮޅު ގައި ރާއްޖެ އިން ޕާކިސްތާންއާ ދެކޮޅަށް ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ދަގަނޑޭ ކުޅުނުއިރު، އޭގެ ފަހުން މިވީ މުއްދަތުގައި ދަގަނޑޭ ޤައުމީ ޓީމުގައި ހިމެނިފައި ނުވެ އެވެ. 

ޤައުމީ ޓީމުން ދަގަނޑޭ އަށް ޖާގަ ލިބުނުއިރު، މިފަހަރުގެ ސީޒަންގައި ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޖާޒީގައި ކުޅެފަ އެވެ. އެގޮތުން ދަގަނޑޭ ކުޅުނު މެޗު ތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ޤައުމީ ޓީމުން ދަގަނޑޭ އަށް ޖާގަ ލިބުމުން ނިއު ރޭޑިއަންޓް އިން ވަނީ އެކަމަށް މަރުޙަބާ ކިޔައިފަ އެވެ. 

އެގޮތުން ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ތިން އަހަރަށް ފަހު ދަގަނޑޭ ޤައުމީ ޓީމުގައި ހިމެނުމަކީ ބޮޑު އުފަލެއް ކަމަށެވެ. މުބީން ވިދާޅުވީ އެއީ ދަގަނޑޭގެ ބުރަ މަސައްކަތާއި، ހިތްވަރުގެ ނަތީޖާ ކަމަށެވެ. އެއާ އެކު މުބީން ވަނީ ޤައުމު ތަމްސީލު ކުރުމުގެ ދަތުރުގައި ދަގަނޑޭ އަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފަ އެވެ.

 ޤައުމީ ޓީމުގެ އިތުރުން ކުލަބު ފެންވަރުގައި ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ދަގަނޑޭ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އެވެ.

ދިވެހި ގައުމީ ފުޓުބޯޅަ ޓީމުއަލީ އަޝްފާގު (ދަގަނޑޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026
ޤައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އަތުވެއްޖެ

ޤައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އަތުވެއްޖެ

20 ޖެނުއަރީ 2026
އުރުބާނީގެ ތައުރީފު ދިވެހި ފުޓުބޯޅަ އަށް، އެނބުރި އައީ ޓޮމްގެ ސަބަބުން

އުރުބާނީގެ ތައުރީފު ދިވެހި ފުޓުބޯޅަ އަށް، އެނބުރި އައީ ޓޮމްގެ ސަބަބުން

14 ޖެނުއަރީ 2026
ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

06 ޖެނުއަރީ 2026
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު