Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޭހުގެ ދަތިކަން

ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް އެމްއެފްޑީއޭއަކުން ނުބަލާ، ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ނިޒާމެއްވެސް ނެތް: އާސަންދަ

ރާއްޖޭގައި ބޭސްފިހާރަތައް ރަޖިސްޓްރީކޮށް ހުއްދަ ދިނުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލާކަމަށާއި، އަސާސީ ބޭސްތައް ހުރިތޯ ކަށަވަރު ނުކުރެވޭތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ މިންވަރު ބަލާނެ ނިޒާމެއް ނެތުމާއި ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވޭ މައްސަލަ ފާހަގަކުރައްވަމުން، ބޭސް ނުލިބުމަކީ މިހާރު ގައުމީ މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. މީގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ގިނަ ބޭސްތަކެއް ރާއްޖެއަށް އެތެރެނުކުރާކަމާއި، ބޭހުގެ ފެންވަރާ މެދު އާންމުންގެ ޝަކުވާ ބޮޑުކަންވެސް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 03:54
ދިވެހިރާއްޖެއިން ނުލިބޭ ބޭސް ދިވެހިރާއްޖެއިން ބޭރުން ގެނައުމުގައި އަރަމުންދާ އޮޅުންތައް ސާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން އިދާރާތަކާ ބައްދަލުކުރުން

ދިވެހިރާއްޖެއިން ނުލިބޭ ބޭސް ދިވެހިރާއްޖެއިން ބޭރުން ގެނައުމުގައި އަރަމުންދާ އޮޅުންތައް ސާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން އިދާރާތަކާ ބައްދަލުކުރުން | ރައްޔިތުންގެ މަޖިލިސް

ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް ބެލިފައި ނުހުންނަކަން ފާހަގަ ކުރެވޭކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) ކޮމިޓީ ގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން އާސަންދައިގެ އިތުރުންވެސް ކަމާ ގުޅޭ އެހެން އިދާރާތައް އަންގާރަ ދުވަހު ވަނީ ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

މި ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒީނިޔާ ވަނީ ބޭސް ނުލިބޭކަމާއި، އެއީ ޤައުމީ މައްސަލައެއްކަން ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭސް ގެނައުމަށް ބޭސް ފިހާރަތަކަށް ހުއްދަ ދޭއިރު، ބަލަން ޖެހޭ އެކަށީގެންވާ މިންވަރަށް ބެލިފައި ނުހުންނަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ކުޑަމިނުން އަސާސީ ބޭސްތައް ހުރިތޯ ނޫންތޯވެސް އެ ފާމަސީއެއް ރަޖިސްޓަރ ކުރާ ހިސާބުންވެސް ބެލިފައި ނުހުންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަން ޒީނިޔާ ފާހަގަ ކުރެއްވިއެވެ.

  ބޭސްފިހާރައެއް ރަޖިސްޓްރީކުރާއިރުގައިވެސް އަސްލުގައި ރަނގަޅަށް ބެލިފައެއް ނޯވޭ، މިސާލަކަށް އެސެންޝަލް މެޑިކަލް ލިސްޓު، އެއީ ހަމަ އެ ފާމަސީއެއްގައި ކޮންމެހެންވެސް ހުރުން މަޖުބޫރު ބޭސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލިސްޓެއް، އެކަމަކު ބޭސް ފިހާރައެއް ރަޖިސްޓްރީވާ ހިސާބުންވެސް އެ އެއްޗެހި ޗެކް ކުރެވިފައެއް ނުހުރޭ އެ ފާމަސީއެއްގައި އެސެންޝަލް މެޑިސިން ލިސްޓުގެ ހުރިހާ ބޭހެއް ހުރޭތޯ، ދެން ރަޖިސްޓްރީވެގެން އަޅުގަނޑުމެންނާ ހިސާބަށް އެމްޕެނަލް ކުރަން އަންނައިރު އަޅުގަނޑުމެން މި އެއްޗެހީގަ ކިރިޔާވެސް ހިފަހައްޓައިފިއްޔާ އަޅުގަނޑުމެންނަށް އެބައާދޭ އޭގައި ގޮންޖެހުންތައް، އެއީ އޮލްރެޑީ އެ އިނީ ބޭސް ވިއްކުމުގެ ހުއްދަ ދީފައި އެމްއެފްޑީއޭއިން
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ 

ޒީނިޔާ އިތުރަށް ވިދާޅުވީ، އެޕްރޫވް ޑްރަގް ލިސްޓުގައިވެސް ރާއްޖެއަށް އެތެރެ ނުކުރާ ވަރަށް ގިނަ ބޭސް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ، ބައެއް ފަހަރު އިމްޕޯޓު ނުކުރާ ބޭސްތަކެއް ހުންނައިރު، އެކަން ޗެކް ކުރެވޭނެ އެކަށީގެންވާ ނިޒާމެއްވެސް ނެތް ކަމަށެވެ.

އެއްވެސް ވަރަކަށް އެ މެކޭނިޒަމްއެއް ނެތް ޗެކް ކުރެވޭކަށް. ކިހާ މިންވަރަކަށްތޯ އޭގެ ތެރެއިން ބޭސްތައް މި އިމްޕޯޓު ކުރެވެނީ، އޭގެ ޓޯޓަލް ފިގަރ ތަކެއްވެސް ނޭޝަންވައިޑްގައި ނެތް އަދި މެކޭނިޒަމެއް ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަދަދުތަކާއި މި އެއްޗެހި ނޯޓު ކުރެވޭ ނޫނީ ރެކޯޑު ކުރެވޭ ކަހަލަ — އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ 

މީގެ އިތުރުން، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށްވެސް ޤައުމީ ފެންވަރުގެ އެއްވެސް ނިޒާމެއް ނެތްކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ. އަދި މިއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޒީނިޔާ ވިދާޅުވީ، އެކަންކަން ޙައްލު ކުރުމަށް އާސަންދައިންވެސް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި، ނަމަވެސް ކޮލިޓީ ދަށް ބޭސް ހުންނަކަމާއި، ބޭސް ނުލިބޭކަމުގެ ޝަކުވާ އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

ބޭހުގެ ސްޓޮކްބޭސް ފޯރުކޮށްދިނުންބޭސް ލިބުމުގެ ދަތިކަންއާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

05 މެއި 2026
ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!

ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!

27 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް ދޭ "ކޯވަމް" އެސްޓީއޯގެ ބޭސްފިހަރާތަކުން ހުސްވީ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް ފޯރުކޮށް ނުދެވޭތީ: އެސްޓީއޯ

ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް ދޭ "ކޯވަމް" އެސްޓީއޯގެ ބޭސްފިހަރާތަކުން ހުސްވީ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް ފޯރުކޮށް ނުދެވޭތީ: އެސްޓީއޯ

19 އެޕްރީލު 2026
ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު