Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމް ވަކިކުރުން

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026 | ހޮނިހިރު 14:41

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މިކަމާ ގުޅިގެން ޕީއެންސީގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ފައިސާ ބެއްސެވި ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. ދެ މަހުގެ މެދުކެނޑުމަކަށްފަހު ކޮންމެ މެންބަރަކަށް 50،000 ރުފިޔާ ދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މިއީ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ކުރިއަށްދާ ކަމެއް ކަމަށް ބެލެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މެއި 2026 | ހޮނިހިރު 14:41
މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު

މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު | ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފައިސާ ބެއްސެވި ކަމަށް ބުނާ އަޑުތަކެއް ގަދަވެއްޖެއެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ތާވަލުކޮށްފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމަށް ޕީއެންސީން މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ބޭނުންފުޅުވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލައިގައި މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މި ދަނޑިވަޅުގައި، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް ފައިސާ ބައްސަވާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީގެ ބައެއް މެންބަރުންނާ ހަވާލާދީ އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި މެންބަރުންނަށް ފައިސާގެ ބޮޑެތި އަދަދުތަކެއް ވަނީ ދީފައެވެ. އެގޮތުން ދެ މަހުގެ މެދުކެނޑުމަކަށް ފަހު، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ދޭ 50،000ރ ދީފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ސަރުކާރުގެ ތެރޭގައި އަދި ޕީއެންސީގެ އެތެރޭގައި ބައެއް ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ވަގުތެއްގައެވެ. އާދިއްތަ ދުވަހަށް މި މައްސަލަ ތާވަލުކޮށްފައިވާއިރު، މަޖިލީހުގެ ތެރޭގައި މި މައްސަލައަށް ބޮޑު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.

މަޖިލިސް މެންބަރުންނަށް މިގޮތަށް ފައިސާ ބަހާ މައްސަލަ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައިވާކަމަށްވެއެވެ. ނަމަވެސް އޭސީސީން މިހާތަނަށް މި މައްސަލައިގެ ތަހުގީގު ފަށާފައިވާކަންވެސް އެނގޭކަށް ނެތެވެ.

އަހްމަދު ނާޒިމްޑރ. މުޙައްމަދު މުޢިއްޒުޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްއެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މެއި 2026

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026
ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު
28 މެއި 2026

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި

28 މެއި 2026
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ،  ތަހުނިޔާ ފޮނުއްވައިފި
28 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

28 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި
28 މެއި 2026

ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!

28 މެއި 2026
 ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!
28 މެއި 2026

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

28 މެއި 2026
ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން

26 މެއި 2026
އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް