Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭސް ފޯރުކޮށްދިނުން

ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ހެލްތް މިނިސްޓަރު ގީލާ އެއްބަސްވެވަޑައިގެންފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުފެންނާތީ އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައި. ބޭހުގެ ދަތިކަން ހައްލުކުރުމަށް ސްޓޮކްގައި ހުރި ބޭސްތަކަށް ބަލައިގެން ފަރުވާދިނުމަށް މިނިސްޓަރު އިރުޝާދު ދެއްވުމާ ގުޅިގެން، ބަލިމީހުންގެ ސަލާމަތާއި ސިއްހީ ނިޒާމުގެ ފެންވަރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން. އެހެންކަމުން ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމެއް އަވަހަށް ގާއިމު ކުރުމަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 10:24
ދައުލަތު މީޑިއާގައި ހެލްތް މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ.

ދައުލަތު މީޑިއާގައި ހެލްތް މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ. | ޕީއެސްއެމް

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާ ގުޅިފައިވާ ނިޒާމެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު، ރައްޔިތުންނަށް އަދި ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭސް ލިބުމުގެ ދަތިކަމެވެ. މި ސަރުކާރުން އާސަންދަ ނިޒާމު ރީފޯމް ކުރުމާއެކު، އާއްމު ގޮތެއްގައި ބޭނުންކުރާ ގިނަ ބޭސްތައް ނުލިބޭ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ނަމަވެސް ރައްޔިތުންގެ މިކަންބޮޑުވުންތަކަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދީ ސަރުކާރުން ދިޔައީ ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިފަހުން އިސްތިއުފާ ދެއްވި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަރަށް ބޮޑަށް މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ބޭހުގެ މައްސަލައަށް 100 އިންސައްތަ އަށް ހައްލު ނުވާތީ ރައްޔިތުން ޝަކުވާ ކުރަނީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ބޭހުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އައު ކުންފުންޏެއް އުފައްދައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އިން ބޭސް ވެސް ވަނީ ގެންނަން ފަށާފަ އެވެ. ނަމަވެސް، މިހާތަނަށް މި ކުންފުނީގެ ސަބަބުން ބޭސް ލިބުމުގެ ދަތިކަމަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 445 ފާމަސީ ހުރި ނަމަވެސް، ގިނަ ރަށްރަށުގެ ފާމަސީތަކުން އަސާސީ ބޭސްތައް ނުލިބުމުގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. 

ރާއްޖެއަށް ބޭނުންވާ ބޭހުގެ ތެރެއިން އެސްޓީއޯ އިން އެންމެ 30 އިންސައްތައިގެ ބޭސް އެތެރެކުރާއިރު، ބާކީ 70 އިންސައްތަ ބޭސް އެތެރެކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. އެހެންކަމުން ހަގީގީ މައްސަލަ ހޯދައި، މިމައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދޭން ޖެހެ އެވެ. 

ސަރުކާރަށް މި ވީހާ ދުވަހު މި މައްސަލާގައި ވެސް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރުމަށް ފަހު، މިމަހުގެ 26 ވީ އާދިއްތަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިހާރުގެ ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ރާއްޖެއަށް ބޭސް ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ބޭސް ގެންނަން ޖެހޭ އަދަދު މަދުވުމަކީ ބޭސް އެތެރެކުރާ ކުންފުނިތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ގީލާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެއް ބޭހެއް އެކި ކުންފުނިތަކުން ގެނައުމުގެ ބަދަލުގައި، އެއް ބަޔަކު ބޭސް ގެނެސްގެން ނޫނީ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ވެސް މިނިސްޓަރު ގީލާ ވިދާޅުވެފައިވެ އެވެ. 

މިނިސްޓަރު ގީލާ މިމޭރުން ވާހަކަ ދެއްކެވި ނަމަވެސް މީގެ ކުރިން ބޭހުގެ ދަތިކަން ރައްޔިތުންނަށް ކުރިމައްޗެއް ނުވެ އެވެ. އަސާސީ ބޭސް ފަސޭހަ ކަމާއެކު މުޅި ރާއްޖެއިން ދިޔައީ ލިބެމުންނެވެ. އެހެންކަމުން މިއީ މި ސަރުކާރުގެ މައްސަލަ އެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ޑޮކްޓަރުން ބޭސް ލިޔާއިރު ބޭހުގެ ސްޓޮކް ލިސްޓަށް ބަލައި، ލިބެން ހުންނަ ބޭހެއް ދިނުމަށް މިނިސްޓަރު ގީލާ ދެއްވި އިރުޝާދަށް ވެސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

މިއީ ބަލިމީހާގެ ފުރާނަ އާއި ސިއްހަތަށްވުރެ ބޮޑަށް، ހުރި އެއްޗަކުން ފުއްދާލުމުގެ ސިޔާސަތެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޑޮކްޓަރުން ބަލިމީހާއަށް އެންމެ އެކަށީގެންވާ، އެންމެ ފެންވަރު ރަނގަޅު ބޭސް ލިޔުމުގެ ބަދަލުގައި، އިންވެންޓްރީގައި ހުރި ބޭހަކަށް ބަލައިގެން ފަރުވާ ދޭން ޖެހުމަކީ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭނުންތޯ އެވެ. މިކަމުން  އެކަނި ވެސް ރާއްޖޭގެ ސިއްހީ ނިޒާމު އޮތް ނިކަމެތި ހާލަތު ވަޒަން ކުރެވެ އެވެ.

ސަރުކާރުން ބޭސް އެތެރެކުރުމުގެ ނިޒާމު މިހާރުން މިހާރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމެއް ހަމަނުޖައްސާ ފަސް ކުރަމުންދާ ކޮންމެ ދުވަހަކީ އެތައް ބަޔަކު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެއްނުންތޯ އެވެ. 

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގީލާ އަލީއާސަންދަބޭސް ފޯރުކޮށްދިނުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

23 އެޕްރީލު 2026
ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް ދޭ "ކޯވަމް" އެސްޓީއޯގެ ބޭސްފިހަރާތަކުން ހުސްވީ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް ފޯރުކޮށް ނުދެވޭތީ: އެސްޓީއޯ

ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް ދޭ "ކޯވަމް" އެސްޓީއޯގެ ބޭސްފިހަރާތަކުން ހުސްވީ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް ފޯރުކޮށް ނުދެވޭތީ: އެސްޓީއޯ

19 އެޕްރީލު 2026
ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

13 އެޕްރީލު 2026
އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީގެ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީގެ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު